މުޅި ދުނިޔޭގައި ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުަކަމައި އެކު ގައިދުރުކުރުމާއި އެކަހެރި ވުން ފަދަ ބަސްބަހަކީ މިހާރު އާ ބަސްބަހަަށް ނުވާނެއެވެ. ދިރާސާތަކުން އެނގޭގޮތުން ބައެއް ޖަނަވާރުތަކަކީވެސް ބަލިވުމުން އެކަހެރިވެއެވެ.

ބިހޭވިއަރަލް އިކޮލޮޖީގައި ޝާއިއު ކުރި ދިރާސާއަކުން އެނގޭ ގޮތުން، ވަލު ޖަނަވާރުތަކަކީ އަމިއްލަ އަސް ބަލިވެއްޖެކަން އެނގޭ ނަމަ އެހެން ޖަަވާރުތަކައި އެއްވާން ބޭނުން ނުވާ ޖަނަވާރުތަކެވެ.

ދިރާސާ ޓީމަކުން 31 އަންހެން ވާ ބޭނުންކޮށްގެން ހެދި ދިރާސާއަކުން އެނގޭ ގޮތުން ވާލަކީ ވެސް މިފަދަ ޖަނަވާރެކެވެ.

އެ ދިރާސާ ހެދުމަށް އެ ޓީމުން ވަނީ 31 ވާ ހިފުމަށް ފަހު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ވާލަށް ވަނީ ގައިން ގަޔަށް އަރާ ބަލިތަކުގެ ވައިރަސްތައް އިންޖެކްޓްކޮށްފައެވެ.

އެ ހުރިހާ ވާތައް އެއްކޮށް ދޫކޮށްލީ އޭގައި ސެންސަރު ހަރުކުރުމަށް ފަހުގައެވެ.

އެ ދިރާސާއިން އެނގޭގޮތުން 6 ގަޑި އިރަށް ފަހު ބަލި ޖެހުނު ވާލުތައް އަމިއްލަ އަށް ވަނީ އެހެން ވާތަކާއި އެކަހެރިވެފައެވެ.

މި ދިރާސާއިން އެނގޭ ގޮތުން، ސިއްހަތު ރަނގަޅު ވާލަށް އެހެން ވާތަކަަށް ބަލި ޖެހިފައިވާކަން އެނގޭނެ އެވެ.

ބަލި ޖެހުނު ވާތަކާއި އެކު އެހެން ވާތައް އުޅުނު އިންސައްތަ ވަނީ 35% އާއި ހަމައަށް ދަށް ވެފައެވެ.

އެ ދިރާސާ ކުރި ފަރާތްތަކުން ބުނީ އެ ދިރާސާއިން ބަލި ހުންނަ ޖަނަވާރުތައް ދެނެގަތުމުގެ ބާރު ވާލަށް ލިބިފައިވާކަމަށް ބެލެވޭ ކަމަށެވެ.

އަދި ރޭގަނޑު ވަގުތުގައި ކާނާ ހޯދަން ނުކުންނަ އިރު ވެސް ބަލި ޖެހުނު ވާލުތައް އުޅެނިީ ވަކިންކަން މި ދިރާސާއިން ފާހަގަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާލު ކިރިކިރި

    ކުރިން ނޭގޭ
    އަދިކިރިޔާ މި ރޭކާލީ

  2. މައިޒާން

    ލިޔުންތެރިކަން 💯