ގިގީ ހަދީދް އޭނާގެ ފިރިމީހާ ޒައިން މަލިކް ތުއްތު ދަރިފުޅާއި އެއްކޮށް ނަގާފައިވާ ފުރަތަމަ ފޮޓޯ ދައްކާލައިފި އެވެ. މުސްކިމް ނޫން ދީންތަކުގެ މީހުން ފާހަގަ ކުރާ ކްރިސްމަސްގައި އެ ފޮޓޯ ހިއްސާކޮށްފައިވާއިރު ގިގީ އާއި ޒޭން ގެ ފުރަތަމަ ދަރިފުޅު ވިހާފައި ވަނީ ސެޕްޓެމްބަރު މަހުގައި އެވެ. ސުޕަ މޮޑެލް އެއް ކަމަށްވާ ގިގީ އާއި ލަވަކިއުންތެރިޔާ ޒޭން އަށް ފުރަތަމަ ލިބުނީ އަންހެން ކުއްޖެކެވެ.

މީސް މީޑިޔާގައި ހިއްސާކުރި ގިގީ އާއި ޒޭން އަދި ދަރިފުޅުގެ ފޮޓޯގައި ގިގީ ހުރީ ވީޑިއޯ ގޭމް 'މެޓްރޮއިޑް' ގެ ކެރެކްޓަރ ސަމުސް އެރަން ގެ ހެދުން ހުންނަ ގޮތަށް ސޫޓެއް ލައިގެންނެވެ. އަދި ކުރީގެ ވަން ޑިރެކްޝަންގެ ލަވަކިއުންތެރިޔާ ޒޭން ހުރީ ހެރީޕޮޓާގެ ކެރެކްޓާއެއްގެ ކޮސްޓިއުމާ އެއްވައްތަރު ކޮސްޓިއުމެއް ލައިގެންނެވެ. އަދި އެމީހުންގެ ދަރިފުޅު ހުރީ މާވެލް ސުޕަހީރޯ އެއް ކަމަށްވާ، ދަ ހަލްކްގެ ކޮސްޓިއުމް ލައިގެންނެވެ.

މި ފޮޓޯ އަކީ ގިގީ އޭނާގެ ދަރިފުޅުގެ އެއްކޮށް ހުރި ފޮޓޯއެއް ހިއްސާކުރި ފުރަތަމަ ފޮޓޯ އެވެ. މި ފޮޓޯގައިވެސް ދަރިފުޅުގެ މޫނު ނުފެންނަ ގޮތަށް ޑިޖިޓަލް ސްޓިކާއެއް ހުއްޓެވެ. އަދި ދަރިފުޅު އުފަންވުމާއި އެކު ގިގީ މެން ވަނީ ގިގީގެ މަންމަގެ ގެއަށް ބަދަލުވެފަ އެވެ. ގިގީގެ މަންމަ ޔޮލަންޑާ ހަދީދް ވެސް ވަނީ އޭނާގެ މާމަ ދަރިފުޅުގެ ގޮޓޯއެއް މީސް މީޑިޔާގައި ހިއްސާ ކޮށްފަ އެވެ.

ފޮޓޯ: ގޫގުލް

27 އަހަރުގެ ޒޭން އަކީ އޭނާގެ ރީތިކަމާއި ލަވަތަކުގެ ރީތިކަމުގެ ސަބަބުން ގިނަ ބައެއްގެ ސަޕޯޓު ހޯދާފައިވާ ފަންނާނެކެވެ. ޒޭންގެ ފުރިހަމަ ނަމަކީ ޒޭން ޖަވާދް މަލިކް އެވެ. އޭނާ އުފަންވެފައި ވަނީ 1993 ވަނަ އަހަރުގެ ޖަނަވަރީ 12 ގައި އެވެ.