ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) އިތުރު ކައިވެންޏެއް ކޮށްފިއެވެ.

އޭނާ ކައިވެނި ކޮށްފައި ވަނީ، އައްޑު އަތޮޅު ހުޅުމީދުއަށް ނިސްބަތްވާ އާމިނަތު ޝަހުދާއާ އެވެ. އޭނާ ޝަހުދާ އާއި ކައިވެނިކޮށްފައި ވަނީ މިދިޔަ ޖޫން މަސް ތެރޭގައެވެ.

މިއީ މަނަްޑޭގެ ދެވަނަ ކައިވެންޏެވެ.

މަންޑޭގެ ކައިވެނިކޮށްފައި ވަނީ ވަރަށް ޒުވާން ބޭފުޅަކާއި ކަަމަށް އަޑު ފެތުރުނެވެ. އަދި އެ ކައިވެނި ކުރެވިގެން ދިޔައީ ވަރަށް ބޮޑު އަދަދެއްގެ ރަނަކަށް ކަމަށްވެސް އަޑު ފެތުރުނެވެ.

ނަމަވެސް އެއީ ދޮގު މައުލޫމާތުތަކެއް ކަން ވަނީ ހާމަވެފައެވެ.

އެނގިފައިވާގޮތުން އޭނާ ކައިވެނިކޮށްގެން އުޅެނީ އުމުރުން 31 އަހަރުގެ އަންހަނަކާއެވެ. އަދި މަންޑޭއާ ކައިވެނި ކުރުމަށް ޝަހުދާ ރަން ކިޔާފައި ވަނީ 2222 ރުފިޔާ ކަމަށް އަވަސް ނޫހުގައި ވެއެވެ.

މަންޑޭގެ ފުރަތަމަ ކައިވެންޏަށް ދެ ކުދިން ތިބެއެވެ.

ފަހަކަށް އައިސް މަންޑޭ ފާހަގަވެފައި ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަރަށް ބޮޑަށް އެހީވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ދާދި ފަހުން އޭނާ ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެހީގެ ތަކަތި ފޯރުކޮށްދީފައެވެ.

މަންޑޭ އަކީ ކޮވިިޑް-19 އާއި ގުޅިގެން މިހާތަނަށް އެންމެ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅާކަންވެސް ފާހަގަކޮށްލަން ޖެހެެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ނާހީ

    ފައިސާ ފައިސާ ފައިސާ... ގޯލްޑް ޑިގަރ

    58
    11
    • 《》

      އަންހެންމީހާ ބޭނުން އަދަދަކުން ރަންކިއުމުގެ ހައްގު އިސްލާމްދީނުގައި ވަނީ ދެއްވާފައި.

      56
      1
    • ކޭ

      ބޮޑު މުއްސަންޖެއް ކައިރިން ފަސް ރުފިޔާއަށް ރަންކީމަ ޖޯކެއްނު.

      22
      2
    • ޙީނާ

      ވާއު! ވަޓް އަ މެންޓަލިޓީ ޔޫ ހެވް ގޮޓް! 🤦🏻‍♀️

      14
      1
    • ރިނީ

      ހައްތަހާވެސް ސުވަރުގެ ހޯދަން އުޅޭ މީހުން. ބަރާބަރު. ރާއްޖެމމމީވާ ގައުމެއް.

  2. ސަނައްޓޭ

    ޝަހުދާގެ 3 ވަނަ ކައިވެނި

    61
    1
  3. ލަވް މެރީޖު

    މި ގެ އިން ވަރަށް ހެޔޮ އަގުގައި ފަތް ކަނޑާ ދެމެވެ@

    19
    3
    • ޑަރޭ

      ފަތް ތަ ނޫނީ ފަށް /(ފައް) ތަ ކަނޑާދެނޭ؟

      12
      2
    • ބަސް

      ބިލެއް ކަޑާ ދޭނެ މީހަކު ނުވެގެއް މަގޭ މާމަ އެބައުޅޭ ބިލެތަކީވެސް ފަތެއްނު ކިހާވަރަކައް ވާނީ...

  4. ވެންސްޑޭ

    މަބުނީ ރާއްޖޭގަ ސަންޑޭ މަންޑޭ ޓިއުސްޑޭ ކިޔާމީހުންވެސް އުޅެނީ ދޯ ހެހެ

    35
    1
  5. ބެއްޔާބެ

    ދެއްކުންތެރިއެއް. މިދިޔަ އަހަރު ނިންމާފަ ހަވާލުކުރަންޖެހޭ ފްލެޓްތައް އަދިވެސް ނުނިންމާ ލާރިގަނޑު ކާލައިގެން މޮޅެތި ކާރާއި ސިންގަޕޫރުން ގެގަނެގެން. މީހުންގެ ފައިސާ

    25
    2
  6. އެސޮރު

    އަޅުގަނޑަކީ ވިޔަފާރި ވެރިޔެއްނޫން އެކަމް ވަރަށްބޭނުން ދެވަނަ އަނބެއް ބޭނުން ވަނީ އިންނާނެ ކުއްޖެއް.

    14
    6
  7. މޯދި

    މީނަ ކޮންތާކުން ހޯދި ފައިސާއަކުން މަޝްހޫރު ވިޔަފާރިވެރިޔަކައްވީ މީނަގެ ކުށުގެ ރިކޯސް ނިކަން ބަލާބަލަ އަދި ކިހާވަރަކަށް ތޯމަގު ފޭރުނީ!

    13
    2
    • އޯޔޭ

      މިކަހަލަ މިހުނާހެދި މިދިވެހިރާޖއަށް މިހެންވެފަ މިއޮތީ، މީހަކު އިސްލާހުވިޔަކަ ނުދޭނެ މިމީހުން، ހަމަ ކޮނެކޮނެގެން އެމީހެއްގެ ގޯސްވާހަކަ ކިޔާނެ، އިޑިއަޓްސް

      10
      7
      • އައިންތު

        އޭނަ ހޯދި މުއްސަދި ކަމަކީ މާ ރީތި ގޮތަކަށް ހޯދާފަ ހުރި އެއްޗެއް ނޫން.. ކިތައް ކުދީން ގެ ދިރި އުޅުން ހަލާކު ކޮށްފަ އެހުރީ.. ބީކޭ ގަ ދިރި އުޅޭ މީހުން ދަންނަ ދެ ލޯ ރަތްބެ ތީ

  8. ވޮންޑަރ

    ހައު ދިސް ގައި ބިކޭމް ރިޗް؟ ކުރިން ވަރަށް ހާލުގަ އުޅުނު މީހެއް

  9. އަބްދުލް ހަކީމް ދޯރޭ

    ތީތި ކަޑަ މަންޑޭ. ކޭޕާކު ފްލެޓްތައް ނުނިންމާ ދިގުލާތާ 2 އަހަރުވަނީ. އަދިވެސް ތި ދުވަނީ ޅަކުދީންގެ ފަހަތުން. ކޮވިޑް ތެރޭގަ އެހީތަކާ ހަދިޔާތަކާ ބެހީވެސް ތި ކުއްޖާގެ މައިންބަފައިންނަށް ތިމާގެ ފެންވަރު ދައްކަން ކަމަށް ހަބަރު ލިބުނު. އޭގެފަހުން އެމަންޖެ ގޮވައިގެން ދުބާއީ އަށާ ތަންތަނަށް ދަތުރުކޮށް ބެންޒް ބީއެމްޑަބަލިޔު ކާރު ދުއްވައިދީ ހެދީމަ އަސްލުވެސް ކަޑަ. ހައްގު ނުލިބި ތިބި އެތައްބަޔަކު އިންތިޒާރުގަ އެބަތިބި. އެކަންކަންކޮށްފަ ތި ލާރިގަނޑު ތަޅާބާލާ. ތިގޮތަށް އުޅޭ ކޮންމެ މީހަކު ނިމިދަނީ ވަރަށް ދެރަވަރުކޮށް. މީ ނަސޭހަތެއްކަމަށް ބެލިއްޔާ ރަގަޅު

    23
    2
  10. ނަޖްވާ

    އަދި ކިރިޔާ އަޑު އެހިތާ މިހިރީ މަންޑޭގެ ވާހަކަ! ކޮންކަހަލަ ވިޔަފާރިޔަކުންބާ މަސްހޫރީ؟

  11. ފައިޔާޒން

    އަހުލާގު ރިވެތި ފެންވަރު ރަނގަޅު ތައުލީމީ މީހަކާ ނީންނާތި.. ފައިސާ ފަަހަތުން ދުވަމުންގޮސް ރާބޮއެގެން އަންހެނުންނައް އަނިޔާކުރާ މީހަކައްވިޔަސް އިނދެލާތި. ދިވެހި އަންހެން ކުދީންގެ މިސާލު.

  12. ސާކިރު

    މީނަ ކުރަނީ ކޮން ވިޔަފާރިއްއްތ؟

  13. މި

    މީހުންގެ ދަރަނި އަދާ ކޮއްބަލަ