މި ދުވަސްވަރަކީ ހުރިހާ ކަމެއްގައި ވެސް ހާސްވުމާއި ކަންބޮޑުވުންތައް އިތުރުވެފައިވާ ދުވަސްވަރެކެވެ. ވަކީން ހާއްސަކޮށް އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރަން ޖެހިފައިވާ ފަރާތްތަކަށް މި ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އަދި ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހިފައިވާ މީހުންނަށް މިއީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އަސަރު ކުރާކަމެކެވެ.

ދުނިޔޭގެ ސްޓްރޯކު ދުވަހެއްގެ ގޮތުގައި ފާހަގަ ކުރާ މި ދުވަހާއި ގުޅިގެން ޑރ. ގުރުނީތު ސޯނޭ ބުނެފައިވަނީ މީހާގެ ''ސްޓްރެސް'' ލެވެލް މަތިވި ވަރަކަށް އެމީހަކަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ސްޓްރޯކް ޖެހެނީ ސިކުނޑިއަށް އޮކްސިޖަން ނުލިބުމުން ނުވަތަ އޮކްސިޖަން ލިބުން މަދުވުމުންނެވެ. މިގޮތަށް ދިމާވަނީ ސިކުނޑިއަށް ލޭ އެޅުމުން ނުވަތަ ސިކުނޑިއަށް ލޭ ފޮނުވައިދޭ ނާރެއް ކްލޮޓް ވުމުންނެވެ.

ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ބޭނުންވާ ނަމަ ''ސްޓްރެސް'' މެނޭޖު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ތިމާގެ ޒާތީ ދިރިއުޅުމުން ކަމުގައި ވިޔަސް ނުވަތަ މަސައްކަތުގެ މާހަައުލުން ލިބޭ ސްޓްރެސްއެއް ކަމަށް ވެސް ވެދާނެއެވެ. ޑރ. ގުރުނީތުގެ ނަސޭހަތަކީ ސްޓްރެސް ވާނަމަ ކަމުގެ މާހިރެއްގެ ލަފާ، ނުވަތަ އާއިލާގެ ނޫނީ ރަހުމަތްތެރިއެއްގެ އެހީ ހޯދުމެވެ.

ސްޓްރޯކް ޖެހުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ކިޔައިދެމުން ޑރ. ގުރުނީތު ބުނެފައިވަނީ ހަކުރާއި ލޭ މައްޗަށް ދިޔުމާއި، ބޮލުގައާއި ގައިގަ ރިއްސުމާއި، ނޭވާަލުމަށް އުދަނގޫވުމާއި، ހިތުގެ ހިނގުން އަވަސްވުމާއި ހޮޑުލެވުމާއި ބޭރަށް ހިންގުން ނުވަތަ ބަނޑު ހަރުވުން ފަދަ ކަންތައްތައް ކުރިމަތިވާނެ ކަމަށެވެ.

މި އަލާމާތްތައް ފެންނަ ނަމަ ސްޓްރެސް ލެވެލް ދަށް ކުރުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. މިގޮތުން އަމިއްލަ ނަފުސަށް ސަމާލުކަން ދިނުމާއި، އާއިލާައާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރުމާއި، ރަނގަޅު ކާނާ ކެއުމާއި، ސިކުނޑި ތާޒާ ކޮށްދޭފަދަ ކަންތައްތައް ކުރުން ރަނގަޅުވާނެ ކަމަށް ޑރ. ގުރުނީތު އިރުޝާދު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 👍

    👍

    2
    1
  2. އެމަންޖެ

    ކުފޫ ހަމަނުވާ މީހުން ތަންތާ ބޮޑުންނައް ތިބެންޏާ ހުރިހާ ގޮތެއްވެސް ވާނެ.

    4
    1