ގަބޫލު ކުރަން ދަތި، ފެނި އާޝޯހުވާފަދަ ހުނަރުވެރިކަން ދައްކުވައިލާ އެތައް މަސައްކަތެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި މީހުން ދަނީ ކުރަމުންނެވެ. މި ފަހަރު އިންޑިޔާގެ ރައްޔިތެއް ވެސް މިވަނީ މިފަދަ ތަފާތު މޮޅު ހުނަރެއް ދައްކައިދީފައެވެ.

އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ހަރީޕްރަޝާދު ސީއެމް ނަމަކަށް ކިޔާ މީހަކު ރޫބިކް ކިއުބް ބޭނުންކޮށްގެން އިންޑިޔާގެ ލަވަކިޔުންތެރިއެއް ކަމަށްވާ މެއިތިލީ ޓާކޫރުގެ ފޮޓޯއެއް ތައްޔާރު ކޮށްފިއެވެ.

މި ފޮޓޯ ތައްޔާރު ކުރާ ވީޑިއޯއެއް އިންސްޓަގުރާމުގައި ހިއްސާ ކުރަމުން ހަރީޕްރަޝާދު ބުނެފައިވަނީ އެއީ އޭނާއަށް ކަމުދާ ލަވަ ކިޔުންތެރިއެއް ކަމަށާއި މަޝްހޫރުކަން ހޯދަން އުޅޭ މީހެއް ނޫން ކަމަށާއި ރީތި ލަވަތަކެއް ކިޔާ މީހެއްކަމަށާއި ގައުމުގެ ޘަޤާފަތް ދައްކައިދިނުމަށް މަސައްކަތް ކުރާ މީހެއް ކަމަށެވެ.

މި ފޮޓޯ ތައްޔާރު ކުރުމަށް ހަރީޕްރަޝާދު ބޭނުން ކޮށްފައިވަނީ 600 ރޫބިކް ކިއުބް ކަމަށް އޭނާގެ އިންސްޓަގުރާމު ޕޯސްޓުގައި ބުނެފައިވެއެވެ.

 

View this post on Instagram

 

Maithili Thakur: 600 Rubik’s cubes! One of my most favourite musicians in India! Someone who doesn’t run behind name and fame... someone who creates pure music.. someone who tries to showcase the culture of our country... someone who inspires tons of musicians! ❣️ Stay the same! Stay lit! 🔥 @maithilithakur If you haven’t come across her performances yet, you got to check them out! @rishavthakur.official @ayachithakur @rameshthakur.official @bhartirameshthakur #maithilithakur #maithili #maithilians #maithilisings #maithilithakurfansclub #maithilians💕 #maithilisinger #maithilisings #thakurvlogs #trending #rubikscube #rubiks_cube #pixelart #rubikslove #rubiksportrait #artistsoninstagram #thrissur #kerala #thrissurkaran #tagsokkemaduth #rubikscubes #cubeportraits #rubiksmosaic #mosaicart #art #artist #music #musiclove #indianmusic #proudindian #hariology

A post shared by Hariprasad CM (@_hariology_) on

ލަވަކިޔުންތެރިޔާ މެއިތާލީ ވެސް ވަނީ މި ވީޑިޔޯ އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާކޮށް ވަނީ ހަރީޕްރަޝާދަށް ޝުކުރު އަދާކޮށްފައެވެ.

މެއިތާލީގެ ފޮޓޯ ރުބްރިކް ކިއުބް ބޭނުން ކޮށްގެން ތައްޔާރުކުރާ މި ފޮޓޯ އިންސްޓަގުރާމުގައި ހިއްސާ ކުރުމާއި އެކު ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް ދިޔައީ ހަރީޕްރަޝާދަށް ލިބެމުންނެވެ.

އަބަދުވެސް ހަރީޕްރަޝާދުގެ ކުރެހުންތަކުން އަޖައިބު ކުރުވާ ކަމަށް ބައެއް މީހުން ކޮމެންޓުގައި ބުނެފައިވެއެވެ. އަދި އެއްބަޔަކަށް މިއީ ގަބޫލު ކުރަން ދަތި ކަމަށްވި އިރު އަނެއް ބަޔަކު ވަނީ އެތައް ފަހަރަކު މި ވީޑިއޯ ބަލައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު