ފައުންޑޭޝަން ހާކާލައެވެ. ތުންފަތާއި ލޯ މަތި، ވިދާ ބަބުޅާ ގޮތް ހަދާލައެވެ. އެސްފިޔަ އާއި ބުމައަށްވެސް ގޮތްގޮތް ހަދާލައެވެ. އަދި މީހާ ރީތިކޮށްލާ، އިސްތަނޑާއި، ބުރުގާވެސް ރީތިކޮށްލައެވެ. މޭކަޕްކޮށް ނިމޭއިރު، އެ ހުންނަނީ ކްލައިންޓް އަންތަރީސްވާވާރު ކޮށްލާފައެވެ. މިއީ މިއަދު ދިވެހި މޭކަޕް އާޓިސްޓުންގެ މަސައްކަތެވެ. ފުރިހަމަ މޭކަޕެއް ކޮށް، އެ ހޯދަނީ ކޮންމެ ކްލައިންޓެއްގެ ފަރާތުންވެސް ލަގަބެކެވެ.

މިހާރު ރާއްޖޭގައި ފާހަގަކޮށްލެވޭ މޭކަޕް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ރ. މަޑުއްވަރީ ހައްވާ ފަޙްރިއްޔާ (ފަހޫ)ވެސް މޭކަޕްގެ ދާއިރާގައި އެޔޮށް ފިޔަޖަހަނީ އެވެ. އަންހެން ވެރިން އެޔޮށް ނަލަކޮށްލަނީއެވެ. އޭނާއަކީ ސެޓިފައިޑް މޭކަޕް އާޓިސްޓެއްގެ ގޮތުގައި އާއި ހެއާ ސްޓައިލިސްޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޒުވާނެކެވެ. ކުޑައިރުން ފެށިގެންވެސް މޭކަޕަށް ޝައުގުވެރިކަން ހުންނަ ފަހޫއަކީ، މިހާރު ގިނަ ބަޔަކު ދަންނަ މޭކަޕް އާޓިސްޓެކެވެ. އެތައް ބައެއްގެ މޭކަޕް ކޮށްދެމުންދާ، އެތައް ބަޔަކު އެ ދާއިރާއަށް ނެރެމުންދާ ޒުވާނެކެވެ.

ފަހޫ މީހެެއްގެ އިސްތަށިގަނޑު ރީތިކޮށްލަދެނީ

ފަހޫ ރ. މަޑުއްވަރިން ގްރޭޑް 10 ނިންމާލައި، ކެބިން ކްރޫއަކަށް ވުމަށް، މާލެ އައިސް އެ ކޯސްވެސް ހެެދި އެވެ. އަދި ގްރައުންޑް އޮޕަރޭޝަންވެސް ވަނީ ހަދާފައެވެ. ނަމަވެސް އޭނާގެ ޝައުގުވެރިކަން ބޮޑަށް ދަމައިގަތީ ހަމަ މޭކަޕަށެވެ. އޭނާ ވަނީ މޭކަޕްގެ ދާއިރާއިން ތިން ކޯސް ހަދާފައެވެ. އެއީ ސެލްފް ގްރޫމިންގ ކޯހަކާއި، ހެއާ އެންޑް މޭކަޕްގެ ދެ ކޯހެކެވެ.

ކުރިން އޭނާއަކީ ވަޒީފާއަށް ދަމުން މޭކަޕްގެ ކަންކަމްވެސް ކުރަމުން އަންނަ ޒުވާނެކެވެ. ނަމަވެސް މިހާރު އަމިއްލައަށް އޭނާ އުޅެނީ މޭކަޕާއި ގުޅުން ހުރި ކަންކަމަށް ހުސްވެގެންނެވެ. އޭނާ މިހާރު ދަނީ މޭކަޕްގެ ދާއިރާއިން ޒުވާނުން ނެރުމަށް ކޯސް ހިންގަމުންނެވެ.

"އަޅުގަނޑު މިހާރު މޭކަޕް ކްލާސްތައް ހިންގަން އެބަ، ބޭސިކް މޭކަޕް.. އެކަމުގައި މި އުޅެނީ". ކުރިން ސެލޫނެއްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފަހޫ ބުންޏެވެ.

ފަހޫގެ މަސައްކަތާއި މެދު ކްލައިންޓުން ވަރަށް ހިތްހަމަ ޖެހޭ

ފަހޫ ކުޑައިރުން ފެށިގެން މޭކަޕްގެ ދާއިރާއަށް ޝައުގުވެރިކަން އުފުދުނެވެ. އަދި އެ މަސައްކަތް ގޭގައި ހުރެގެން ދަސްވެސް ކުރިއެވެ. އަދި އެ ނުވެގެން ކޯސް ހަދައި، 2015 ވަނަ އަހަރުން ފެށިގެން އަގަށް މޭކަޕްކޮށްދޭން ފެށިއެވެ.

"އެންމެ ކުޑައިރުން ފެށިގެންވެސް މޭކަޕް ކުރަން ޝައުގުވެރިކަން ހުންނާނެ، އެއިރުން ފެށިގެންވެސް އާއިލާ ވަރާށް ސަޕޯޓިވް ވާނެ އެކަމަށް. ދައްތަ އާއްމުކޮށް ޕްރޮޑަކްޓްސް އެއްޗެހި ގަނެފައި ފޮނުވާނެ، އެ ފޮނުވީމަ ގޭތެރޭގައި މޭކަޕްކޮށް އުޅެނީ". ފަހޫ ބުންޏެވެ.

ފަހޫގެ މޭކަޕެއް، އޭނާ ބޭނުންވަނީ ދާއިރާއިން އަދިވެސް ކުރިއަށް ދާން

އޭނާ ވަނީ މިކަން ފެށިގެން ދިޔައީ އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައިކަން ފާހަގަކޮށްފައެވެ. އޭނާ ފުރަތަމަ މާލެ އައިސް މޭކަޕްކޮށްދޭން ފެށީ ފްރީލާންސްކޮށެވެ. އޭގެ ފަހުން ފުލްޓައިމްކޮށް އެ މަސައްކަރް އޭނާ ފަށައިގަތެވެ.

އޭނާ ދަނީ އެކި ހަފްލާތަކަށް މީހުން ޒީނަތްތެރި ކުރަމުންނެވެ. ހާއްސަކޮށް ކައިވެނީގެ ހަފްލާތަަކެވެ. އަދި މީގެ އިތުރުން ރިސޯޓްތަކުން ފުރުސަތު ލިބި އޭނާ ރިސޯޓްތަކަށް ގޮސް ވެސް މީހުންގެ މޭކަޕްކޮށްދީފައި އެބަ ހުއްޓެވެ.

ފަހޫ

ފަހޫ ފޭސްބުކް އާއި އިންސްޓަގްރާމް ޕޭޖެއް ހިންގައެވެ. އެ ދެ ޕޭޖްގައި އޭނާގެ މޭކަޕްގެ ހުނަރުތައް ދައްކާލާފައި އެބަ ހުއްޓެވެ. އޭނާގެ ކްލައިންޓުން އޭނާއަށް އިތުބާރު ކުރާކަން އިނގޭ އެއް ސަބަބަކީ އަހަރު ތަކެއް ކުރިން އޭނާ މޭކަޕްކޮށްދީފައިވާ އެތައް ކްލައިންޓުން ގުޅާފައިވެސް މޭކަޕް ކޮށްދިނުމަށް އެދިފައި އެބަ ހުއްޓެވެ. އަދި އެ މީހުންގެ ފަރާތުން އިތުރު މީހުން ފަހޫ ކައިރިއަށް ގެނެސްފައި އެބަ ހުއްޓެވެ. އެހެންކަމުން ފަހޫގެ މޭކަޕާއި މެދު ކްލައިންޓުން ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ތާއެވެ.

"އަޅުގަނޑު މީގެ ތިން އަހަރު ކުރިން މޭކަޕްކޮށްދިން މީހުން އެބަ ފަހުން ފަހުން ތިން އަހަރު ފަހަރުވެސް އައިސްފައި އަޅުގަނޑު ކައިރިއަށް މޭކަޕް ކުރަން. އަދި ކްލައިންޓްސް ފަރާތުން، އޭނާ ފޮނުވާ ކްލައިންޓްސްވެސް އެބަ ހުރި އައިސް. އަދި އެބަ ހުރި ގިނަފަހަރަށް ބްރައިޑްސް މެއިޑްސްގެ މޭކަޕެއް ކޮށްދީފައި، ފަހުން އޭނާގެ ކައިވެނީގެ ހަފްލާގައި މޭކަޕް ކުރަން ފުރުސަތު ލިބިފައި ވެސް". ފަހޫ ބުންޏެވެ.

ފަހޫގެ މޭކަޕެއް

ކޮންމެ މޭކަޕް އާޓިސްޓަކީވެސް ތަފާތު އާޓިސްޓެކެވެ. އަމިއްލަ އުކުޅުތައް ބޭނުންކޮށްލަ އެވެ. ކްލައިންޓް އާޝޯހްކޮށްލާވަރުވެސް ކޮށްލައެވެ. ފަަހޫއަކީވެސް މޭކަޕްގެ ދާއިރާގައި ތަފާތު ދައްކަމުންދާ ޒުވާނެއް ކަމަށްވާއިރު، އޭނާގެ މޭކަޕްތައް ވެފައި ވަނީވެސް ގިނަބަޔަކަށް ކަމުދާ ތަރުހީބު ލިބޭ މޭކަޕްތަކަށެވެ.

ފަހޫ ބުނިގޮތުގައި، އޭނާ އެންމެ ގިނަވަގުތު ހޭދަވަނީ ބްރައިޑުންވެ މޭކަޕް ކުރުމުގައެވެ. އެގޮތުން ބައެއް ބްރައިޑުންނާއެކު ދެ ގަޑިއިރުވެސް ހޭދަކޮށްފައިވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އާއްމުކޮށް ދެ ގަޑިއިރު ތިން ގަޑިއިރު ވަރު ނަގާނެ، އެއީ އަޅުގަނޑަކީ ބިއުޓީ ތެރަޕިސްޓެއްވީމައާއެކު ފޭސް ކްލީންއަޕްއާއެކު ކުރިއަށްދަނީ". ފަހޫ ބުންޏެވެ.

ފަހޫގެ ރީތި މޭކަޕެއް

އޭނާ ރިސޯޓްތަކަށްވެސް މޭކަޕްގެ ކަންކަން ކުރާއިރު، ދާދި ފަހުން ކޮކޯ ޕާމް ރިސޯޓަށް ގޮސް އޭނާ ވަނީ ޕެމީލާ ލޮޕްސްގެ މޭކަޕްއެއް ކޮށްފައެެވެ. އެ މޭކަޕާއި މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމަށް ވެއެވެ. އެއީ ފަހޫއަށްވެސް ވަރަށް ފާހަގަކޮށްލެވޭ މޭކަޕެއްކަަމަށް އޭނާ ބުނެފައި ވެއެވެ. އަދި އޭގެ އިތުރުންވެސް ރިސޯޓަކުން ގުޅައިގެން، އަރަބި މީހެއްގެ މޭކަޕެއް ކޮށްފައިވާނެ ކަމަށާއި، އަދި އިތުރު ރާއްޖެއިން ބޭރު ކްލައިންޓެއްގެ މޭކަޕްކޮށްފައިވާނެ ކަމަށް ފަހޫ ފާހަގަކޮށްފައި ވެއެވެ.

ފަހޫއަށް އެންމެ ފާހަގަކޮށްލެވޭ އޭނާގެ މޭކަޕް

ފަހޫ ދާއިރާއިން މީހުން ނެރެން ކުރާ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެެ. މިހާރުވެސް 13 ވަރަކަށް ޒުވާނުނަށް އޭނާ ކޯސް ހިންގައިދީފައިވެއެވެ. އޭނާގެ ވިސްނުން ހުރީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯސްތައް ހިންގަ ދީ ދާއިރާއަށް ގިނަބަޔަކު ނެރުމެވެ.

ފަހޫ އާއްމުކޮށް މޭކަޕްގެ ގޮތުގައި ބޭނުންކުރަނީ މޯފީގެ މޭކަޕް އެއްޗެއްސާއި، މެބަލައިން މޭކަޕް އެއްޗެއްސެވެ. ރާއްޖެއަށް ބަލާއިރު، ފަހޫގެ އިންސްޕިރޭޝަން މޭކަޕް އާޓިސްޓަކީ ބަލްގިޝް އެވެ.

އޭނާވަނީ ދާއިރާއިން ކުރިއަަށްދިއުމަށް އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާ ކޮށްފައެވެ. އެގޮތުން އޭނާ ވަނީ މަންމަ އާއި ބައްޕަގެ އިތުރުން، ބެސްޓް ފްރެންޑް ލީން އާއި ހިޝާމްގެ ނަން ފާހަގަކޮށްފައެވެ. އަދި މީގެ އިތުރުން، މޭކަޕް ދާއިރާގައި މަސައްކަތް ކުރާ މިހުންގެ ތެރެއިން ފަހޫއަށް މޭކަޕް ބައި ތާތޫގެ ވަރަށް ބޮޑަށް ސަޕޯޓެއް ލިބޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އޭނާ

    ދެ އްކުންތެރިކަމަކީ ޝިރުކެ އް. މޭކަޕްކުރުމަކީ ޒީނަތްތެރިކަން ފާޅުކުރުމަކީ ﷲ ޙަރާމްކުރެ އްވި ބޮޑު ފާފަ އެެއ އް. ދެން ލަލަލާ

    52
    5
  2. ޣޖ 🤮🤮🤮🤮

    🤮🤮🤮🤮🤮🤮🤮🤮

    32
    4
  3. ހުސެންކޮއެ

    ކިތަންމެ މޭކަޕެއްކުރިޔަސް ވާނެ ރީއްޗެއް ނޯންނާނެ! ދުވަސްކޮޅަކުން ދާންޖެހޭނީ ފަސްގަނޑުދަށަށް! ދެއްކުންތެރިކަމާކީ ބޮޑު ފާފައެއް! ތަޢުބާވެ އިއްފަތްތެރިކަން ރައްކާތެރިކުރޭ! ރީތިކަމަކީ ތަޤުވާވެރިކަން.

  4. ނާސިޙް

    ދޮންކަނބުލޯ. އަހަރުމެންގެ ބޭރުފުށެ އް ނޫން އަހަރުމެންގެ ހަޤީޤަތަކީ. ﷲ ގެ ހަޟްރަތަށް ދަނީ އިންސާނާގެ ބޭރުފުށުގެ ބަ އްޓަމެ އް ނޫން. ﷲ ބަ އްލަވާވޮޑިގެން ވަނީ އަހަރުމެންގެ ބޭރުފުށުގެ ސިފަޔަކަށް ނޫން. ހަށިތަކަކަށް ނޫން. އެކަލާނގެ ބަ އްލަވާ ވޮޑިގެން ވަނީ ހިތްތަކަށް.
    އިންސާނާ ކާންދީ ތަރުބި އްޔަތުކުރި ހަށިގަނޑު މަރުވީމާ ސަންދޯކަށް ލަ އިގެން ގޮސް ވަޅުލީމާ އޭގާ ފުޅަ އަޅާ ވީރާނާވެގެން ދަނީ. އެޔަ އްޓަކާ މުޅި ހަޔާތް ޤުރުބާންކުރި ހަށިގަނޑު. ބަނޑުހަ އި ވެ އްޖެ އްޔާ ކާންދީ ފެންބޮވަ އިގަނެފި އްުޔާ ފެންދީ ހޫނުވެ އްޖެ އްޔާ ފަންކާ ޖަހާ އޭގެން ނުވެ އްޖެ އްޔާ އޭސީ ބަހަ އްޓާ ތަންތާ ރި އްސަންޏާ މޮޅު ގޮދަޑި އަޅާ.
    ނަފްސަށް އަރާމު ހޯދުމަށް ޓަކާ މުޅި ވަގުތު ހޭދަކުރަނީ.
    އެހެނަސް ﷲ ގެ ހަޟްރަތަށް ދަނީ ޢަަމަލުތަ އް. އެ ރަނގަޅުކުރާކަށް ރީތި ކުރާކަށް ނޫޅެންޏާ އެކަލާނގެ ހަރާމްކުރެ އްވި ތިޔަ މޭކަޕް ފަދަ ކަންތަކަށް ތިން ހަތަރު ގަޑި އިރު ހޭދަކޮށްފާ އަޅުކަމަށް ވި އްސަކަށް މިނެޓް ހޭދަ ނުކުރެވެންޏާ ހަށިގަނޑާ އި ސިފަ ރީތިކޮ އް ބެހެ އްޓުމުގެ އެ އްވެސް ފަ އިދާ އެއ އް ނުކުރާނެ. ބަދަލުގަ އި ލިބޭނީ ވަގުތު އިސްރާފްކުރުމާ އި ޒީނަތްތެރިކަން ފާޅުކުރުމާ އި ﷲ އަށް ވުރެ ބޮޑަށް އެހެން އެއ އްޗެ އްސަށް ލޯބިކުރުން ފަދަ ޝިރުކުގެ ބޮޑުވެގެންވާ ޢަޒާބު.
    އެހެންކަމުން މި ކަމަށް ސަމާލުވެ ތިޔަ ބޭކާރު ހަރާމްކަންތަ އް ދޫކޮށް ﷲ ގެ މަގަށް ރުޖޫޢަވުމަށް ގޮވާ ވަސި އްޔަތްކުރަން.

  5. ގޮމަ

    ނަމުގަ ބުރުގާ ވެސް އަޅައިގެން, އެ މީހަކު ހެއްދެވީ ހަމަ އެންމެ ރީތިކޮށޭ. ދެން މޭކަޕުކޮށް އެމީހެއްގެ ނެތް ރީތިކަމެއް ނުޖެހޭ ނެރޭކަށް. މީހާގެ ރީތިކަމަކީ ކޮށްފަ ހުންނަ މޭކަޕެއް ނޫން. ބިރުވެތިވޭ

  6. Ma

    އެހެން މީހުން ހެން މާ ގޮތް ބޮޑުކޮއްފަ އެއް ނެތް... ރީތި.

    1
    3
  7. ބުރުގާ

    ކަލޭމެން ބުރުގާ އަޅައިގެން ކިހިނެތް އުޅޭނަމޭ ހިތައްއަރައިގެންތަ ތިއުޅެނީ..

  8. ބަބޫ

    ދެން ފިރިހެންކުދިންނަށް ތިއްތި ދައްކައިގެން އިންނާނެ. އިނީމަ މި ފެންނަނީ އަސްލު ސޫރަ. ދެން ފޫހިވެގެން ފިރިސޮރު ދާނެ. އެހިސާބުން ގޯސްވާނީ ފިރިސޮރު. މިމީހުން އޮޅުވާލައިގެން މަކަރާ ހީލަތުން ކައިވެނި ކުރިކަމެއްގެ ވާހަކަ ދެއްކުމެއް ނޯންނާނެ. ދެން

  9. ބަލްގީސް

    އެއްވެސް ރީއްޗެއްނޫން.

    4
    1