ބޭނުންވާ ތަކެތި :

1 ޕެކެޓް މާރީ ބިސްކޯދު

1 ދަޅު ގެރި ކިރު

2 ބިސް

1 މޭޒުމަތީ ސަމްސާ ބަޓަރ

4 ސަމްސާ ކޯން ފްލަރ

1 ޕެކެޓް ފުލްކްރީމް މިލްކް

1 މިލްކް ޗޮކްލެޓް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ގެރިކިރު، ބިސް، ބަޓަރު އަދި ކޯން ފްލަރ މިކްސަރ އިން ރަގަނޅަށް ގިރާލާށެވެ. ދެން ތެއްޔަކަށް ފުލްކްރީމް މިލްކް ޕެކެޓް އެޅުމަށްފަހު ހޫނުކޮށްލާށެވެ. ދެން ރަގަނޅަށް ހޫނުވުމުން ކުރިން ގިރާފައިވާ ބައި ތެއްޔަށް އެޅުމަށް ފަހު މަޑުމަޑުން ހަލަމުން ގެންދާށެވެ. އެއަށްފަހު އޮލަވާން ފެށުމުން ޓްރޭގައި ބިސްކޯދު ފަތުރާލުމަށްފަހު އޭގެ މަށްޗައް އޮލަކުރި ތަކެތި އަޅާނީއެވެ. މިގޮތަށް އަދި އެއް ލޭޔާ ހެދުމަށް ފަހު އޭގެ މަށްޗައް ޗޮކްލެޓް ގާނާށެވެ. ދެން އައިސް އަލަމާރީގައި ކުޑަކޮށް ފިނިކޮށްލަން ބަހައްޓާށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނާނަ

    ކޯން ފްލާރ އެއީ މޭޒު މަތީ ސަމުސާ ތޯ ނުވަތަ ސައިސަމުސާ ތޯ

    11
    1
    • ފާޠިމާ

      މޭޒުމަތީ ސަމްސާ

      11
      1
  2. ކިރު

    ކިތައް ލީޓަރުގެ ކިރު ޕެކެޓެއްތޯ ބޭނުން ކުރަނީ؟

    • ޢާއިޝާ

      1 ލީޓަރ ބޭނުން ކުރަނީ. ދެން ކޯން ފްލަރ 3 މޭޒުމަތީ ސަމްސާ ބޭނުން ކުރީމަ ހުންނަނީ ރަނގަޅު ވަރަކަށް އޮލަމިން

  3. ޑީ

    ފުލްކްރީމް ހުރޭ ކުދި ޕެކެޓާ އެއް ލީޓަރގެ ޕެކެޓް ވެސް.

    8
    1
  4. ޝެފް

    މެގްނަމް ޕުޑިންއަށް މެގްނަމްއެއް ނާޅާ. މިކޯންޗެއް؟

    8
    2