ހޮލީވުޑްގެ މަޝްހޫރު މޭކަޕް އާޓިސްޓު ޕެޓްރިކް ޓާގެ ހާއްސަ ކްލާހަކަށް ރާއްޖޭގެ މޭކަޕް އާޓިސްޓު ރުތުބާ އަހުމަށް ލިބިއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ރުތުބާ ބުނީ އޭނާ އަށް ޕެޓްރިކް ޓާގެ ކްލާހަކުން ފުރުސަތު ލިބުނީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ޕްޓްރިކް ޓާގެ ފައުންޑޭޝަން ލިބު މެއިލް އަކުން ކަމަށާއި، މެއިލް ފެނުމުން އެއީ ހަގީގަތެއް ކަމެއް ގަބޫލުކުރަން ވެސް ދަތިވި ކަމަށެވެ.

ރުތުބާގެ މާކެޕެއް

އެ ކްލާހަކީ ޕެޓްރިކް ޓާއާއި އެކު އެހެން މަޝްހޫރު ބައެއް މޭކަޕް އާޓިސްޓުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ޕްޓްރިކް ޓާގެ ހާއްސަ މޭކަޕް ކްލާހެކެވެ.

ރުތުބާ ހިއްސާކުރި ގޮތުގައި އޭނާއަށް އެ ފުރުސަތު ލިބުނު ގޮތް ވެސް ނޭނގެ އެވެ.

"ޕެޓްރިކް ޓާގެ ފައުންޑޭޝަން އިން އިނީ މެއިލްއެއް އައިސްފަ އޭނާގެ ކްލާހަށް ދައުވަތު ދީފައި." ރުތުބާ ބުންޏެވެ.

ރުތުބާ ބުނި ގޮތުގައި އެއީ އަސްލު މެއިލް އެއްކަން ގަބޫލު ނުކުރެވިގެން އޭނާ އެތައް ފަހަރަކު ޗެކްކުރިއެވެ. އެކަން ގަބޫލުކުރަން ދަތިވީ އޭނާ އަކީ ރާއްޖޭގައި މޭކަޕް ކުރާ މީހަކަށް ވިޔަށް ބައިނަލްއަގުވާމީ ދުނިޔޭގައި އެކަމުގައި ހަރަކާތްތެރިވާ މީހަކަށް ނުވުމާއި އެކު ޕްޓްރިކް ޓާ ފަދަ މަޝްހޫރު މޭކަޕް އާޓިސްޓުންގެ ދައުވަތުތައް ލިބޭލެއް އާންމުކޮށް މަދުވުމުން ކަމަށާއި، އެހެން ނަމަވެސް މިއީ އޭނާއަށް ލިބުނު ކުރިއެރުމެއް ކަމުގައި ދެކޭ ކަމަށް ރުތުބާ ބުންޏެވެ.

ރުތުބާ ބުނި ގޮތުގައި އެ ކްލާސް ބާއްވާފައި ވަނީ އިއްޔެގެ ފަތިހު އެވެ.

ރުތުބާގެ މާކެޕެއް

ޕެޓްރިކް ޓާ ވަނީ މިހާތަނަށް ހޮލީވުޑްގައި މަސައްކަތްކުރާ ގިނަ ފަންނާނުންތަކެއްގެ މޭކަޕް ކޮށްދީފައެވެ. އޭނާ އަކީ ދުނިޔޭގައިވެސް ނަންހިނގާ މަޝްހޫރު މޭކަޕް އާޓިސްޓެކެވެ.

މޭކަޕް ކުރުމުގެ އިތުރުން އޭނާ މިހާރު އަންނަނީ މޭކަޕް ކުރުމަށް ބޭނުންވާ ކޮސްމެޓިކްސް އުފައްދާ އެ މަސައްކަތް ފުޅާ ކުރުމަށް މަސައްކަތްކުރަމުންނެވެ.

ރުތުބާ އަކީ ރާއްޖޭގައި އެންމެ ނަން ވިދާ އެއް މާކެޕް އާޓިސްޓެވެ. ރުތުބާގެ މޭކަޕްގެ ހުނަރުވެރިކަން ޓިކްޓޮކް އާއި އިންސްޓަގްރާމްއަށް އެކަނި ބަލާލުމުން އިނގޭނެއެވެ. އޭނާއަކީ ރާއްޖޭގެ ގިނަ ފިލްމްތަކަށްވެސް މޭކަޕްކޮށްދެމުންދާ ހުނަރުވެރިއެއްކަން ފާހަަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހާލުފޮޅި

    ސުރުހީގެ ދަށުގަ އިން ފޮޓޯ ފެނިފަ ހިނި އައީ.. އެއީ މޭކަޕް؟؟؟؟

    77
    4
    • ރިމީ

      އެއީ ނެޗުރަލް މޭކަޕް ލުކްއެއް

      28
      6
      • ާއަސޭލަރ

        ޙެެވެނީ

        24
        2
      • ހަސްނާން

        ނެޗުރަލްއޭ. ކޮންމެސް މޮޅު ނަމެއް ކިޔާލީމަ އެވީ. ތިކަންވެސް ތިހުންނަނީ ހައްދު ފަހަނައަޅާފަ. މޮޑެލްކުރަންވެސް ގައިގަ ބޮޑު ސޯފާއެއް ނޫނީ ގޮދަޑިއެއް ބަނދެގެން އައިސްފާނެ. އެކަހަލަ ކަމެއްތީވެސް.

        10
        2
  2. ނަދާ

    ރުތްބާގެ މޫނުމަތީގަ ހުރި ކުލަތަކުން ހީވަނީ ކާޓޫނެއް ހެން. ދެން ބުނޭ ޖޭ ވަނީ އޭ ... އިންސާނެއްގަ އަސްލު ރީތިކަން ގެއްލޭވަރަށް ކުލަޔަ ދަވާދު ހޭކީމަ އެކަކަށްވެސް ރީއްޗެއް ނުވާނެ.

    85
    4
  3. ލިމަނިކު

    ނަދާ ތިބުނީ ހަމަތެދެއް

    35
    2
  4. ޒާހިރާ

    ހުއް. ތުންފަތް ފުޅާ ކޮއްފަ ލޯ ނުފެންނަ ވަރަށް މޭކަޕު ކޮއްފަ ރިންގު ލައިޓު ކައިރީގަ ފޮޓޯ ނެގީ މަ އެދެން ނިކަން މޮޅު... ކޮން ރީޗެއް. ނޫން އެއްވެސް ރީޗެއް... މާ އޯވާ ވެފަ. ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

    41
    1
  5. ލަތީއްބެ

    އަސްލުވެސް ( ރައު ) ވަރައް ލޯބި
    މޭކަޕް ކޮއްލީމަ އަދި މާ ލޯބި

    8
    25
  6. ޅަބޭ

    މީހުން އުޅެފާނެ ލާރިދީފަ ކަރުގޮހޮރު ގަންނަންވެސް. ބޯހަލާކު

    11
    2
  7. ހުމް

    އެއްވެސް އަދަބެއް އިހްތިރާމް އެއް ކުރަން ނޭނގޭ ތަންކޮޅު ދެރައީ .. ވަރަށް ހުތުރުބަަސް ބޭނުންކުރާ މަންޖެއެއް

  8. ކަލޯ

    އެކަމަކުވާ ތިޔަހެރަ ރުތުބަލެއް! ކީކޭ ދެން ބުނާނީ. ހީވަނީ ހިންދުސްތާނު ފިލްމުތަކުން ފެންނަ ހަރުފަ އެއްހެން. ތިޔަ މަންޖެ ހިތައް އަރާފަ ހުންނަނީ ކީކޭބާ؟