އެމެރިކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބާއި ބެހޭގޮތުން ބޮލީވުޑު އަދި ހޮލީވުޑުގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ދެކޭގޮތް ހާމަކޮށްފިއެވެ.

ޕްރިޔަންކާ އެކަން އޭނާގެ އިންސްޓަގުރާމު އެކައުންޓުގެ ސްޓޯރީގައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި އޭނާގެ ވާދަވެރިޔާ ޖޯއެ ބައިޑެންގެ މި ވާދަވެރި އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދާ ގޮތް ދަނީ ފިރިމީހާ ނިކް ޖޯނަސްއާއިއެކު ލޮސްއެންޖަލްސްގައި ދިރިއުޅެމުންދާ ޕްރިޔަންކާ ޗޯޕްރާއާއި އޭނާގެ އާއިލާއިން ވަރަށް ޝައުގުވެރިކަމާއިއެކު ބަލަމުންނެވެ.

2020 ވަނަ އަހަރުގެ ހީވެސް ނުކުރެވޭފަދަ ކަންތައްތައް އަދި ވެސް ކުރިމަތިވަމުންދާ ކަމަށް ބުނެ ޕްރިޔަންކާ ބުނެފައިވަނީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ވޯޓުލުން ނިމި، ވޯޓު ގުނަމުންދާއިރު އަދި ވެސް ނުގުނޭ އެތައް ވޯޓެއް ހުރިކަމަށާއި އެހެންކަމުން މިރޭ ވެގެންދާނީ ވަރަށް ދިގު ރެއެއް ކަމަށެވެ.

އެމެރިކާގައި ވޯޓް ގުނުން އެތައް ދުވަހަކަށް ކުރިއަށް ދެއެވެ. އަދި ކޮވިޑް-19ގެ ސަބަބުން ވޯޓުލާން ގިނަ ބަޔަކު ނުދިޔަ ނަމަވެސް މެއިލްއިގެ ޒަރީއާއިން ގިނަ ބަޔަކު ވޯޓުލުމުގެ ސަބަބުން އެހެން އަހަރުތަކަށް ވުރެ މި އަހަރު ގުނަންޖެހޭ ވޯޓު ގިނަ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ޕްރިޔަންކާ މިހާރުގެ މަސައްކަތްތަކަށް ބަލާއިރު، ދާދި ފަހުން އޭނާ ވަނީ ފިލްމެއްގެ ޝޫޓިންއަކަށް ބާރލިންއަށް ގޮސްފައެވެ. އަދި އެނބުރި ލޮސްއެންޖަލްސްއަށް އައުން ފާހަގަ ކުރުމުގެ ގޮތުން ނިކްއާއިއެކު ވަނީ އެ އަވަށުގައި ކާރު ބުރެއް ޖަހައިފައެވެ.

ޕުރިޔަންކާގެ ކުރިއަށް އޮތް ހޮލީވުޑު ފިލުމު ''ޓްކްސްޓް ފޮރ ޔޫ''ގެ މަސައްކަތާއި ބެހޭ ގޮތުން އޭނާ ވަނީ ވަރަށް ފަހުން ވާހަކަ ދައްކައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގެރި ކަލާގެ

    ވޯޓް ލެވުނުބާ؟

    16
  2. މުބީނު މާރނީ

    އެހެންވިއްޔާ އަހަރުމެންގެ ސުނީ ވެސް މިރޭ ހޭލާ ހުންނާނެ.

  3. ޙުސްނާ

    ޕްރިޔަންކާ ބުނާއެއްޗެއް ނުބަލަން، ބަލާކަށް ބޭނުމެއްވެސް ނޫން...