ބޭނުންވާ ތަކެތި:

1 ޖޯޑު މުގުރި މޮޒެރެއްލާ ޗީޒް
1 ޖޯޑު ރިކޮޓާ ޗީޒް
2 މޭޒުމަތީ ސަމުސާ ބަޓަރު
1 ޕެކެޓް ސޮސެޖް
1/2 ޖޯޑު ފިޔާ ކޮށާފައި
1/2 ސައިސަމުސާ މިރުސް
1 1/2 ޖޯޑު ޓޮމާޓޯ ބެސިލް ޕާސްތާ ސޯސް
4 ލަޒާގްނިޔާ ނޫޑުލް
1/4 ޖޯޑު މުގުރި ޕާރްމީސަން ޗީޒް
2 މޭޒުމަތީ ސަމުސާ ބެސިލް ފަތް ކޮށާފައި

ތައްޔާރު ކުރާނެ ގޮތް:
ކުޑަ ތައްޓެއްގައި ރިކޮޓަ ޗީޒް އާއި މޮޒެރެއްލާ ޗީޒްތައް އެއްކޮށްލާށެވެ.

ދެން ތަވަޔަކަށް ބަޓަރ އަޅާފައި ފިޔާކޮޅާއި މިރުސް އަޅާ ހާކާލުމަށްފަހު ސޮސެޖްތައް ކޮށާފައި އަޅާށެވެ. އަދި ސޮސެޖްތައް ރޯ ފިލުމުން 1/2 ޖޯޑު ސޯސް އަޅާ އެއްކޮށްލާށެވެ.

ދެން ތަށީގައި މި ތަރުތީބުން އަތުރަން ފަށާށެވެ. 1/2 ޖޯޑު ސޯސް، 1 ލަޒާނިޔާ ނޫޑުލް، މިކްސްޗާ، 1/2 ޖޯޑު ސޮސެޖް، 1 ލަޒާނިޔާ ނޫޑުލް، 1/2 ޖޯޑު ރިކޮޓް މިކްސްޗާ، 1/2 ޖޯޑު ސޯސް، 1 ލަޒާނިޔާ ނޫޑުލް، ދެން ބާކީހުރި ރިކޮޓް މިކްސްޗާ، 1 ލަޒާނިޔާ ނޫޑުލް، ބާކީހުރި ސޯސް އަޅާފައި އެންމެ މައްޗަށް ޕާރްމީސަމް ޗީޒް އަޅާށެވެ.

ދެން 220 ޑިގްރީގައި ތަށި މަތީގައި ފޮއިލް އަޅައިގެން 20 މިނެޓް ބޭކް ކޮށްފައި ފޮއިލް ނަގައިގެން 20 މިނެޓް ފިހެލާށެވެ.