ޝާހްރުކް ޚާން އާއި އަނބިމީހާ ގައުރީ ޚާންއަކީ ބޮލީވުޑްގެ އެންމެ ލޯބި ދެމަފިރިންނެވެ. ޝާހްރުކްގެ ލޯބީގެ ފިލްމްތަކުން ފެންނަ ރޮމޭންޓިކްކަން އަދިވެސް 29 އަހަރުވީ އެ ކައިވެނީގެ ގުޅުމުން ފެނިގެން ދެއެވެ. އަބަދުވެސް މި ދެމަފިރިން އެހާ ލޮތްބެވެ.

1991 ވަނަ އަހަރު ކައިވެނި މި ދެމަފިރިންގެ ކައިވެންޏަށް ފުރަތަމަ ދަރިއަކު ލިބުނީ 1997 ވަނަ އަހަރު އެވެ. އެއީ އަރްޔާން އެވެ. އަރްޔާން ލިބުނު ދުވަހަކީ ޝާހްރުކް ބިރުން ހިތް އަތަށް އަންނަ ވަރުވި ދުވަހެކެވެ.

މީގެ އަހަރުތަކެއް ކުރިން ޝާހްރުކް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ގައުރީ، ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި މަރުވެދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

ޝާހްރުކްގެ ހިތުގައި އެ ބިރުވެރިކަން ވެރިފައި ވަނީ، އޭނާގެ މައިންބަފައިން ހޮސްޕިޓަލްގައި މަރުވިއިރު، އެއްގޮތަކަށްވެސް މާބޮޑަށް ބަލިވެ ނޫޅޭ ގައުރީ ހޮސްޕިޓަލަށް ގެންގޮސް ބާއްވާފައި އޮތްއިރު އޭނާގެ ހާލަތު ފެނުމުންނެވެ.

ގައުރީ ވިއްސަން ވައްދާފައި އޮތްއިރު، މާބޮޑަށް ތުރުތުރު އަަޅާ މަންޒަރު ފެނުނު ކަމަށް ޝާހްރުކް ބުނެފައި ވެއެވެ.

ޝާހްރުކް ބުނީ، ގައުރީ އޮޕަރޭޝަން ތިއޭޓަރަށް ސިޒޭރިއަން ހައްދަން ވެއްދިއިރު، ހީވީ ގައުރީ އަބަދަށް އަލްވަދާއު ކީހެން ކަމަށެވެ.

1998 ވަނަ އަހަރު ގައުރީގެ ޑެލިވަރީ އާ ގުޅޭގޮތުން މައުލޫމާތު ދެމުން ބުނީ އޭނާގެ މައިންބަފައިން ހޮސްޕިޓަލަށް މަރުވުމުން، އޭނާ ހޮސްޕިޓަލް ދެކެ ލައިކް ނުވާ ކަމަށެވެ.

"އަދި ގައުރީ އަކީ ވަރަށް ހިތްވަރުގަދަ މީހެއް. އަހަރެންނަށް އޭނާ ބަލިވެފައި ހުއްޓާ ނުދެކެން، އެކަމަކު އަހަރެންނަށް އޭނާ ހޮސްޕިޓަލްގައި ހޮޅިގުޅާފައި އޮއްވާ ފެނުނުއިރު، އޭނާ އޮތީ ވަރަށް ބޮޑަށް ފިނިވެފައޮ. އަހަރެން ދިޔައިން އޭނާއާއެކު އޮޕަރޭޝަން ތިއޭޓަރަށްވެސް. އަދި (މާނޭވާއެއް ލުމަށްފަހު). އަހަރެން ހީކުރީ އޭނާ މަރުވެދާނެ ކަމަށް. އަހަރެން އެވަގުތު ދަރިފުޅާއި މެދު ނުވިސްނަން. އެއީ އެހާ މުހިންމު ނުވީމަ". އޭނާ ބުންޏެވެ.

ޝާހްރުކް އާއި ގައުރީއަށް ދިން ދަރިން ލިބިފައި ވެއެވެ. އަދި އަރްޔާންގެ އިތުރުން، ސުހާނާ އާއި އެ މީހުން ސަރަގޭޓްކޮށް ހޯދި ދަރިފުޅު އަބްރަމް އެވެ.