އިންޑިޔާގެ އަވަށެއްކަމަށްވާ ދެހްރަދުންގެ ސުކޫލެއްގައި ކުއްޖަކު އެސުކޫލުގެ ކެންޓުގެ ކާނާ ނުބައިކަމަށާއި ކާނާގެ ކޮލިޓީދަށްކަމަށް ޕުރިންސިޕަލްކުރެން ޝަކުވާ ކުރުމުން އެކުއްޖާގެ ގައިގައި ދަގަޑު ބުރިއަކުންޖަހާ އެކުއްޖާ ޒަހަމްކޮށްލައިފިއެވެ.

ޒަހަމްކޮށްލާފައިވަނީ އުމުރުން 11 އަހަރުގެ ގުރޭޑް ފަހެއްގައި ކިޔަވަމުން އަންނަ ރާހުލް ނަމަކަށް ކިޔާ ކުއްޖެކެވެ. އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ އިންޑިޔާގެ ނޫހެއްކަމަށްވާ "އިންޑިއަން ޓައިމް" ގައި ބުނެފައިވަނީ އެ ޕުރިންސިޕަލު މިހާރު ސަސްޕެންޑް ކުރެވިފައިވާކަމަށެވެ.

ސަރުކާރުގެ ސުކޫލެއް ކަމަށްވާ ގަވާމެންޓް ޕަބްލިކް ސުކޫލުގެ ޕުރިންސިޕަލް މިކުއްޖާގައިގައި ދަގަޑު ބުރިއަކުން ޖެހުމުގެ ސަބަބުން އެކުއްޖާ ހޭނެތުނު ކަމަށް އެސުކޫލުގެ އެހެން ދަރިވަރުން ބުނެއެވެ. އަދި ކުއްޖާ ހޭނެތުމުން ޕުރިންސިޕަލް އަޅާނުލާ ދިޔަކަމާއި އެކުއްޖާ ގެޔަށް ގެންދިޔައީ އެކުއްޖާގެ ރަޙްމަތްތެރިންކަމަށް ރާހުލްގެ ބައްޕަ އިންޑިޔާޓައިމްސްއަށް ވަނީ ބުނެފައެވެ. މިކުއްޖާއަށް މިހާރު ހަސްފަތާލުގައި ފަރުވާ ދެމުންދާއިރު، ކުއްޖާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލްއިން ބުނެއެވެ.

ޕުރިންސިޕަލްގެ މިހަރުކަށި އަމަލާ ގުޅުގެން އެކުއްޖާގެ އާއިލާއާއި އިތުރު އެހެން ބެލެނިވެރިންތަކެއްވަނީ އެސުކޫލު ދޮރު މައްޗަށް އެއްވެ ހަޅުތާލުކޮށްފައެވެ. އަދި ޕުރިންސިޕަލް ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށްވެސް ބެލެނިވެރިންވަނީ ގޮވާލާފައެވެ. މިމައްސަލަ މިހާރު ފުލުހުންދަނީ ތަޙްޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު