ރާއްޖޭގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ތަރިންނާމެެދު ބައެއް މީހުން ރަނގަޅު ނޫން ކޮށް ދެެކެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ބައެއް ތަރިންނާއި ގުޅޭގޮތުން އަޑު އިވިގެން ދަނީ އަދި ގޮސްފައި ވަނީ ފިތްކަނޑައިގެން ދާ ވަރުގެ ވާހަކަތަކެވެ. އެހެން ނަމަވެސް މިކަމުގައި މުޅި ފިލްމީ ދާއިރާ ބަދުނާމު ކުރެވޭކަށް އެއްވެސް ވަރަކަށް ނެތެވެ. ދާއިރާގައި އެތައް އަހަރެއް ވެފައިވާ، ދާއިރާގައި އެންމެ ތަޖުރިބާކާރު ތަރިންގެ ތެރޭގައި މީހުން ބަލައިގަންނަ ގަދަރު ކުރާ ތަރިން އެބަ ތިއްބެވެ.

ނަމަވެސް މިއަހަރު ތެރޭގައި ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ ދެ ތަރިއެއްގެ ބެބުޅުން ގެއްލި، އޮއްސިއްޖެ އެވެ. މި އަހަރު ތެރޭގައި އެންމެ ފުރަތަމަ ފެންމަތިވެގެން ދިޔައީ 2014 ގައި ގެނެސްދިން ފިލްމު "އަނިޔާ" އިން ފިލްމީ ދާއިރާއަށް ނުކުތް ޖުމައްޔިލް ނިމާލް އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެވެ. އެ މައްސަލަ ހޫނުވެ، އޭނާއާއެކު ފިލްމް އިންޑަސްޓްރީގެ އެތައް ކުންފުންޏަކުން ފެށި މަސައްކަތް ނިމުމަށް އައެެވެ. ދެން ވީވެސް އެހެންނެވެ. ކުރިއަށް އޮތްތަނުގައިވެސް ވާނީ ހަމަ މިހެންނެވެ.

ދިވެހި ފިލްމް ބޮސް އިން އާއްމުންގެ ބޮޑު މަގްބޫލުކަމެއް ހޯދި، މުހައްމަދު ޔުނާންއަށްވެސް ވެގެން ދާނީ ހަމަ މިހެން ތާއެވެ. ކުޑަކުދިންތަކަށް ޖިންސީ ގޯނާކޮށް، އެ ކުދިންނާއި ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ ޔުނާން މިހާރު ހުރީ ޖަލުގައެވެ. އޭނާގެ މައްޗަށް ޖިންސީ ކަންކަމާއި ގުޅުން ހުރި ނުވަ ދައުވާއެއް އުފަލާފައި ވެއެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަންނާނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

އެހެނަސް ފޮޓޯ ޝޫޓްގެ ތެރެއިން ޔުނާން

ޖުމައްޔިލް ހަނު، ބެބުޅުން ގެއްލި މިހާރު ކޮބާ؟

ޖުމައްޔިލްގެ މައްޗަށް ތުހުމަތު ކުރެވުނީ އޭނާގެ ދެބައިންގެ ދެ ދަރި އަންހެން ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ މައްސަލައެވެ. ޒަހޫ ނަމަކަށް ކިޔާ އެ ޒުވާނާ ވަނީ ޓްވިޓާ މެދުވެރިކޮށް ކަން ހިނގާދިޔަ ގޮތް ކިޔާދީފައެވެ. މިއާއެކު އެތައް ބައެއްގެ ހުޅުފަޅައިގެން ދިޔަ އެވެ. ޖުމައްޔިލް އެކަމާއި ހުރީ ހަނު އެވެ. އެ މައްސަލައިގެ ހުޅު ފަޅައިގެން ގޮސް ޒަހޫއަށް އިންސާފު ހޯދައިދޭން ގިނަބަޔަކު ގޮވަން ފެށިއެވެ.

https://twitter.com/xahhuu/status/1278631822268612608?ref_src=twsrc%5Etfw

އަދި މީގެ އިތުރުން، އިތުރު ބައެއް މީހުން ވަނީ ޖުމައްޔިލްގެ ފަރާތުން ހުތުރު މެސެޖްތަކާއި ފޮޓޯތައް މީސް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ލިބިފައިވާ ކަމަށް ބުނެފައެވެ.

އޭނާގެ މައްޗަށް ކުރެވޭ އެ ތުހުމަތުތަކާއެކު ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ތަރިންގެ އަގު ވެއްޓުނެވެ.

އޭނާއާއެކު މަސައްކަތް ކުރަން ގިނަ ތަރިން ޖެހިލުން ވާނެއެވެ. އެ މީހުންގެވެސް އަގު ވެއްޓިދާނެ ކަމުގެ ބިރަަށްޓަކައެވެ.

ޖުމައްޔިލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއެކު އޭނާ ދާއިރާއިން މަޝްހޫރުވާން ފެށި ޑާކްރެއިން އިން އޭނާއާކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ. އަދި އައިފިލްމްސްއިން ވަނީ އޭނާއާއެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ޑާކްރެއިންގެ ބަޔާން:

ޖުމައްޔިލް އާ ގުޅިގެން ކޮށްފައިވާ ނުހަނު ކަންބޮޑުވާންޖެހޭ ތުހުތަމަތުތައް މި ކުންފުންޏަށްވެސް އެނގިފައިވަނީ، މި ތުހުމަތުތައް ސޯޝަލް މީޑިއާގައި އާންމުވީ ހިސާބުން.

އެ ކުންފުނިން ޖުމައްޔިލްއާއެކު އެންމެ ފަހުން ތައްޔާރުކުރި ފިލްމްގެ ހުރިހާ މަސައްކަތެއް ނިމި، ކުރިން މިއަހަރު ޖުލައިގައި އަޅުވަން ތައްޔާރުވި.

ޖުމައްޔިލްއާމެދު ރޭޕްގެ ތުހުމަތު ކުރެވުމާ ހަމައިން ޖުމައްޔިލާއެކު، މިހާރު ކުރުމަށް ހަމަޖެހިފައިވާ އެންމެހާ މަސައްކަތްތަކުން އޭނާ ވަކިކޮށްފިން.

އަބަދުވެސް ޖިންސީ އަނިޔާއާއި، ރޭޕް ގެ އެއްވެސް އަމަލެއް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއްވެސް ގަބޫލުނުކުރާނަން.

https://twitter.com/DarkRainEnt/status/1279007950548295680

ވީވެސް އެހެންނެވެ. އެ ސްޓޫޑިއޯއިން ފަހުން ތައްޔާރުކުރަން ނިންމި ފިލްމްތަކުން ޖުމައްޔިލް ވަކިކޮށް އާ ތަރިން ނެގިއެވެ. އެގޮތުން ޑާކްރެއިންގެ ބަޅިނދުން އޭނާ ވަނީ ވަކިކޮށްފައެވެ. ބަޅިނދުން ޖުމައްޔިލް ވަކިކޮށް ބަދަލުގައި ނަގާފައި ވަނީ އަލީ އާޒިމެވެ.

އެކަމަކު އެ ސްޓޫޑިއޯއިން ތައްޔާރުކޮށް އެއްކޮށް މަސައްކަތް ނިންމާފައިވާ ނޮވެމްބާގައި ޖުމައްޔިލް ފެނިގެންދާއިރު، އެ ފިލްމަށް ވާނެ ގޮތެއް ނޭނގެ އެވެ.

ޑާކްރެއިން ފިލްމް "ނޮވެމްބަރު"ގެ ޕޯސްޓެއް

އައިފިލްމްސްގެ ބަޔާން:

އެ ސްޓޫޑިއޯއިން މަސައްކަތް ކުރަމުންދާ އެ ފިލްމާއި ކުރިއަށް ޖުމައްޔިލްއާއެކު މަސައްކަތް ކުރަން ނިންމާފައި ހުރި ފިލްމްތަކުން ދެން އޭނާއަށް ފުުރުސަތު ނޯންނާނެ.

ނީނާ ނެރޭނީ ހުރިހާ ގޮތަކުންވެސް ބެލުމަށްފަހުގައި ކަމަށް އެ މީހުން ބުނި.

އެ މީހުންނަކީ އަބަދުވެސް ޖިންސީ ގޯނާއާއި ހާނިއްކަ އަދި ޖިންސީ ފުރައްސާރަ ކުރުމާ ދެކޮޅު ހަދާ ބައެއް.

ނީނާ ނެރޭނީ ހުރިހާ ގޮތަކަށް ބަލާފައި ކަމަށް ޓީމުން ބުނާއިރު، ބެލެވޭ ގޮތުން އެ ފިލްމު ގެނެސްދޭނީ އޭނާގެ މަންޒަރުތައް އުނިކޮށްފައެވެ.

ޖުމައްޔިލްގެ ތަރި އޮއްސިގެން ދިޔައިރު، އޭނާ މިކަމާއި އެއްޗެއް ހާމައެއް ނުކުރެއެވެ. އެއްވެސް ވާހަކައެއްވެސް ނުދައްކައެވެ. އޭނާ މިހާރު ކޮބައިކަމެއް ކުރަނީ ކޮން މަސައްކަތެއް ކަން އެނގޭކަން ނެތެވެ. އެއީ 2016 ވަނަ އަހަރު ހިނގާދިޔަ މައްސަލައެއް ނަމަވެސް، އެކަން އެތައް އަހަރެއް ވަންދެން ބޮޑު ސިއްރެއްގައި އޮތީ އޭނާގެ ބައްޕަ ނިމާލްގެ ނުފޫޒުގަަދަ ކަމުން ކަމުގެ ތުހުމަތު ކުރެވުނެވެ. އަދި މައްސަލަ ޕީޖީ ތެރެއިން އޮއްބާލި ކަމަށްވެސް ވާހަކަދެކެވުނެވެ.

ކޮންމެ މީހަކު ކުރިޔަސް ގޯސް ކަންތައް ގޯސް!

އާ އެކެވެ. ކޮންމެ މީހަކު ގޯސް ކަމެއް ކުރިޔަސް ގޯސްވާނެއެވެ. ގޯސް ކަންކަމަކީ ރަނގަޅު ކަންކަން ނޫންތާއެވެ. އެފަދަ ބޮޑެތި ކަންކަން ރަނގަޅުވެސް ނުކުރެވެނެ ތާ އެވެ. ދުނިޔެ ބަލައިގަންނަން ޖެހޭ ހަގީގަތަކީ ބޮޑެތި ތުުހުމަތުތައް ކުރެވޭ މީހުންގެ ގަދަރު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމެވެ. ހާއްސަކޮށް ޖިންސީ ގޯނާގެ މައްސަލަތަތަކީ މީހުން އެހާމެ ނަފްރަތު ކުރާ ފަދަ މައްސަލަތަކެވެ.

ޖުމައްޔިލް

ތަރިންތަކެއްގެ މައްޗަށް މިފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވިގެންދިޔައިރު، ޔުނާންގެ ހުނަރު ފެނި އޭނާ ދާއިރާއަށް ނެރެން އެންމެ ބޮޑު މަސައްކަތެއް ކުރި ބަތަލާ ރިޝްމީ ރަމީޒު މި ވަނީ، އެކަން ވެގެން ދިޔައީ ބޮޑު ޑިސްއެޕޮއިންޓްމެންޓަކަށް ކަން ފާހަގަކޮށްފައެވެ.

އިންސްޓަގްރާމްގައި ކުރިއަށްގެންދިޔަ "އާސްކް/ޓެލް" ޗެލެންޖްގައި ރިޝްމީގެ ފޭނުން ޔުނާން އާއި އޭނާގެ އަނބިމީހާ ރިހުލާއާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ރިޝްމީ ބުނެފައި ވަނީ، ޔުނާން އާއި ރިހުލާ ފެނިގެން ދިޔަ އެހެނަސް މިހާރު އެއްކޮށް ނެރެފައިވާއިރު، އެ ސީރީޒް އިން އެ ދެ މީހުންގެ ސީން ނުކަނޑާނެ ކަަމަށާއި، ނަމަވެސް ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގައި އެ މީހުންނާއެކު މަސައްކަތް ނުކުރާނެ ކަމަަށެވެ.

އެހެނަސް އަކީ ޖިންސީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމަށް ހެދި ސީރީސް އެކެވެ. އެ ސީރީސްއާ ގުޅޭގޮތުން ކުރި ސުވާލަށްވެސް ރިޝްމީ ޖަވާބު ދީފައި ވެއެވެ. "އެއީ އެ ސީރީސްގެ އެންމެ މުހިންމު ބޭނުން ނަަމަވެސް، ވިސްނަން ބޭނުން ވާ މީހުން ވިސްނާނެ. ކަންތައްތައް ރަނގަޅު ކުރަން ބޭނުން ވާ މީހުން ކަންތައްތައް ރަނގަޅު ކުރާނީ"، ރިޝްމީ ލިޔެފައި ވެއެވެ.

މީގެ އިތުރުން، ޔުނާން އާއި ރިހުލާގެ ކޭސްއާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން ރިޝްމީ ވަނީ ކޮންމެ މީހަކު ކުރިޔަސް ގޯސް ކަންތައް ހަމަ ގޯސް ކަމަށާއި، ކުރިން އެކަން އެނގުނު ނަމަ ރިޝްމީމެންގެ ޕްރޮޖެކްޓްތަކުގައި ބައިވެރި ނުކުރާނެ ކަމަށް ބުނެފައެވެ.

މީގެ ކުރިން ޔުނާން އާއި ރިހުލާއާ ގުޅޭގޮތުން މިފަދަ މައްސަލަތަކެއް ފެންމަތިވެފައެއް ނުވެއެވެ. ޔުނާން މަޝްހޫރުކަން ހޯދަމުން އައިއިރު، އެ ވާހަކަ އޮތީ ސިއްރެއްގެ ގޮތުގައެވެ. ނަމަވެސް އެކަމަކީ 2019 ވަނަ އަހަރުން ފެށިގެން ހިނގާ ކަމެއްގެ ގޮތުގައި ޕްރޮސެކިރުޓަރ ޖެނެރަލް އޮފީހުން ބުނެފައި ވެއެވެ.

ޖުމައްޔިލްް އާ ގުޅޭ މައްސަލައަށް ބަލާއިރު، އޭނަގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް މީގެ ކުރިން ޑާކްރެއިންއަށް އެނގޭ ޒަހޫ ބުނެފައި ވެއެވެ.

ޒަހޫ ބުނަނީ ކުރިންވެސް ޖުމައްޔިލްގެ ރޭޕްގެ ކަންތައް ޑާކްރެއިންގެ ސަމާލުކަމަށް އައި ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ރޯލްތައް ކުޅެން ދިނީ ކަމަށް އޭނާ ބުނެފައި ވެއެވެ.

https://twitter.com/xahhuu/status/1279042629397647362?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1279042629397647362%7Ctwgr%5Eshare_3&ref_url=https%3A%2F%2Fvaguthu.mv%2Fevaguthu%2F390812

ޖުމައްޔިލްގެ އިތުރު މައްސަލަތަކެއް.

2018 ވަނަ އަހަރު ތެރޭގައި ޖުމައްޔިލް މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާވެސް އުފުލިއެވެ. ޖުމައްޔިލްގެ މައްޗަށް މި ދަޢުވާކުރީ، ބަނގުރަލުގެ މައްސަލައެއްގައި އޭނާ އާއި އިތުރު ބަޔަކު ހައްޔަރުކުރުމަށް ފަހު ފުލުހުން ޖުމައްޔިލްގެ ފޯނާއި ޓެބްލެޓް ޗެކުކުރިއިރު އޮރިޔާންކާޑް ފެނިފައިވާތީ ކަމަށް ބުނެއެވެ.

ރާއްޖޭގެ މަޝްހޫރު ފިލްމީ ބަތަލް ޖުމައްޔިލް

ޖުމައްޔިލް އާ ގުޅޭގޮތުން ތުހުމަތު ކުރެވުނު މި މައްސަލަ އޮބުނީ ހެއްޔެވެ؟. މިއީވެސް ގިނަބަޔަކު ކުރަމުންދާ ސުވާލެކެވެ.

ޔުނާންގެ ފިލްމީ ހަޔާތް ބަނަ އަދިރީގެ ތެރެއަށް، މައާފެއް ނެތް!

އެތައް ބައެއްގެ ގަދަރާއި ލޯބި ލިބެން ފެށި ޔުނާން މިހާރު ޖަލުގައި އޮތްއިރު، އޭނާގެ ތަރި އޮއްސިއްޖެއެވެ. ދިވެހިން އޭނާއަށް މައާފެއް ނުކުރާނެއެވެ. އާއިލާ ދެ ކުދިންނާއި އޭނާ ޖިންސީ ގުޅުން ހިންގާފައިވާކަމުގެ ތުހުމަތު ކުރެވޭއިރު، އޭނާގެ އަންހެނުން ރިހުލާގެ މައްޗަށްވެސް އެ ތުހުމަތު ކުރެެވެއެވެ. 18 އަހަރު ނުފުރޭ ކުޑަ ދެ ފިރިހެން ކުދިންނާއެކު 2019 ވަނަ އަހަރުން ފެށިގެން ޖިންސީ ގުޅުން ހިންގާ ކަން ހާމަވެގެން ވަނީ ގޮސްފައެވެ.

ޔުނާންގެ މައްޗަށް ކުރާ ނުވަ ދައުވާއެއް ކުރެވެއެވެ. އެ ދައުވާތަކުގެ ތެރެއިން އެންމެ ބޮޑު އަދަބެއް ކަނޑައެޅިފައި އޮތް ދައުވާއަކީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެންމެ ބޮޑު އަދަބެވެ. އެއީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެވެ. މި ހުކުމަށް އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް ކިޔައެވެ. މި ދައުވާއިން އޭނާއަށް އެ ކުރެވޭ ތުހުމަތަކީ އާއިލާގެ ފިރިހެން ކުދިންތަކެއް ލައްވައި އެއް ޖިންސުން ޔުނާން ގުޅުން ހިންގުމެވެ.

ޔުނާން އާއި އަންހެނުން ރިހުލާއާއެކު

ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުއްޖާއަށް ދެއްކުމާއި، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލު ހިންގެވުމާއި، އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ ނިޔަތުގައި ޖިންސީ އަމަލު ހިންގުމާއި ކުޑަކުއްޖާއާއެކީ އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ގެންގުޅުން ފަދަ ބޮޑެތި ތުހުމަތުތައް ޔުނާންގެ މައްޗަށް ކުރާ ނުވަ ދައުވާއިން ފެންމަތިވެފައިވެއެވެ.

މަދު ބައެއްގެ ސަބަބުން ދާއިރާގެ ނަމަށް ހުތުރު އަރައިފިތާއެވެ. އެހެން ނަމަވެސް އެފަދަ ކަމަކުން މުޅި ދާއިރާގެ ކުރިއެރުމަށް ނިމުމަކަށް ގެނެވިގެން ނުވާނެއެވެ. ހުނަރު ހުރި އިތުރު މީހުންނަށް ފުރުސަތު ދީ ކުރިއަށް ދާންވީ އެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ކިޔުންތެރިޔެއް

    އެހެނަސް ކުޅެފައި އަލަށްވެސް އަމިއްލަ ދިރިއުޅުމުގައި އެކަން ޕްރެޓިސް ކޮއްލީ ޔުނާން.. އެހެނަސް އިން ދިން މެސެޖް މުޖުތަމައުއިން ރަނގަޅަށްވެސް ފެނިއްޖެ.... ފުރަތަމަ ފިލްމުގެ ސްޓާރުން... ދެން ކޮންބައެއްބާ...

    74
    2
  2. Anonymous

    އަނެއްކާ އޭނާ (ރިހުލާ) ދަރީގެ ޑީއެންއޭ ޗެކް ނުކުރޭތަ ޕޮލިހުން.... ކާކުގެ ދަރިއެއްތޯވެސް ބަލަންވާނެ ނޫންތަ!

    95
    3
  3. ޝާމް

    ކޯޓަށް ހެކި ހުށައެޅިޔަސް އަދިވެސް މިނިވަންކަންމަތީ އެބައުޅޭ ކުޑަކުދިންނާއި ބެހިފައިތިބި ބަޔަކު. ގާޒީންތަކެއް މިކަމުގެ ޒިންމާ ނަގަންޖެހޭ.

    64
    3
  4. އަލީ

    ޖުމައްޔިލް އާއި ޔުނާނު ތީ އެއްކަހަލަ ދެމީހުން. ތި ދެމީހުން ދެމީހުންނަށްވެސް މަ އަޑު އެހިން....................

    55
    4
  5. އެމަންޖެ

    ފިލުމީ ދާއިރާގެ ގިނަ ތަރިންނޭ ތިޔަކިޔާ މީހުންނަކީ ހަމަ ތިޔަކަހަލަ އަމަލު ކުރަމުން އަންނަ މީހުން.

    79
    3
  6. އުދަރެސް

    ރިޝްމީ އަށް ރެސްޕެކްޓް ❤️ މިވަގުތު ފިލްމީ ދާއިރާގަ ހުރި އެންމެ ކުޅަދާނަ އަދި ހޭލުންތެރި އެކަކު
    އެކަމަކު އައްޒަ ވަރަށް ފޭކް، ސޭ ނޯ ޓު ރޭޕް އޯ ކިޔާ ބޯޑެއް ހިފައިގެން ހުރެވެސް އަދިވެސް އިންސްޓަގްރާމްގަ ޖުމައްޔިލު ފޮލޯ ކުރޭ.

    77
    24
    • އ . ޖ . އ

      ރިޝްމީގެ މަންޒަރުތައް މާ ތާހިރުތަ؟؟

      20
      4
      • އަސްލު

        އެ ޑްރާމާގައި ވާހަކަ ދެއްކުންތައް ވަރަށް ރީތިތޯ ފުރަތަމަ ސުވާލު ކޮށްލަން ބޭނުން؟

        6
        3
        • ހަހަ

          އެއީ ރިޝްމީ ކުޅުން ކެރެކްޓަރ އެކޭ 😂
          ދެން އެހާ ތާހިރު ނޫން އެއްޗެއް ބެލީ ކީއްކުރަން. ބެލީމަ ދޯ ވާހަކަ ދެއްކި ގޮތާ އެއްޗެހި އިނގޭނީ😂

          8
          4
      • ރަވާ

        ރިޝްމީ ކުޅުނީ ފިލްމެއްގެ މަންޒަރެއް އެއީ ހަޤީގަތެއްވެސް ނޫން. ރިޝްމީ އެއް ނޫން ދޯ ހައްޔަރުކޮށްގެން މިއުޅެނީކީ ޕަކާސް

        9
        6
    • ހޫން

      ތިޔަ ފިލްމީ ދާއިރާގެ އެއްވެސް މީހަކަށް ރެސްޕެކްޓެއްނެތް. ހަރާމް ކަންކަން ކުރަމުން ދުވާ ބައެއް

      20
      4
  7. އަޙްމަދް

    މިއީ އޭ ޤައުމުގެ ފައްނާނުންގެ ހާލަކީ އޭ!!!!!!!!!

    58
    4
  8. ސަމާލު

    ޖުމައްޔިލުގެ މައްސަލަ އަށް ކުރިއެރުމެއް ނާންނަނީ ކީއްވެ؟ ފިލްމީ ދާއިރާއިން ބޭރު ކުރީމަ ނިމުނީތަ؟ ޑާކްރެއިން އެންޓަޓެއިންމަންޓަށް މާކުރިންވެސް އެނގޭ ޖުމައްޔިލުގެ ފޯނާ ޕާސްޕޯޓު ހިފެހެއްޓިކަން މައްސަލައެއްގަ އެކަމަކު އެމީހުން އޭގެފަހުންވެސް 2،3 ފިލްމު ކުޅެފި އޭނައާއަކު، ދެން ދާދިފަހުން ހަބަރު އަައިފަހުން ބުނަނީ ޑާކްރެއިންއިން ބޭރުކޮށްފީމޭ. އެހެންވީމަ ފިލްމީތަރިން ކުށްކުރިޔަސް ވަރިހަމަ އޯޑިއަންސަށް ނޭނގެންޏާ .. އެހެންނުން ؟؟؟

    58
    3
  9. Anonymous

    ދިވެހިންގެ ތެރޭގަ އަނބިމީހާ ބޮރޯކޮށްގެން މިކަހަލަ އަމަލުތައް ކުރުން މަދެއް ނުވާނެ ހެން ހީވަނީ.މިކަހަލަ ކަންތައްތައާ ކުރުމަށް އަނބިމީހާ ދީގެން ތިބޭނީ ދައްޔޫތުންކަމަށް ދީނީ ފަތްފުށްތައް ބުނަނީ

    34
    2
    • މޯލްޑިވިޔަން

      ތިބާ އޭގެ މީހެއްތޯ

      5
      1
  10. ހައްވަ

    ޜިޝްމީ ގެ ފިލްމްތައް ބޮއިކޮޓް ކުރަން ގޮވާލަން

    47
    21
  11. އަޒޫ

    ޜިޝްމީގެ ހުރިހާ ފިލްމަކީ ބަދު އަޚުލާގީ ކަންތަކަށް ހިއްވަރުދޭ ފިލްމް. ޢެހާ ވިޔާނުދާ އުޅުން . ޅަދުގަނޭ މީނައަކީ ދިވެއްސަކަށް ވީތީ

    82
    9
    • ޒެއްލު

      ބަދު އަހުލާގީ އަމަލު އެއީ އަހަރެމެންގެ ސޮސައިޓީގަ ހިނގާ ކަމެއް، ރިޝްމީގެ ފިލްމުތަކުގެ ދައްކުވައިދެނީ އެފަދަ އަމަލު ހިންގާ މީހުންނާ މެދު އަމަލު ކުރަން ޖެހޭ ގޮތް. މައްސަލައަކަށް ވަންޏާ ނުބެލީމަ ވީނުން 🙂 ޔޫއްޕެމެންގެ ނޯޓީ ފޯޓީ / ފޯޓީ ޕްލަސް ވަރަށް ތާހިރު ފިލްމުތަކެއް ދޯ؟ ޒިނޭގެ ވާހަކައިން ފުރިފަ

      20
      11
  12. ޢަދުރޭ

    ރަލާއި ބެހޭގޮތުން ކީރިތި ޤުރްއާން ގައި އަންގަވާފައިވެއެވެ. انه كان فاحسة وساء سبيلا . ޔައުނީ އެއީ ހުތުރުކަންބޮޑު ފާޙިޝް އެއްޗެއް ކަމުގައިވާކަން ކަށަވަރެވެ. އަދި އެއީ އެމަގުން ހިނގުމަށް ނުބައިވެގެންވާ މަގެއްކަން ކަށަވަރެވެ.) ދަންނައެވެ. އެއްޖިންސުން ގުޅުން ހިންގުމާއި ( ތްރީސަމް ހެދުން ) ނުވަތަ އަނބިފިރިކަމުގެ ގުޅުން ހިނގުމަށް ތިންވަނަ ފަރާތެއް ބައިވެރިކުރުމާއި ގާތްތިމާގެ މީހުންނާ ޖިންސީ ގުޅުން ހިންގުމާއި މިކަންކަން ފެށިގެން އަންނަނީ ރާބުއިމަށްފަހު އިތުރަށް މަޖާވުމަށް ބޭނުންވާ ބޭނުންވުމުގެ ތެރޭންނެވެ. އެހެންކަމުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ.. ރާފޮދު ހިއްޕަވާ ބޭފުޅުން މިކަހަލަ ކަމެއްގެތެެެރެއަށް ނުވަދެވެނީސް އަވަހަށް އެކަމުން ދުރުވެ ވަޑައިގަންނަވާށެވެ.

    21
    3
  13. އ . ޖ . އ

    ކުރިން ވެސް އެނގޭ... ބަޔަކު ފޮރުވީ ލައިކް ނިހާން ގޯތި ކުދިން ޖަލަށް ލާފާނެތީ

    9
    2
  14. އަހުމަދު !!!

    ޖު މައްޔިލް ގެ ވާހަކަ ދަަައްކާ އިރު ހަގީގަތް ބަލަ މާ ދޯ .
    ޖު މައްޔިލް ކުށް ކުރި ކަން އަދި ވެސް ސާބިތު ނުވޭ.
    އެހެން ވީ މަ ނޫސް ލިޔަން ވާނީ ހެެއްކި ލިބުނީ މަ އަދި ސާބިތު ވީ މަ. މީހަކު ބުނީ އަހަރެން މީހެއް މަރާ ލީޔޭ ..ދެން ވާނުވާ ނުބަލާ ހަބަރު ލިޔުނީ މަ ނި މުނީ ދޯ.!!!!!
    ޖު މައްޔިލް ގެ އާއިލާ ގެ ތެރޭ ގެ މައްސަލަގެ ވާހަކަ ނޫހުގަ ލިޔު މުގެ ސަބަބުން ޖު މައްޔިލް ކެރިއަރ މިހާރު ފުޑު ފުޑު ވެއްޖެ!!!
    ޖު މައްޔިލް ހަނު ހުރީ ފެ މެލީ ކަ މަށް ވާތީ ވެ.
    ގަބޫލު ކުރަން ވަރަށް ދަތިވާނެ ކަން އިނގޭ.
    އަހަރެން ޖު މައްޔިލް ދެއްކެ ލަކެ ނުވަން ނަ މަވެސް ޖު މައްޔިލް ގެ ކޮއްކޮ ވާހަކަ ގަބޫލު ކުރަން ވަރަށް ދަތި ފޭކު ކަ މުން. ޖު މައްޔިލް ކޮއްކޮ ބޭނުންވީ ޖު މައްޔިލް އާ މެރީ ކުރަން. އެކަން ނުވީ މަ ބަދުނާ މު ކުރީ ޖު މައްޔިލް ކެރިއަރ ހަލާކު ކުރަން. ކީއްވެތަ މިހާރު ވެސް ސާބިތު ނުވަނީ..އެއީ ޖު މައްޔިލް ކުށް ނުކުރާތީވެ.!!! ޖު މައްޔިލް މީ ފިލު މީ ތަރި އެއް އެހެން ވިޔާ ކާ މިޔާބު ވާނެ..އަލީ ރަ މީޖު ގޮތަށް.!!!
    ޖު މައްޔިލް ފިލު މު ތަކުން ދުރު ކުރަން ވާނީ ކޯޓުން ސާބިތު ވީ މަ.! މިއީ އަހަރެންގެ ހިޔާލު ވަކި މީހަކަ ހާއްސަ ކޮށް ބުނި ވާހަކަ ނޫ މީއީ!!! ދިވެހި ރާއްޖޭ ގަ ފިލު މު ކުޅޭ މީހުންގެ ރަގަޅު ވާހަކަ ދައްކާ މީހުން މޮޔަ ވާނެ ހަ މަށް!!

    13
    18
    • އާޝާ

      ނިމާލު މައިތިރިވެބަލަ 😂😂 ކުށް ނުކުރާ ކަމެއްވެސް ސާބިތެއް ނުވޭ . އަމިއްލަ ދަރި ދޮންފުތުވާނެ އަބަދުވެސް...... ރޭޕް ގެ ކުށް ސާބިތުނުވިޔަސް ޖުމައްޔިލުގެ ބަރަހަނާ ފޮޓާތައް ވަނީ ލީކުވެފަ އޭގެންވެސް ކޮންކަހަލަ މީހެއްކަން އެނގޭ

      13
      4
  15. މަރިޔަމް ސިފާ

    ކަލޭމެންނާ ނުބެހޭ ކަމެއް ވެސް ނޯވޭ ދޯ...

    10
    4
  16. އައިޝާ

    ޢެހެނަސް އަކީ މިކަމަށް ހިއްވަރު ދޭ ޑްރާމާ އެއް

    12
    4
  17. ޔާސިރު އ

    މީހުން ހޭލުންތެރި ކުރުވާށޭ ކިޔާފަ ފާހިޝް މަންޒަރުތަކާ އަޑުތައް ފަތުރާ ބަޔެއް ތި ފިލްމީ މީޙުންނަކީ، ބުއްދިން ވެސް އެނގޭ އެކަންތައް ހައްތަހާ ފެތުރޭނީ ކަން، ދީނީ ގޮތުން ހަރާމް ކަންތައް،
    ހަރާމް ލާރި ކާން ހޯދާ ބައެއް

    12