ބޮލީވުޑްގެ އެކްޓްރެސް އަދި މިސް ޔުނިވާސްގެ ލަގަބްވެސް ހޯދާފައިވާ ސުޝްމީތާ ސެން މި ވަނީ އުމުރުން 15 އަހަރުގެ ކުއްޖަކު އޭނާއަށް ޖިންސީ ފުރައްސާރަ ކުރިި ހާދިސާއެއްގެ ވާހަކަދައްކާފައެވެ.

އޭނާ މި ވާހަކަތައް ދައްކާފައި މި ވަނީ އަންހެނުންގެ ރައްކާތެރިކަމަށް ހާއްސަކޮށް ބޭއްވި ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިންނެވެ.

ސުޝްމީތާ ބުނީ. މީގެ ހަ މަސް ކުރިން އޭނާ ދިޔަ އެވޯޑް ހަފްލާއެއްގެ ތެރެއިން ކުޑަކުއްޖަކު އޭނާއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށާއި، އެ ކުއްޖާ ފުރަތަމަ ހީކުރީ އެތާ އެހާ މީހުން ގިނަކަމުން އޭނާ އެ ކުރާ ކަންތައް ނޭގޭނެކަމަށް ކަމަށެވެ.

"އެހެން ނަމަވެސް އޭނާއަށް ކަންވީ އޭނާ ހީކުރިގޮތަކަށް ނޫން. އަހަރެން ހުރެލާފައި އޭނާގެ އަތުގައި ފަހަތުން ހިފާފައި ބެލިިއިރު، އެއީ ކުޑަކުުއްޖެއް. އަހަރެން ހުރީ ހައިރާންވެފައި އެހާ ކުޑަަކުއްޖަކު އެގޮތަށް އުޅުނީމަ" ސުޝްމީތާ ބުންޏެވެ.

ސުޝްމީތާ ބުނީ، އެ ކުއްޖާ އެ ކުރީ ގޯސްކަމެއްކަން އޭނާއަށް އެންގުމަށްފަހު އޭނާ ދޫކޮށްލި ކަމަށެވެ. އަދި އެކަން ބޮޑުކަމަކަށް ހަދަން ބޭނުން ނުވީ އެއީ ކުޑަކުއްޖެއްކަމަށްވާތީކަމަށް ސުޝްމީތާ ބުންޏެވެ.

ސުޝްމީތާ ބޮލީވުޑަށް ވަދެފައި ވަނީ މިސް ޔުނިވާސް ޓައިޓަލް ލިބުމަށްފަހު 1996 ވަނަ އަހަރުއެވެ. 2006 ވަނަ އަހަރުން ފެށިގެން އޭނާ ފިލްމް އިންޑަސްޓްރީގައި ވަރަށް އެކްޓިވްވިއެވެ. ނަމަވެސް ފަހުން ފަހުން އައިސް އޭނާގެ ފިލްމްތައް ފެންނަނީ ހާލަކުން ފަހަރެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ޔަޤީނުންވިއްޔާ ބަދަލުހިފުމުގެ ގޮތުން އެކުއްޖާއަށް މި މަންޖެ މިހާރު ހުންނާނީ އޭގެ 10 ގުނަ އަރުވާލާފައި.