ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން ދިވެހިންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރު ވެގެން ދިޔަ އެއް ލަވަ ކަމަށްވާ "ކިޔާ ދޫތަކުން މިއީ"ގެ ކަވަ ވަޝަންއެއް ތައާރަފްވެގެން ދިއުމާ އެކު، އެ ލަވަ އަޑުއެހުމަށް އެތައް ބަޔަކު ތިބީ "ފެން ބޮވައިގެންފަ"އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް މީސްމީޑިއާގައި ހިއްސާކުރެއްވި ޓްރެއިލާއާ އެކު އެ ލަވަ އަށް އެތައް ބަަޔަކު އައީ އިންތިޒާރު ކުރަމުންނެވެ. އެ އިންތިޒާރަށް ނިމުމެއް އައީ މިއަދު ހެނދުނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އެ ލަވަ ރިލީޒް ކުރި ހިސާބުންނެވެ.

މިހާރު މި ލަވަ މަހްލޫފާއި ނަޒްރާގެ ދަރިފުޅު އެލީގެ ޔޫޓިއުބް ޗެނަލް އާއި މީސްމީޑިއާގައި ވެސް ފެންނަން އެބަހުއްޓެވެ.

އުމުރުން ހަތް އަހަރުގެ އެލީ އޭނާގެ ބައްޕަ މަހުލޫފު އާއެކު ހުށަހަޅައި ދިން މި ލަވައަށް ގިނަ ބައެއްގެ ތައުރީފް ދަނީ ލިބެމުންނެވެ.

މަހުލޫފް "ވަގުތު"އަށް ވިދާޅުވީ އެ ލަވައަށް އާންމުންގެ ފަރާތުން ލިބުނު ތަރުޚީބު ރަނގަޅު ކަމަށެވެ.

" ވަރަށް ޕޮޒިޓީވްކޮށް ކޮމެންޓްސް ލިބެނީ. އެލީވެސް ވަރަށް އުފަލުން ހުރީ." އޭނާ ވިދާޅުވިއެވެ.

 

މި ލަވަ ބެލި ގިނަ ބަޔަކަށް އެންމެ ކަމުދިޔައީ އެލީގެ ހިތްގައިމު އަޑެވެ. އަދި އެ ހަނދާނުގައި އާއި ތަރިންގެ ރޭ ފަދަ ޝޯތަކުން މަހުލޫފްގެ ލަވަތައް އިވުމަށް ފަހު، މިއީ މިގޮތަށް މަހުލޫފްގެ ލަވައެއް ފެނުނު ފުރަތަމަ ފަހަރަށް ވުމުން ވެސް އޭނާގެ ލަވަތަކަށް ތާއީދު ކުރާ މީހުން ތިބީ އުފަލުންނެވެ.

"މާޝާ ﷲ ވަރަށް ރީތި އަޑެއް،" އެ ލަވައަށް ކޮމެންޓް ކުރި މީހަކު ބުނެފައިވެއެވެ.

" ވަރަށް ފުރިހަމަ ހުށަހެޅުމެއް. ވަރަށް ކަމުގޮސްފި." އިތުރު މީހެއްގެ ކޮމެންޓެއްގައި ވެއެވެ.

މަހްލޫފް ވިދާޅުވީ އެ ލަވަޔަކީ މީގެ ކުރިންވެސް އެލީ އަށް ރީތިވެގެން ކަރޯކޭގައި ވެސް ކިޔާ ލަވައެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ އެލީގެ ގައުމީ ލަވައެއް ހަދަން. ދެން ބައެއް ލަވަތައް ދައްކާލީމަ އެލީ އަށް ކަމުދިޔައީ އެ ލަވަ. ކަރޯކޭގަވެސް ކިޔާނެ، މިހެން ގޭތެރޭ އުޅޭ އިރުވެސް އެ ލަވަ ކިޔާނެ. ދެ މަސް ވަރުވީ އެ ލަވައަށް ރެޑީ ވާތާ. ކުޑަ އިއްބެ މެން ރެކޯޑް ކުރީ. ކޮރިއޮގްރަފީގައި އެ އުޅެނީ ނުހާ. އެއީ އެލީގެ ޑާންސް ޓީޗަރު." މަހްލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ތުނިޔެ

    ޑިސަޕޮއިންޓެޑް! ސުއްބޫހް... އަންހެން މީހާއަށް އަނިޔާވުން ނޫންކަމެއް ނުވޭ.. އޭނަޔަށްވެސް، އެހެން މީހުންނަށްވެސް ނޭނގެ ކުރެވޭ ނުކުރެވޭ ކަމެއް...

    ލަވައިގެ ހުރޭ ރީތިކަމެއް... އެލީކީމަ.. ކުޑަކުއްޖެއްގެ އަޑުއިވޭތީ

    27
    13
  2. ﷲގެ އަޅާ

    އިސްލާމީ ރިވެ ތި އުސޫލުގެ ތެރޭ ދަރިޔަކު ތަރުބިއްޔަ ތު ކުރެވިއްޖިއްޔާ ދެދުނިޔޭގެ އުފާ މައިން ބަފައިންނަށް. ވަރަށް ވާހަކަ.

    63
    3
  3. ބަކަރި

    އެއްވެސް ރީއްޗެއް ނޫން. ލަވަކިއުމަށްވުރެ ޒުވާނުނަށް ކަމެއް ކޮށްދިނިއްޔާ ރަނގަޅެއްނު

    23
    9
  4. މަރީ

    އަހަރެމެންގެ ހިތަކަށް ނުކުޅޭ. ތިމާމެންގެ ދަރިން އިސްތިހާރު ކޮށްގެން މީހުންގެ ސަމާލުކަން ހޯދުން އެއީ ރީތި ގޮތެއް ނޫން. މިފަދަ ހިތާމަވެރި ދުވަހެއްގައި ޤައުމަށް ވަފާތެރިވި ހިތްވަރުގަދަ ކަން ދައްކަވައިގެން ޝަހީދުވެ ދިޔަ އެންމެހާ ދިިިިވެހި ދަރިންގެ މައްޗަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވުން ދުއާ ކޮއްދިނިއްޔާ މާ ރަނގަޅުވާނެ. ތި ލަވަ ކިޔާފަ ނެށުމަކުން ކުރާނެ ފައިދާއެއް ނޯންނާނެ..

    30
    4
    • ފަރީ

      އެކިމީހުންގެ ސަމާލުކަން އެކި ކަންކަމަށް ހޯދޭނީ އެކި ގޮތަށް. އެއްބަޔަކު ދިވެހި ތާރީޚަށް އެއްވެސް ޝައުގުވެރިކަމެއް ނެތަސް އިވޭ ލަވައެއްގެ ހިތްގައިމުކަމުން އެލަވައާ ގުޅޭ ހާދިސާއަށް ސަމާލުވެދާނެ. އަދުގެ ޖީލަކީ ވަރަށް އެހެން ކަހަލަ ގޮތްގޮތަށް ކަންކަމަށް ޝައުގުވެރިކުރުވަންޖެހޭ ބައެއް. އެބައެއްގެ ލޭންގްއޭޖުން އެބަޔަކާ ވާހަކަ ދެއްކޭނީ. މިއުޒިކަށް ލޯބިކުރާ މީހުންނަށް ފަހުމުވާ ބަހަކުން އެކަހަލަ ގޮތަކަށް ވާހަކައެއް ދެއްކިދާނެ. ލަވައިގެ އެއް ފައިދާ އެއީ.

      2
      6
  5. ރީތި ގައުމު

    ވަރަށް ފުރިހަމަ. އަބަދު ސިޔާސީ ވާހަކަ ނުދައްކާ މި ގައުމުގެ ދަރިން ކިޔާދޭންވީ މި ވާހަކަތައް. ނިމޭ ތަންކޮޅުގަ ޕާކުގަ ދިދަ ހިފާން އަންހެން ކަމަނާ ހުންނަވާއިރު ދިދަ ވިހުރޭ ގޮތަށް ވައި ޖައްސާލި ނަމަ އަދި ވަރަަށް ފުރިހަމަވީސް. އަލުން އެތަންކޮޅު ކުޅެލަމާ. ވަރަށް ރީތި ލަވަަ ވެސް އަދި ލަވަ ގެނެސް ދިން ގޮތްވެސް.

    13
    9
  6. އަހުމަދު

    ޝައިތާނާގެ ދުންމާރި ހިތްތަކާ ކުޅެލައިފި...

    38
    4
  7. އާރު

    ގައުމަށްޓަކައި ޝަހީދުވި އެތައް ބަތަލެއްގެ އަގުހުރި ޚިދުމަތަށް ކުރެވިފައިވާ ބޮޑު މަލާމާތެއް
    މާދަމާ ކަންނޭގެ “ގައުމީ ސަލާމް” އަށް މި ފަދަ ހަޑިހުތުރު އަމަލެެއް ހިންގާނީ...
    މިއީ ވަރަށް ދެރަވަރު އަމަލެއް
    ބާޣީންގެ ހަގީގަތް ފޮރުވަން މި ގައުމުގެ މިނިސްޓަރަކު މި ފަދަ އަމަލެއް ހިންގީތީ ދެރަވެ ހިތާމަ ކުރަން
    ނޫސްވެރިންނޭ!
    މި ފަދަ ނުސީދާ އަމަލުތަކާ މެދު ސަމާލުވެ ތިބޭށެވެ.

    23
    5
  8. އަލިބެއްޔާ

    ދެއްކުންތެރިކަން ފިޔަވާ ކޮންކަމެއް.. ކުޑަކުއްޖަކު ހަލާކު ކޮށްލައިފި..

    21
    4
  9. މީޝް

    ޢެލަވައިގެ އަސަރު ކަނޑުވާލާފައޮ ތީ މިޖީލުގެކުދިންނައްއެދުވަސްހަނދާަންނައް ތާލުމައް އެހީވެދީފައޮ ތްލަވައެއްތތތތތ ތީ

    11
    5
  10. މުހައްމަދު އަންޖުމް

    އެލަވަޔަކީ ކުރީގަ ކިތަންމެ ރީތިނަމަވެސް މިފަހަރު އެއްވެސް އަސަރެއްނުކުރި ކުޑަކުއްޖެއްގެ އަޑުއިވުނީމަ އަބަދު ވެސް އަޑުއަހާލަން ބޭނުން އެހެންވެ އެތަންކޮޅުއަހާލިން ނަމަވެސް މަހްލޫފުކީމަ ވަރައްއުނދަގޫވި އަދި އަޑުއަހަން ބޭނުމެއްނުވި ސަބަބަކީ އެލަވަހެދީ ވަކިމަގުޞަދެއްގަ ކަމަށް ވެފައި އެމަގުޞަދަށް މަލާމާތްކުރުމާ ފުރައްސާރަކުރާފަރާތުގައި މަހުލޫފްހުރެ އެކަމާ އިދިކޮޅުނުހަދާ އެމީހުންނާގުޅިގެން އުޅޭތީ ވީމާ އެކަމުގަބައިވެރިވާ މީހެއް އެހުރީ ކުރީދުވަހު އެއުޅޭ ވަކަރުގޭން ކިޔަވައިގެން މަޖިލިހަށްވަދެ މުޑުދާރު ހަލީމް ކީއެއްޗެހި އެކަމަށްވެސް މަހޭގެ ތާއީދު ވީމާ މިކަހަލަ ލަވަނުކިޔުންއެދެން ހީވަނީ މަލާމާތެއްކުރާހެން

    7
    2
  11. އެއްކަލަ ގޮލާ

    މި ގައުމުގެ މިނިސްޓަރުންނަށް މިތިބީ ކޮން ބައެއްތަ އަޅެ ހޮވާފަ. ވަޒީފާ އަދާކޮށްބަލަ އަބަދު ލަވަ ކިޔަން ނޫޅެ. ހަމަ ހައިރާންވޭ. ހަލާލުވާނެތަ މި މީހުން ޓެކްސް ފައިސާއިން ނަގާ މުސާރާ؟