''ކަހޯނާ ޕިޔާރު ހޭ''އިން ބޮލީވުޑަށް ތައާރަފްވި ރިތިކް ރޯޝަންއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ފަންނާނެކެވެ. ނެށުމުގެ ދާއިރާއިން، އެކްޝަންގެ ދާއިރާއިން، އެކްޓް ކުރުމުގެ ދާއިރާއިން، ނުވަތަ ލޯބީގެ ދާއިރާއިން ވެސް ރިތިކް ކުޅުނު ކޮންމެ ރޯލަކުން ވެސް އޭނާގެ ހުނަރުވެރިކަން ވަނީ ދައްކުވައިދީފައެވެ.

ބޮލީވުޑުގައި ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކުރުމަށްފަހު ރިތިކް ރޯޝަންގެ މިސްރާބު މިހާރު ހުރީ ހޮލީވުޑާއި ދިމާއަށެވެ. ހޮލީވުޑުގެ އެކްޝަން ތްރިލާ ފިލުމެއްގައި ލީޑު ރޯލު ''ސްޕައި''އެއްގެ ކެރެކްޓާގައި ކުޅުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ރިތިކް މިހާރު މި ފިލުމުގެ އޮޑިޝަން ރިކޯޑްކޮށް ފިލުމުގެ ސްޓޫޑިއޯއަށް ވެސް ފޮނުވައިފައިކަމަށް ރިޕޯޓްތަކުން ބުނެއެވެ. ފިލުމުގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށާއި މި ރޯލުން ރިތިކް ފެނިދާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ރިތިކް ރޯޝަން މިހާރު ކުޅެމުންދާ ''ކްރިޝް'' ފިލުމުގެ ސީކުއަލްގެ 4 ވަނަ ފިލުމުގެ މަސައްކަތް ނިންމާލުމަށް ފަހު ހޮލީވުޑު ފިލުމުގެ މަސައްކަތް ފެށުމަށް ވަރަށް އަވަހަށް ވެސްޓްވާޑްއަށް ދާނެ ކަމުގެ ވާޙަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ.

ރިތިކް ރޯޝަންގެ ސްޕަހީރޯ ފިލުމު ''ކްރިޝް''އަށް ހަތް އަހަރު ފުރުން ފާހަގަ ކޮށްފައިވަނީ މިދިޔަ ހަފްތާއެވެ. ރިތިކްގެ ސަޕޯޓަރުންގެ މަރުހަބާ މެސެޖުތަކާއި އެކު ލިބެމުން ދިޔައީ މި ސީކުއަލްގެ ކުރިއަށް އޮތް ފިލުމަށް ސަޕޯޓަރުން ކެތްމަދުވެފައިވާ ކަމުގެ މެސެޖުތަކެވެ.

ރިތިކް އެންމެ ފަހުން ކުޅެފައިވާ ފިލުމަކީ ޓައިގަރ ޝްރޯފް އަދި ވާނީ ކަޕޫރާއިއެކު ކުޅޭފައިވާ ފިލުމު ''ވަރ''އެވެ.