ތައިލޭންޑުން 1 މިލިއަން ސްޕީޑް ޕިލް (އެމްފެޓަމައިން) އާއި އެކު ބައްޕަ އާއި ދަރިފުޅަކު ހައްޔަރުކޮށްފިއެވެ.

އެ ގައުމުގެ މުއާންގް ޑިސްޓްރިކްޓުން މިއަދު އެ ގައުމުގެ ފުލުހުން 1 މިލިއަން ސްޕީޑް ޕިލް އަތުލައިގެންފައި ވަނީ މުދާ އުފުލުމަށް ބޭނުންކުރާ ބޮޑު ޓްރަކެއްގެ ތެރެއިންނެވެ.

މުއާންގް ޑިސްޓްރިކްޓުގެ ފުލުހުންތަކެއް ޗެކްޕޮއިންޓް ހަދައިގެން ތިބި ސަރަހައްދަކުން މި ދެމީހުން ދަނިކޮށް ޓްރަކު ދުއްވަން އިން 43 އަހަރުގެ ފިރިހެން މީހާގެ ދަރިފުޅުގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ފުލުހުން ވަނީ އެ ޓްރަކް ހުއްޓުވައި ބަލައި ފާސްކޮށްފައެވެ.

ދަނޑުތަކަށް ފާޓިލައިޒާތައް ހިފައިގެން ދިޔަ އެ ޓްރަކުގެ ތެރެއިން ފުލުހުން ވަނީ 50 ޕެކެޓު ހޯދާފައެވެ. މި ޕެކެޓުތަކުގައި ހުރި ޕިލްސްގެ ޖުމްލަ އަދަދު 1 މިލިއަނަށް އަރާކަމަށް އެ ޑިސްޓްރިކްޓުގެ ފުލުހުން މައުލޫމާތު ދޭއިރު، މިހާރު ޓްރަކް ދުއްވަން އިން މީހާ އާއި އޭނާގެ 18 އަހަރުގެ ދަރިފުޅުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ޓްރަކް ދުއްވަނަ އިން މީހާ ބުނެފައި ވަނީ ބެންކޮކުން މީހަކު އެ ޑްރަގުތައް އުފުލަން އެ ޓްރަކު ކުއްޔަށް ނެގި ކަމަށާއި ނަމަވެސް ކުއްޔަށް ނެގި މީހާގެ ނަމެއް ނޭނގޭ ކަމަށެވެ.

މިހާރު މި ދެމީހުންވެސް ހައްޔަރުކޮށް، މަނާ ޑްރަގެއް އުފުލުމުގެ ދައުވާކުރަން ވަނީ ނިންމާފައެވެ.