ރަޝިޔާގެ ނޮވޯސިބާސްކް ސިޓީ ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ ވާރކްތުލާ އަވަށުގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ބަނޑުބޮޑުވުމުން ބިރުން މައިންބަފައިންނަށް ނާންގާ ވިހެއުމަށްފަހު ދަރިފުޅު ފުރިޖަކަށް ލައިފިއެވެ.

ސުކޫލުގައި ކިޔަވަމުންދާ މި އަންހެން ކުއްޖާ ބަނޑުބޮޑުވިކަން އޭނާގެ މައިންބަފައިންނަކަށް ނޭނގެއެވެ. އަދި ވިހާފައި ވެސް ވަނީ އެ ކުއްޖާގެ ކޮޓަރީގައި އަމިއްލައަށް އެންމެންނަށް ވެސް ސިއްރުންނެވެ. ވިހެއުމަށްފަހު ލިބުނު ދަރިފުޅު ކޮތަޅަކަށްލައި އެ ގޭގައި އޭނާގެ ބައްޕަ މަސައްކަތްކުރާ ގަރާޖުގައި ހުރި ފުރިޖަކަށް ދަރިފުޅު ލާފައެވެ.

ފުލުސް އޮފިސަރ ބޮޓެންކޯ ބުނެފައިވަނީ އެރޭ އޭނާގެ މަންމައަށް އަޑުއިވުނީ އެ އަންހެން ކުއްޖާ ކޮޓަރި ތެރޭގައި އޮވެގެން ރޯ އަޑު ކަމަށާއި، އެ ކުއްޖާގެ މަންމަ ހީކުރީ ''އެޕެންޑިކްސް''އަށް ތަދުވާވަރު ރޮނީ ކަމަށެވެ.

އުމުރުން 14 އަހަރުގެ މި އަންހެން ކުއްޖާ ވިހައިފައިވަނީ އަމިއްލައަށެވެ. އަދި ވަރަށް ބައިވަރު ވެސް ލޭ އައިސްފައިވާ ކަމަށާއި އޭނާއަށް އެެހީތެރިވެދޭނެ އެއްވެސް މީހަކު އެތަނުގައި ނެތް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ވިހެއުމުގެ ތަދުތަކަށް ވެސް ބެލުމެއް ނެތި މައިންބަފައިންނަށް އެނގުމުގެ ކުރިން ވިހޭ ދަރިފުޅު ކޮތަޅަކަށް ލައި ގަރާޖުގައި ހުރި ފުރިޖަށް ލިއިރު، އެ ތުއްތު ދަރިފުޅު ފެނުނުއިރު އޮތީ މަރުވެފައެެވެ.

މި އަންހެން ކުއްޖާގެ ހާލަތު ވަރަށް ސީރިއަސްއެވެ. މި ކުއްޖާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޚގ

    ނުވާވަރުން ކީއްކުރަން އުޅެނީ. ޖިންސީ ގޅުން ހިންގީ ކީއްކުރަން ދަރި މަރަން

    16
    84
    • ތުނިޔެ

      އޭއޭ ހުއްޓާލާ!!!
      ތިހެން ވާހަކަ ނުދައްކާ...

      29
      12
      • Anonymous

        ޖިންސީ ގުޅުން ހިންގުމާ ވިހެއުމާ އެއީ ތަފާތު އިހުސާސެއް ކުރާ ތަފާތު ދެ ކަމެއް

        21
        • 🤢

          ދަރީންނޭ ޒިނޭއީ ވަސްވާސް ހަމަ ޗީޗީ

          6
          1
    • ޕުތުރީ

      ޙައްގުދޯ

      1
      1
  2. ބަބޫ

    ކޮބާ ހިއުމަން ރައިޓްސް. އެކުއްޖާ ހިމާޔަތް ކުރޭ ަވަހަށް. އޭނަ ވިހެއީ އިންސާނެއްކަމަށް ތިޔަ ރައިޓުން ގަބޫލެއް ނުކުރާނެ