ބޭނުންވާ ތަކެތި: (8 މީހުންނަށް)

8 ލުނބޯ (ދެފަޅި ކޮށްފައި)

1 ½ ޖޯޑު ހަކުރު

16 ކުދީނާ ފަތް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތައްޓެއްގެ ތެރެއަށް ލުނބޯތަކުން ހުތް ފެލާށެވެ. ދެން، އޭގެ ތެރެއަށް ފެން ފޮދާއި ހަކުރުކޮޅު އަޅާލާށެވެ. އެއަށްފަހު، ހަކުރުތައް ރަނގަޅަށް ވިރެންދެން ކައްކާލާށެވެ. އެއަށްފަހު، އޭގެތެރެއަށް ލުނބޯ ހުތްފޮދު ތެލީގެ ތެރެއަށް އަޅާލުމަށްފަހު، ސިރަޕަކަށް ވަންދެން ކައްކާށެވެ. މިގޮތަށް ކައްކާނީ މެދު ގިނީގައެވެ.

އެއަށްފަހު، ސިރަޕު އެއްކޮށް ހިހޫވުމުން، އޭގެރެއަށް ކުދީނާ ފަތްކޮޅު އެޅުމަށްފަހު، ކުޑަކޮށް ޗިސް ކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުލޫ

    މީ ވ.މީރު ބުއިމެއް.މިބުއިމަކީ އަހަރެންނަށް ރޯގާ ޖެހުނީމަ ވަރަށް ގިނައިން ބޭނުން ކުރާ ބުއިމެއް.މީގަ ހިމަނާފައިވާ ތަކެތީގެ އިތުރުން ކުޑަ އިނގުރުކޮޅެއް ވެސް އަޅައިގެން ބޭނުން ކުރީމަ ރަހަ ތަފާތުވެފަ މީރުވާނެ.