"ސޮބީހާ، މަގޭ ހިތް ބުނަނީ ކަލޭ ބޮނޑިއެއް ބޮއިފާނެއޭ." މިއީ ބައިސްކޯފުން މިހާރު ދައްކަމުންދާ ގަމިނި ސީރީޒްގެ ހަތް ވަނަ އެޕިސޯޑުގެ ޓްރެއިލަގެ ތަންކޮޅެކެވެ. ކުޅަދާނަ ޑައިރެކްޓަރު މޫމިން ފުއާދުގެ ވެބް ސީރީޒް "ގަމިނި" މި ޓްރެއިލާ ބަލާފަ ފިލްމުގެ ވާހަކައިގެ އަސަރު ގަދަކަން ހިތަށް ގެނުވައެވެ.

ޓްރެއިލާ ފެށޭ ހިސާބުން ފެންނަނީ ދެ މީހަކު މޫދަށް ފައިބާ ސަކަރާތް ޖަހާލާ މަންޒަރެވެ. އަދި އޭގެ ތެރެއިން ފިރިހެން މީހާ އަންހެން މީހާ އަށް އެއްޗެއް ކާންދޭ މަންޒަރު ވެސް ފެނެއެވެ. އޭގެ ފަހުން ފެންނަނީ ހަރު އުމުރު ފުރާގެ މީހަކު ދޭ ވަރުގަދަ އިންޒާރެކެވެ. އޭނާ ވާހަކަދައްކަނީ އުމުރުން ދުވަސްވީ އަންހެނަކާއެވެ.

" އެންމެ މަތީފެންވަރުގެ ވެރިރަށް މާލޭގެ ގަދަރުވެރި އާއިލާ އަކާ ތަޅާފޮޅުން އެއީ ދަލޭކާދީމެން ފެންވަރު މީހަކު ކުރަން ހެޔޮވާވަރު ކަމެއް ނޫން." އޭނާ ބުނެއެވެ.

އެ ބުނާ ސޮބީހާ އަށް ދަލޭކާދީގެ އިންޒާރު އަންނަނީ އެއަށް ފަހުގައެވެ. މިއީ މާލީ ތަނަވަސް ކަން ނެތް ރަށްފުށު ދިރިއުޅުމެއް އުޅޭ މީހަކާއި މާލޭ ތަނަވަސް މީހަކާއި ލޯބީގެ ގޮތުން ގުޅުމުން ދެން ވާގޮތް ދައްކުވައިދޭ ސީރީޒް އެއްބާވައެވެ؟ ސޮބީހާ އަށް ބޮނޑިއެއް ލިބެނީތޯ ނޫންތޯ މި ޓްރެއިލަ\ ބަލާލާފައި އެނގެން ބޭނުން ނުވާ ވަރެއް ނުނެވެ.

ސީރީޒްގައި ހަގީގަތުގައި ފެނިގެން ދަނީ އަނިޔާވެރިކަމުގެ މާހައުލަކަމަށް ބޮޑުވަމުންދާ މީހަކަށް ކަންތައް ވެގެންދާ ގޮތާއި، އެފަދަ ވެށްޓެއްގެ ތެރޭގައި ހުރެ އެކަން ނޭނގި ހުންނަ މީހަކަށް ކަންތައް ވެގެންދާ ގޮތެވެ. ޖުމްލަ 13 އެޕިސޯޑުގެ އެ ސީރީޒްގައި ތަފާތު ޓައިމްލައިންތައް ފެނިގެންދާއިރު ޝޯ ފެށިގެން ދަނީ މިހާރަށް ފައްތައިގެންނެވެ. އަދި އެއަށްފަހު 80 ގެ އަހަރުތައް އެ ޝޯ އިން ދައްކައިދެއެވެ.

ގަމިނި ސީރީޒް އަކީ އެ ސީރީޒްއަކަށް ދިވެހިން އެންމެ ލޯބި ކުރާ އެއް ސީރީޒްއެވެ. މި ޝޯއިން ރާއްޖޭގެ ސިޔާސީ ހާލަތު ވެސް ފެނިގެން ދާއިރު އޭރާއި މިހާރާއި ރާއްޖޭގައި ސިޔާސީ ނުފޫޒު ބަދަލުވެގެން އައިގޮތްވެސް ފެނިގެންދެއެވެ.

ގަމިނިގެ ތަރިންގެ ތެރޭގައި ކުޅަދާނަ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، ސޫޒަން އިބްރާހީމްފުޅު (ސޫންތަ) އަހުމަދު އާސިމް އަދި އިސްމާއީލް ޒާހިރު، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ ފެނެއެވެ. މީގެ އިތުރުން މި ސީރީޒުން ފެނިގެންދާ ތަރިންގެ ތެރޭގައި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ހިމެނެ އެވެ.

ދިވެހި އުފެއްދުންތަކަށް ލޯބި ކުރާ ނަމަ، ތަފާތު ސީީޒެއްގެ އަޖުމަ ބަލާލަން މި ސީރީޒް ބަލާލުން ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަބަލްދީބް

    ވަރަށް ހަޔާތްކުޑަ މަންޒަރުތަށް މީގަ ހުންނަނީ...

    5
    7
    • އަދީބް

      ދުނިޔޭގަވެސް ހަޔާތްކުޑަ މީހުން އުޅޭ ހާއްސަކޮށް ރާއްޖޭގަ. ފިލްމް ނޫނީ ޑްރާމާއެއްގަ އެފަދަ ހަޤީގަތާ އެއްގޮތް މަންޒަރު ނޫނީ ހަޑިހުތުރުބަހުން ވާހަކަ ދައްކައިފިޔާ މީހުންނަށް ވަރަށް އަސަރު ކުރޭ....

      2
      1