އިންޑިއާގެ އެތައް މަޝްހޫރު ތަރިންނެއް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފިއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އަދި ވަކިން ގިނައިން ރާއްޖެއަށް އިންޑިއާގެ މަޝްހޫރު ތަރިން އައިސްފައިވާކަން ފާހަގަވެއެވެ. މިހާރުވެސް އިންޑިއާގެ ބައެއް ތަރިން ވަނީ ރާއްޖެ އައިސް އެބަ އުޅެއެވެ. އޭގެ ތެރޭގައި އެކްޓްރެސް އެލީ އެވްރެމް ހިމެނެއެވެ.

އޭނާ އިންސްޓަގްރާމްގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އާއްމުކޮށްފައި ވެއެވެ. އޭގެ ތެރެއިން ފޮޓޯއަކުން އޭނާައަކީ ކާކުކަން ވަކި ނުކުރެވެއެވެ. އޭނާ ހުރީ ތޮތްޕެއް އަޅައިގެން މޫނު ފޮރުވައިގެންނެވެ.

އަދި އޭނޭ ޕޫލްގައި ހެނދުނުގެ ބްރޭކްފާސްް ނަގަމުންދާ މަންޒަރު ފެންނަ ފޮޓޯއެއްވެސް އޭނާ ވަނީ އާއްމުކޮށްފައެވެ.

އޭނާ އެ ފޮޓޯތައް ހިއްސާ ކުރުމާއެކު ފޭނުން ކޮމެންޓް ކޮށް އުފާވެރި ދުވަސްތަކަކަށް އެދޭ ކަމަށް ލިޔެފައި ވެއެވެ.

އޭނާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދަނީ ކަންޑިއްމާ ރިސޯޓްގައެވެ.

އެލީ ބޮލީވުޑްއަށް ވަދފައި ވަނީ ސައުރަބް ވެރްމާގެ ކޮމެޑީ ފިލްމް މިކީ ވައިރަސް އިންނެވެ.އޭގެ ފަހުން އޭނާ ފެނިގެް ގޮސްފައި ވަނީ ކޮމޭޑިއަން ކަޕިލް ޝަރްމާގެ ފުރަތަމަ ފިލްމް ކިސް ކިސްކޯ ޕިޔާރް ކަރޫން އިނެނެވެ. އޭނާ ވަނީ ތަޕްސީ ޕަންނޫއާއެކު ނާމް ޝަބާނާއިންވެސް ފެނިގެން ގޮސްފައެވެ.

މިފަހުން ރާއްޖެ އަށް އިންޑިއާގެ މަޝްހޫރު ތަރިންތަކެއް އައިސް ޗުއްޓީ ހޭދަކޮށްފިއެވެ. އޭގެ ތެރޭގައި ތަޕްސީ އާއި ވަރުން ދަވަން އާއި އަދިވެސް ބައެއް މަޝްހޫރު ތަރިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މީމު

  ކަލޭމެން ސުރުޚީއާ ލިޔުމާ ގުޅުވަން ދަސްކޮށްބަލަ.

  15
 2. ރިމް

  މަޝްހޫރު ނުން އާދައެގެ ޑީ ކެޓެގަރީ ގެ މީހަކު އަޔޭ ކިޔާފަ ތި ކިޔަނީ ބޮލީވްޑް ތަރިއެކޭ އައީ.. ސާބަސް! މަ ހީކުރީ ޕްރީތީ ޒިންތާ އައިސްގެން ކަމަށް ތި ހަބަރަށް ތި އެރުވީ!

 3. ާއަސްލުތަ

  ރރރޜިމް ހާދަމޮޅޭ ދޯ.🙄🤣🤣🤣😂😅