އެޕަލްގެ އާ އައިފޯނާއެކު އިންބޮކްސް ޗާޖަރާއި، ހެޑްސެޓް ނުލިބޭތީީ ގިނަބަޔަކު "ގަނާ" ކުރިއެވެ. އެކަމަކު ކީއްކުރާނީ ހެއްޔެވެ؟ އެޕަލްގެ ލޯޔަލް ފޭނުންނަށް މި އުޅެނީ ހަމަ އެގޮތުގައެވެ. އާ ފޯންތައް ގަންނަންމުންދާ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް މީޑިއާތަކުން މި ދަނީ ރިޕޯޓްކުރަމުންނެވެ.

ޝަންހާހީ ސެކިއުރިޓީ ނިއުސްގައި ޖަހާފައިވާ އާ ރިޕޯޓެއްގައިވާގޮތުން އައިފޯން 12 ގަންނަ މީހުންގެ އަދަދުތައް ދަނީ ރަނގަޅު ވަރަކަށް މައްޗަށެވެ. އަދި އެޕަލް އިން މިހާރު ދެ މިލިއަން ފޯނަށް އޯޑަރު ކޮށްފައިވާ ކަމަށާއި، އުއްމީދު ކުރި ވަރަށްވުރެ ބޮޑަށް ފޯނު ގަންނަ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.

އެޕަލް އާއި ސެމްސަންގއިންވެސް ކޮންމެ އަހަރަކު ނެރޭ ފޯންތަކަށް ބޮޑެތި ބަދަލުތަކެއް ގެނައެވެ. އަދި ފޭނުން އެފަދަ ފޯންތައް ގަންނަ ވަރު ކުރުވައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އަންނަ އަހަރު ތެރޭގައި އައިފޯންގެ ޑިމާންޑް މައްޗަށް ގޮސް، މީހުން ފޯނު ގަންނަ ވަރު ވަރަށް ބޮޑަށް އިތުރުވާނެ އެވެ. ސިންދާ ސެކިއިރިޓީން އަންދާޒާ ކުރާ ގޮތުގައި، މި އަހަރުގެ ފަހު ކުއާޓާރުގައި އެޕަލް ސަޕްލައި ޗެއިންތަކުން އޯޑަރު ކުރާ އައިފޯންތަކުގެ އަދަދު 80 މިލިއަންނަށްވުރެ މައްޗަށް އަރާނެއެވެ. އެހެންކަމުން 2021 ވަަނަ އަހަރު އައިފޯންގެ ސޭލްސް 230.240 މިލިއަން ޔުނިޓަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.

ބައެއް ގައުމުތަކަށް އަދި އެޕަލްގެ ފޯންތައް ނުލިބޭކަމަށެ ވެއެވެ. އެހެން ނަމަވެސް އެޕަލްގެ ފޯންތައް ބާޒާރަށް ނެރުނު ދުވަހު ފޯންތައް ގެނެސްގެން ވިއްކި ކުންފުނިތައްވެސް މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޫނީ ޔެލް މަހުތޫމާ

    އެޕަލް އަކީ ޔުނިކް ވަންޕީސް ޕުރޮޑަކްޓެއް. ވަން އެން އޮންލީ މާދަމާ ފޯނާއެކު ކޭބަލް ނުދިނަސް އެޕަލް މީހުން ގަންނާނެ. އިޓްސް ނޯ ކޮއިންސިޑެންސް. ސަބަބަކީ ޕުރޮޑަކްޓް ވެލިޔު

    7
    1