އިންޑިއާގެ ވެސްޓް ބެންގަލްގައި ޕޮންޑެއްގެ ތެެރެއިން މަދުން ނޫނީ ނުފެންނަ ރީނދޫ ކުލައިގެ ވެލައެއް ފެނިއްޖެއެވެ.

އިންޑިއާގެ ފޮރެސްޓް ސާވިސް އޮފިސަރ ޑެބަޝިޝް ޝަރްމާ އެ ވެލާގެ ފޮޓޯ ޓްވިޓާގައި އާއްމުކޮށް ބުނެފައި ވަނީ، ބުރްޑްވާންގައި ހުުރި ޕޮންޑަކުން އެ ރީނދޫ ވެލާ ފެނިގެން އޭތި ސަލާމަތްކޮށްފައިވާނެ ކަމަށެވެ.

އޭނާ ވަނީ މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ އަލްބީނޯ ވެލައެއްކަން ފާހަގަކޮށްފައެވެ.

އަދި އެ ވެލާގެ ގައިގައި ރީނދޫ ކުލަ ހުރީ ޖެނެޓިކް މިއުޓޭޝަންއެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށާއި، ނޫނީ ކޮންޖެނިޝިއަލް ޑިސްއޯޑާއެއްގެ ސަބަބުން އެހެން ވެެދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ދަ އިންޑިއަން ފްލެޕްޝެލް ވެލައަކީ އިންޑިއާއިން އާއްމުކޮށް ފެންނަ ވައްތަރުގެ ވެލާއެވެ. އެގޮތުން އިންޑިއާގެ އެކި ސަރަހައްދުތަކުން މިފަދަ ވެލާތައް ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް ވެއެވެ.

މިދިޔަ ޖުލައި މަސް ތެރޭގައި އޮޑިޝާއިންވެސް ވަނީ ރީނދޫ ކުލައިގެ ވެލައެއް ފެނިފައެވެ.

އަދި ފޮރެސްޓް އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ އިސް ފަރާތަކުން ވަނީ އެ ވެލާ ފެނުގެ ތެރޭގައި އޮތް އިރު ނަގާފައިވާ ފޮޓޯއެއް ޓްވީޓާގައި ހިއްސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަންނި ޖިންނި

    ގުންޑާ ދަރިކޮޅު ވެލައެއް

    20
    3
  2. މުބީނު މާރނީ

    އައްނި ގެ ކަމަކަށް ވާނީ.😂😂😂

    19
    4
    • ފާނަ

      ސީދާ އެމްޑީޕީ ވެލައެއް،،،

      10
  3. ހުސޭނު

    ކަންޒު ކަހަނބެއް*

    15
    1
  4. މޯދީ

    ދެން ތިޔަށް އަޅުކަން ކުރަންފަށާފާނެ ތިޔަ އިންޑިޔާ ދުންމާރިން 😂

    28
  5. ސަމަން

    ތީ އެމްޑީޕީ ވެލައެއް

    21
  6. ސައީދާ

    އެޖެންޑާ 19 ވެލާ ވަރަށް ތަފާތު
    ބޮލާ ނަގުލާ ވަކިކުރާކަށް ނޭނގޭ

    15
  7. ފައްޔާޒު

    އަންނި ބޮއިކޯޓު ކޮއްލަންވީ.

  8. ނުއްނު

    ޢިންޑިޔާ އިން ފެނުނުތިކަހަލައެއްޗިހިކަންނޭގެވެރިކަމުގަމިތިބީ