ބޭނުންވާ ތަކެތި:

1 ދަޅު ގެރި ކިރު

3 ބިސް

½ ޖޯޑު ކާށި ކިރު

½ ޖޯޑު ކިރު

2 ޖޯޑު ކާށި ހުނި

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ، ތައްޓެއްގެ ތެރޭގައި ގެރިކިރާއި، ކިރު، ބިސް އަދި ކާށި ކިރު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު، ގާނާފައި ހުރި ހުނިކޮޅު އޭގެތެރެއަށް އަޅާލުމށްފަހު، ރަނގަޅަށް އެއްކޮށްލާށެވެ. ދެން، އަވަން ތަށީގައި ރަނގަޅަށް ހާކާލާށެވެ.

އެއަށްފަހު، 350 ޑިގްރީ ސެލްސިއަސް އަށް ހޫނުކޮށްފައި ހުރި އަވަނުގެ ތެރެއަށް ތަށި ލުމަށްފަހު ގާތްގަނޑަކަށް 25 މިނެޓު ވަންދެން ފިހާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައިޝާ

    ހިކި ކިރު ތޯ ނޫނީ ފުލްކުރީމް މިލްކް ތޯ؟؟