މިހާރު ޓްވިޓާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެނިގެން ދަނީ 50 ފޫޓޫގެ ބޮޑު އެނެކޮންޑާއެއް ބްރެޒިލްގެ ކޯރެއްގެ ތެރެއިން ދާ މަންޒަރެވެ. އެ ވީޑިއޯ ދައުރުވުމާއެކު އެއީ އަސްލު ވީޑިއޯއެއް ކަން ގަބޫލު ކުރި މީހުން މަދެއް ނޫނެވެ. އެކަމަކު މިއީ އާ ވީޑިއޯއެއް ނޫން ކަަމަށް އެއްބަޔަކު ބުނަން ފެށިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން އެ ވީޑިއޯ އަކީ 2018 ވަނަ އަހަރުގެ ވީޑިއޯއެކެވެ. އަދި އެ ވީޑިއޯއަކީ ބްރެޒިލް ޒިިންގޫ ކޯރުގައި ނަގާފައިވާ ވީޑިއޯއެއްކަމަށް ބުނެފައ ވެއެވެ.

އެ ވީޑިއޯ ޓްވިޓާގައި އާއްމު ކުރި މީހާވެސް ބުނެފައި ވަނީ އެއީ ޒިންގޫ ކޯރުން ފެނުނު 50 ފޫޓަށްވުރެ ބޮޑު އެނެކޮންޑާާއެއް ކަމަށެވެ.

ފަހުން އެ ވީޑިއޯ އާއްމު ކުރުމުންވެސް އެ ވީޑިއޯއަށް ހަތް ލައްކައަށްވުރެ ގިނަ ވިއުސް ލިބުނެވެ.

ބައެއް މީހުން ބުނާގޮތުގައި، އެ ވީޑިއޯގައި ފެނިގެން ދަނީ 50ފޫޓުގެ އެނެކޮންޑާއެއް ނޫނެވެ. އެ އެނެކޮންޑާގެ އަސްލު ސައިޒެެއް ނޭނގެއެވެ.

ދެޓްސް ނޮންސެންސްގައި ބުނެފައި ވަނީ، އެ ވީޑިއޯއަކީ 2018 ވަނަ އަަހަރުގެ އޭޕްރިލް މަހުގެ ވީޑިއޯއެއް ކަމަށެވެ. އަދި އެ ވީޑިއޯ ޔޫޓިއުބްގައި އަޕްލޯޑްކޮށްފައިވަނީ، މާސިންގާ އެނެކޮންޑާއެއް މަގެއް ހުރަސް ކުރަނީ ކަމަށް ބުނެއެވެ. އަދި އޭއީ ކޮން ސަރަހައްދެއްގައި ނަގާފައިވާ ވީޑިއޯއެއް ކަމެއްވެސް ޔޫޓިއުބްގައި ބުނެފައެއް ނުވެއެވެ.

ޔޫޓިއުބް ވީޑިއޯ އާއި ޓްވިޓާ ވީޑިއޯއަށް ބަލާއިރު، ޓްވީޓާގައި ހިއްސާ ކޮށްފައިވާ ވީޑިއޯ ވަނީ ބަދަލުކޮށްފައެވެ. ޔޫޓިއުބްގައި އެ ފެންނަނީއަސްލު ވީޑިއޯއެވެ. އޭގައި އެ އެނެކޮންޑާގެ އަސްލު ސައިޒް ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިކި މިނާޖް

    unbelievable

    9
    2
    • ސޭ

      ނިކީ މިނާޖް އެވަރުން ފުދޭނެތަ؟😂

      4
      3
  2. ނިކި މިނާޖް

    No

    1
    1