އުމުރުން 47 އަހަރުގައި ވެސް ބޮލީވުޑްގެ ނެށުންތެރިޔާ އަދި ބަތަލާ މަލައިކާ އަރޯރާ އަކީ އާދަޔާ ޚީލާފަށް ރީތި މީހެކެވެ. އަދި އޭނާގެ ރީތި ހަންގަނޑާއި، ލޫޅާފަތި ހަށިގަނޑުގެ ސަބަބުން އޭނާ އަށް ބޮޑު މަޤްބޫލްކަމެއް ވަނީ ލިބިފައެެވެ. މަލައިކާ އަކީ އެންމެ އަގުބޮޑުކޮށް ބޮލީވުޑް ފިލްމްތަކުގެ ލަވަތައް ކުޅޭ އެއް ބަތަލާވެސްމެއެވެ.

މަލައިކާގެ އެންމެ ޚާއްސަ ސިފައަކީ އޭނާގެ ރީތި އޮމާން ހަންގަނޑެވެ. ގިނަ ބަޔަކު އޭނާގެ ހަންގަނޑު އެހާ އޮމާންކޮށް ތާޒާކޮށް ބަހައްޓަނީ ކިހިނެތްތޯ ސުވާލު އުފައްދައެވެ.

މަލައިކާ ބުނާގޮތުން އޭނާ ހަންގަނޑު ރީތިކޮށް ބަހައްޓަން ކުރަނީ އެހެން މީހަކަށް ވެސް ކުރަން އެހާ އުނދަނގޫ ކަމެއް ނޫނެވެ.

މަލައިކާ އޭނާގެ ހަންގަނޑު ރީތި ކުރުމަށް އޭނާ ކުރާ އެއްކަމަކީ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން އޭނަގެ މޫނު ދޮވުމެވެ. މޫނު ދޮންނަ އިރު ބޭނުން ކުރާ ޕްރޮޑަކްޓްތަކަކީ އެ މީހެއްގެ ހަންގަނޑާއި ގުޅޭ ތަކެއްޗަށް ވުން ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން ހަންގަނޑާއި ގުޅޭ ޕްރޮޑަކްޓްތައް ހޯދުމަށް ސްޕެޝަލިސްޓެއްގެ ބަސް ހޯދާކަން އޭނާ ފާހަގަކުރެއެވެ.

މަލައިކާ ބުނާ ގޮތުން ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ދެން އެންމެ މުހިންމު ކަމަކީ ހަންޑަނޑު ހިކިޔަ ނުދިނުމެވެ. އެކަން ކުރުމަށްޓަކާ ހަންގަޑުގެ ތެތްކަން ދެމެހެއްޓޭނެ ފަދަ ރަނގަޅު މޮއިސްޗުރައިޒަރއެއް ބޭނުން ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށް މަލައިކާ ބުނެއެވެ. އަދި އޭނާގެ ހަންގަނޑަކީ ތެޔޮ ހަންގަނޑަކަށް ވުމުން، އޭނާ ބޭނުން ކުރަނީ ތެޔޮ ނުހިމެނޭ މޮއިސްޗުަރައިޒަރ ކަމަށް ވެސް އޭނާ ބުނެއެވެ.

3 ވަނަ ކަމަކަށް މަލައިކާ ކުރާ ކަމަކީ ފެނަށް ލުނބޯ އަދި މާމުއި އަޅައިގެން ހެނދުނު ބުއިމެވެ. މިއީ އޭނާގެ ދުވަސް ފެށުމަށް ބޯ ބުއިމެއް ކަމަށް އޭނާ ބުނެއެވެ. މީގެ ސަބަބުން އޭނާގެ ހަށިގަނޑުގައި ހުރި ބާރުގަދަ ވިހަ މާއްދާތައް ބޭރުކޮށްލުމަށް އެހީވާކަމަށާ ދުޅަހެޔޮކޮށް ހުރުމާއި ހަޖަމް ކުރުމަށް ވެސް އެ ބުއިމުން އެހީވެދޭ ކަމަށް އޭނާ ބުނެއެވެ.

ހަތަރު ވަނަ ކަމަކީ އުފަލުގައި ހުރެވޭތޯ ބެލެމެވެ. މަލައިކާ ޤަބޫލު ކުރާ ގޮތުން އެއްވެސް މީހަކު މާޔޫސްވެ މޮޅިވެރިވާ ނަމަ ހަންގަނޑުން އެކަން އެނގޭނެއެވެ. އެހެންކަމުން ކަންބޮޑުވުން ކުޑަ، ސިއްހަތަށް ފައިދާ ހުރި ދިރިއުޅުމެއް އުޅުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އޭނާ ޤަބޫލުކުރެއެވެ.

މަލައިކާ އަކީ ޖިމަށް ވަރަށް ލޯބި ކުރާ މީހެއްކަން އޭނާގެ ފޭނުންނަށް އެނގޭނެއެވެ. މަދުވެެގެން 3 ދުވަހު މަލައިކާ ޖިމަށް ދެއެވެ. މަލައިކާ ބުނާގޮތުން ކަސްރަތު ކުރުމަކީ ވެސް އޭނާގެ ހަންގަނޑު ރީތިކޮށް ބަހައްޓާދޭ އެއް ސަބަބެވެ.

މަލައިކާ ދެން ކުރާ ކަމަކީ މަސައްކަތަށް ނޫނީ ބޭރަށް ހަފްލާއަކަށް ދާން ނުޖެހޭ ނަމަ އެއްވެސް ވަރަކަށް މޭކަޕް ނުކޮށް ހުރުމެވެ. އަދި ވީހާވެސް ވަރަަކަށް ގަދަޔަށް މޭކަޕް ނުކޮށް ވޭތޯ ބަލަން އަބަދުވެސް އޭނާ އިސްކަން ދެއެވެ. މަލައިކާ ޤަބޫލު ކުރާ ގޮތުން ހަންގަނޑަށް ނޭވާ ލެވޭނެހެން މޭކަޕް ނުކޮށް ބެހެއްޓުމަކީ ވަރަށް މުހިންމުކަމެކެވެ.

މަލައިކާ އަކީ ބަރާބަރަށް ޔޯގާ ހަދާ މީހެކެވެ. މަލައިކާ ބުނާގޮތުން މިވެސް ހަންގަނޑަށް ފައިދާ ހުރިކަމެކެވެ. ޔޯގާގެ ސަބަބުން ލޭ ހިނގުން ރަނގަޅުވެ ހަންގަނޑު ތާޒާކޮށްދޭަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީހަކު

    ކޮން ދޮގެއްހަދާކައް.. މީގެން ކޮންމެ މީހަކުވެސް ސާޖަރީ ހަދައިން މޫނު ރީތިކުރާނީ

    11
  2. ސަމްސިއްޔާ

    މޮޅަތޮވާހަކަ ދައްކާނެ ކަމެއްނެތް. މޫނު ދޮވަލާފައި ދައްކާލަބަލަ.

    16
  3. ނިހާން

    ހަމައެކަނި މޫނު ރީތި ވީމަ މީހާ ރީތި ވީކީނުން.