ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން ދިވެހިންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރު ވެގެން ދިޔަ އެއް ލަވައަކީ "ކިޔާ ދޫތަކުން މިއީ" އެވެ. މިއީ ދިވެހި ލަވަތަކުގެ ތެރެއިން ދިވެހިންގެ ލެޔާއި އެންމެ ބޮޑަށް ކުޅެލާ އަސަރު ގަދަ އެއް ލަވައެވެ.

ޝަހީދުންގެ ޒިކުރާ އާކޮށްދޭ މި ލަވަޔަކީ، ރާގާއި ޅެމަށް ބެލިއަސް މުއްސަނދި އުފެއްދުމެކެވެ. އަދި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ދިވެހި އުންމަތް ސަލާމަތް ކުރަން މޭ އައްޑަނައަކަށް ދިއްކޮށްލި ޝަހީދުގެ ޒިކުރާގެ މަތިވެރި ތަރާނާ، މި ލަވަ އަޑު އިވޭ ކޮންމެ ފަހަރަކުވެސް އާވެގެންދެއެވެ. މިއީ އެހާވެސް ޖަޒުބާތީ ލަވައެކެވެ. އެހަންކަމަށް ވާއިރު ތަފާތު ރަހައަކާއެކު މި ލަވަ އަލުން ތަސައްވަރުވުމަކީ މި ލަވަ ކަމުދާ މީހުން ބަލާލަން ބޭނުންވާނެ މަންޒަރެކެވެ.

މި ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އާއި އޭނާގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފް (އެލީ) އިއްޔެ ވަނީ މި ލަވައިގެ ކަވައެއްގެ ބައެއް އާއްމުންނާއި ހަމައަށް ދޫކޮށްލާފައެވެ. ދަރިފުޅާއި ބައްޕަ އެކުގައި ކިޔާފައިވާ މި ލަވަޔަކީ ފެންކަޅިކޮށްލާ ފަދަ ޝުއޫރުތަކެއް ހިތަށް ވެރިކޮށްލާ ލަވައެކެވެ.

މި ލަވައިގެ ޓްރެއިލަ ހިއްސާ ކުރައްވަމުން މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ވިދާޅުވީ "ކިޔާ ދޫތަކުން" މި ލަވަޔަކީ އޭނާ އާއި މަހުލޫފްގެ ދަރިފުޅު އެލީއަށް ވަރަށް ކަމުދާ ލަވައެއް ކަމަށެވެ.

ޓްރެއިލަ ފެށެނީ އުމުރުން ހަތް އަހަރުގެ އެލީ އިށީނދެގެން، އިސް ޖަހައިގެން އިންނަ މަންޒަރުންނެވެ. ދެން އިވެނީ ބަޑީގެ އަޑުތަކެވެ. ޓްރެއިލަ ކުރިއަށް ދާ ވަރަކަށް މަހްލޫފް އައިސް އެލީގެ ކޮނޑުގައި އަތް އަޅާ، އޭނާ ތެދުކުރާ މަންޒަރު ފެނެއެވެ. އެއަށް ފަހު ފެންނަނީ ތަފާތު ނެށުންތަކެކެވެ.

މަހްލޫފް "ވަގުތަށް" ވިދާޅުވީ އެ ލަވަޔަކީ މީގެ ކުރިންވެސް އެލީ އަށް ރީތިވެގެން ކަރޯކޭގައި ވެސް ކިޔާ ލަވައެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ އެލީގެ ގައުމީ ލަވައެއް ހަދަން. ދެން ބައެއް ލަވަތައް ދައްކާލީމަ އެލީ އަށް ކަމުދިޔައީ އެ ލަވަ. ކަރޯކޭގަވެސް ކިޔާނެ، މިހެން ގޭތެރޭ އުޅޭ އިރުވެސް އެ ލަވަ ކިޔާނެ. ދެ މަސް ވަރުވީ އެ ލަވައަށް ރެޑީ ވާތާ. ކުޑަ އިއްބެ މެން ރެކޯޑް ކުރީ. ކޮރިއޮގްރަފީގައި އެ އުޅެނީ ނުހާ. އެއީ އެލީގެ ޑާންސް ޓީޗަރު." މަހްލޫފް ވިދާޅުވިއެވެ.

އެ ޓްރެއިލަ އަށް އާއްމުންގެ ފަރާތުން ލިބުނީ ވަރަށް ރަނގަޅު ޚިޔާލުތަކެކެވެ. ނަސްރުގެ ދުވަހު ނެރުމަށް ހަމަޖެހިފައިވާ އެ ލަވަ ނެރެންދެން ކެތްމަދުވެފައި ހުރި ކަމަށް ވެސް މިލަވަައިގެ ޓްރެއިލަ އަށް ކަޮމެންޓް ކުރި އެކަކު ވަނީ ބުނެފައެވެ.

އެ ކޮމެންޓްތައް ފެނުމުން އެލީ ވެސް ހުރީ ވަރަށް އުފަލުންކަން މަހްލޫފް ވަނީ ފާހަގަކޮށްފައެވެ. އަދި ގިނަ ބަޔަކު ވަނީ އެލީ އާއި މަހްލޫފް އެ ލަވަ ކިޔާފައި ހުރި ގޮތް ރީތި ކަމަށް ބުނެ ތައުރީފްކޮށްފައެވެ.

" ޕޮޒިޓިވް ކޮމެންޓްސް ދައްކަން. އެއީ ހިތްވަރު ދީފައި ހުންނަ އެއްޗެހި. ވަރަށް ހެޕީ ވެފައި ހުރީ. މީހުން ކޮށްފައި ހުންނަ ރަނގަޅަށް މޯޓިވޭޓް ކުރާ އެއްޗެހި ދައްކަނީ." މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ ލަވައެއް އާއްމުންނާ ހަމައަށް މި ފެންނަނީ ދުވަސްކޮޅަކަށް ފަހުގައެވެ. އޭނާ ވަނީ މީގެ ކުރިން ތަރިންގެރޭ އާއި އެހަނދާނުގާ ފަަދަ ޝޯތަކުަގައި ވެސް ލަވަ ހުށަހަޅައި ދެއްވައިފައެވެ. އަދި އޭނާ އަކީ ކަރޯކޭ ޖެއްސުމަށް ލޯބިކުރާ މީހެއްކަން އޭނާ މީސްމީޑިއާގައި ހިއްސާކުރާ ބައެއް ވީޑިއޯތަކުން އެނގެއެވެ. މަހްލޫފް އާއި ދަރިފުޅު އެލީ އާއި އެކު ލަވަކިޔާ ވީޑިއޯތައް ވެސް މީގެ ކުރިން ވަނީ ހިއްސާކޮށްފައެވެ.

މަހްލޫފް ބުނީ ގިނަ ދުވަސްތަކަކަށް ފަހު އޭނާގެ ލަވައެއް ފެންނާތީ އުފާވާކަމަށް ބައެއް މީހުން ބުނެފައިވާ ކަމަށެވެ.

" ބައެއް މީހުން ހުރޭ ސިޔާސީ ކޮމެންޓް ކޮށްފައި. އެކަމަކު މީހުން ބުނި ލަވައެއް ފެންނާތީ އުފާވެއޭ. ލަވަޔާއި މެދު ނުލިބެ ނެގެޓިވް ކޮމެންޓެއް." މަހްލޫފް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ދޯ

    ޓްރެއިލަރއޭ؟ މަހްލޫގު އަމިއްލަ ދަރި ގޮވައިގެން ފިލްމު ކުޅެންވެސް ފެށީތަ؟ ހާދަ މަޝްހޫރުވާހިތްވެއޭދޯ.

    62
    45
  2. ލުޓޭރުންގެ ސަރުކާރު

    މަޝްހޫރުވާންވެގެން ދަރިލައްވާވެސް ފިލްމުކުޅުވަނީ...ތިހުރި ގައުމީލޯބި އެބަފެނޭ ގައުމު އަޅުވެތި ކޮށްނިމިއިރު ކެބިނެޓް މިނިސްޓަރަ ކަށް ތިހުންނަނީ...ވެރި ކަން ހޯދަދޭން މަގުމަތީގަ ތެޅިފޮޅުނީ ބާޢީންނާއެ ކު..ވެރި ކަމަށް ގެނައީ 3ނޮވެމްބަރުގެ ބާޢީގެ ދަނބިދަރި...ސޮއި ކޮއްގެންހުރީ ބާޢީންގެ ރީދޫ ޕާޓީއާ..ދެން ލަވަ ކުޅުމުން ގައުމީލޯބި ބޮޑުވެފަތިހުރީ...

    101
    30
  3. Anonymous

    ޙަޤީޤަތުގައިވެސް ވަރަށް ރީތި. ބައްޕަ އާއި ދަރިފުޅުގެ ކުލުނާއި ލޯބީގެވ.މަތިވެރި މިސާލެއް. ދިވެހި ހިތްތައް ކަރުނައިން ކުދިކުދިވެދާފަދަ އަސަރުގަދަ ލަވައެއް. ނުވިތާކަށް އިތުރަށް މިދިވެހި ފަސްގަނޑުގެ މިނިވަންކަމަށް ދިވެހިންގެ ހިތުގައި ދެވިފައިވާ މަތިވެރި ލޯތްބާއި މަޤާމް ނަގާލި ބާޣީންނަށް މިއަދު ޤައުމުގެ މަޤާމްތައް ޙައްޤު ބާވައޭ ސުވާލަކީ. ޝަހީދުވި ނަވާރަ ދިވެހިންގެ ލޭގައި އެއްވެސް އަގެއް ނެތީތޯއޭ.ބާޤީ ލުޠުފީ ކޮބާތޯ އޭ. ޙައްޤު އަދަބު ދެއްވާށޭ

    41
    10
  4. ބޮލި މުލައް

    ރަނގަޅެއްނު މިނިސްޓްރީ ބަޖެޓަށް އެނގުންވެލާނެ

    23
    9
  5. Anonymous

    ކޮއްފަ ނުކުރަނެ ކަމެއް ނޭނގެ މިނައަކަށް. ކޮންމެވެސް މޮޅު ސްޓަންޑެއް ޖައްސައިގެން މީޑިޔާތަކަށް އަރަން ބެނުންވެފަ އަބަދު ހުންނަނީ މިކަލޭގެ. މިނިސްޓަރު ކަމުން ވަކިކޮށް މިކަލޭގެ ޓިކްޓޮކް ކުޅެން ބައިންދާ

    29
    7
  6. Anonymous

    ވަރަށް ރީތި. ލޯބި ކުއްޖެއް. މާޝާﷲ

    37
    4
  7. ޅަތީފް

    ވަގުކަލޭގެ

    32
    13
  8. ައަހާ

    ތިޔައީ އިސްތިހާރުވާން އުޅޭ މީހެއް. މިނިސްޓަރީގަވެސް އޮތީ އެއްޗަކަށް ކޮރަޕްޝަން

    35
    14
    • ޕުތުރީ

      ލަވަރީތި. ދެން ބަޔެއްބޭފުޅުން ހާ ދަޔޭ ދޯ ޖޭވަނީ

      8
      5
  9. ސައީ

    ދެއްކުންތެރި ބައެއް.

    29
    14
  10. ޢަލި

    އެއްގޮތަކަށް ވެސް ކަމަކު ނުދޭ.. މުޅި ލަވަ ހަޑިކޮށްލައިފި

    49
    13
  11. ދަރަނި ދަންތުރަ

    ގައުމަށް ގައްދާރުވި ގައްދާރުޓީމުގެ މީހެއް މަހޭތީ ، މަހޭ ހޭނަންތާފަ އެމް ޑީ ޕީ އަށް ސޮއިކުރުވީ އަދި ހޭނާރަނީ ....

    32
    9
  12. ބުއްޅަބޭ

    އިތުބާރުނެތް ކަމުގެ ވޯޓްނަގައި ބުއްޅަބޭ މަހޭ ބޭރުކުރާނެ.

    25
    9
    • ދިވެހީން

      ނޯވަން ބަޓް ދިވެހީން:
      ދެން ނަށާނީ ސުނާމީ ލަވަޔަށް ހީ ހީ ...

      11
      2
  13. ޑެނިލް

    އެލީ ކައިފި، އެލީ ދުވެފި، އެލީ ނިދައިފި، އެލީއަތުން ބަފާގެ މޫނު ފަޅައިގެން ގޮއްސި، މީދެން ބޮޑުވެއްޖެ ކަމެށް. އަހަރުމެނަށް ކީއްތަ.؟ އަމިއްލަ ދަރި ފޭމަސް ކުރިޔަސް ބޮޑުވަރުތީ. އެލީ ލަވަކިޔާފި އޯ..\

    38
    8
  14. ކޮރަޕްޓް އެމް ޕީ

    ކޮންމެހެން ބަލަންޖެހޭތަ؟

    20
    7
  15. ލޮލް

    ކޮންކަމަކާތަ ކަނޑިކި ލައިގެން މިނަށަނީ. ހޭބަލިވެދާނެ

    32
    6
  16. ބުއްޅަބޭ

    ވަތަނީ ލަވައަކަށް ރާމާ މަކުނު ހެން ނަށަނީ!

    36
    7
  17. އެއްކަލަ ގޮލާ

    މަހުލޫފް އޭނާގެ ވަޒީފާ އަދާކޮށްފިތަ؟

    21
    4
  18. ފާތުމަ.

    ބަލަ ޒިނޭކޮއްފަ ރާބުއީމަ އެކަނިތަ ހަރާންކަމަކަށް ވަނީ. ތިވެސް ދީނުގަހަރާން ކަންތައް.ތިކަހަލަ ކަންކަން ޕްރޮމޯޓު ކުރަނީވެސަ މީޑިއާ ތަކުން.

    19
    1
  19. ޕުތުރީ

    ލަވަރީތި. ދެން ބަޔެއްބޭފުޅުން ހާ ދަޔޭ ދޯ ޖޭވަނީ

    9
    6
  20. ދިއްގާ އައިސަ

    ތިޔަވަސް އެއްޗަކައް ވީހީ އަމިއްލަޔަށް ލަވައެއް ހަދައިގެން ކިޔުއްވި ނަމައޭނުން މީހަކު ކިޔާފަ އޮތް ލަވައެއްވީމަ ކަމަކު ނުދޭ

    3
    1
  21. Anonymous

    ޝަހީދުންގެ ލަވައަށް ޖިމްނާސްޓިކް ހަދަނީތަ؟މުޅިން ސަކަރާތް!

  22. ކަނޑުކޮސް

    ކޮމެންޓް ސެކްޝަން ކިޔާލީމާ ފެންނަމީ،
    ބަޔަކު މީހުންނަށް ވަރަށް ބޮޑަށް ހަޖަމު ނުވެގެން އުޅޭތަން.