މިއީ ހދ.ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުވާނެކެވެ. މޭކަޕްގެ ދާއިރާގައި ހުނަރުވެރިއެކެވެ. މިިހާރު އެލައިޑް އިންސުރެންސްގެ ކުޅުދުއްފުށީ ބްރާންޗްގައި މަސައްކަތް ކުރަމުން އަންނަ މި ޒުވާނާއަކީ ސުމައްޔާ އިބްރާހިމްއެވެ.

ސުމައްޔާ މޭކަޕްގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަތާ ހަތް އަހަރުވެއްްޖެއެވެ. ނަމަވެސް ވިޔަފާރިއެއްގެ ގޮތަށް މޭކަޕްކޮށް އުޅޭތާ ވީ އަދި ދެތިން އަހަރު ކަމަށް ސުމައްޔާ ބުންޏެވެ.

ކުރިން މޭކަޕްކޮށްދީ އުޅެނީ ރައްޓެހިންނާއި އާއިލާއަށް

"އަސްލު މިހާރު މިކަންކުރާތާ ވަރަށް ދުވަސް ވެއްޖެ. ހަތް ވަރަކަށް އަހަރު ވެދާނެ ކަންނޭގެ. އެކަމަކު ބިޒްނަސްއެއް ގޮތަށް މިކަން ކުރާތާ އަދި މިވީ ތިން ވަރަކަށް އަހަރު. ކުރިން ކުރަނީ ފްރެންޑްސް އާއި ފެމަލީ މީހުންގެ މޭކަޕް. މިހާރު ދެން ހަމަ ބިޒްނަސް ގޮތަށް މި އުޅެނީ ފަށައިގެން"

ސުމީގެ މޭކަޕެއް

ރައްޓެހިންނާއި އާއިލާ މީހުންގެ މޭކަޕް ކުރަން ފެށުމުން ގިނަ ބަޔަކަށް ކަމުދިޔައީ

"އަބަދުވެސް ކުޑަކުޑައިރުވެސް ހުރޭ އިންޓްރެސްޓް. ދެން ހަމަ މޭކަޕް އެއްޗެހީ ބޭނުންވާނީވެސް ގިފްޓަކަށްވެސް. ދެން އެކަމަކު އެހާބޮޑަކަށް ނުއެއް ލިބޭ ދޯ. ދެން އަމިއްލައަށް މި މޭކަޕް އެއްެޗެހި ލިބެން ފެށީމަ ފްރެންޑްސް އެންޑް ފެމަލީގެ ސްޕެޝަލް ފަންކްޝަންތަކަށް ކުރަމުން ގޮސް. އޭތި މީހުންނަށް ކަމުދާން ފެށީމަ ބޭނުންވީ ކުރަން"

ސުމީގެ މޭކަޕެއް

ބޭނުންވަނީ ހަމަ މޭކަޕް ކުރަން

"ކުޑައިރުން ފެށިގެންވެސް ބޭނުންވަނީ މިކަންތައް ކުރަން. އެކަމު އަދި މިކަން ކުރެވެނީ ޕާޓްޓައިމް ގޮތަށް. އެހެން ޖޮބެއްގައި އުޅެމުން މި ކުރަނީ މިކަންތައް. ވަގުތު ވާވަރަކުން ކްލައިންޓްސް ނަގައިގެން. ވަޒީފާއަށް ބުރަ ނުވާ ގޮތަށް މި ކުރަމުން ދަނީ. ވެޑިންތަކާއި އެއްޗެއްސަށް"

ސުމީގެ މޭކަޕެއް

އެންމެ ބޮޑަށް ލިބެނީ އާއިލާ އާއި ރައްޓެހިންގެ ސަޕޯޓް

"ޢަސްލު ފެމެލީ އެންޑް ފްރެންޑްސްގެ ހިތްވަރުން މިކަން ކުރިއަށްގެންދެވެނީ. އަސްލު ހުރިހާ ކަމެއްގައިވެސް ހެލްޕްކޮށްދޭން ހުރޭ ފެމަލީ މީހުން. އެހެންވެ އަސްލު ބިޒްނަސްއެއް ގޮތަށްވެސް މިކަމައިގެން ކުރިއަށްދެވެނީވެސް"

ސުމީގެ މޭކަޕެއް

މޭކަޕް ދަސްކޮށްފައި ހުންނާނީ އިންޓަނެޓުން

މޭކަޕް ދަސްކޮށްފައި ހުންނާނީ އިންޓަނޭޓް ތްރޫކޮށް. ރީތި މޭކަޕް އާޓިސްޓެއްގެ އެއްޗެއް ވިއްޔާ ބަލާ ހަދަން"

އާއްމުކޮށް ކުރަނީ ބްރައިޑްސް

"އާއްމުކޮށް ކުރަނީ ބްރައިޑްސް އާއި ބްރައިޑްސް މެއިޑް. އެންމެ ގިނަވާނީވެސް ބްރައިޑުންގެ މޭކަޕް. ތަފާތު މޭކަޕްތައް ކުރަން ލިބިއްޖެޔާ ކުރާނަން

ސުމީގެ މޭކަޕެއް

އަސްލު ޕްރޮޑަކްޓްސް ހޯދަން އުނދަގޫ

"އަސްލު ޕްރޮޑަކްޓްސް ހޯދަން ވަރަށް އުނދަގޫދޯ ރަށުން. ހަމަ އެއްގޮތަކަށްވެސް. މާލެއިން ދޯ މި ޖެހެނީ އެއްޗެހި ގަންނަން. އެކަން ކުރަންވެސް މި ޖެހެނީ މާލެ ދާން"

މި ދާއިރާއިން ދެވެން އޮތް ކުރިއަކަށް ދާން ބޭނުން

"މި ދާއިރާއިން އަސްލު ހަމަ ބޭނުންވަނީ އެނގިފައި ހުރި ވަރަށް ވުރެ ބޮޑަށް އެނގި. މި ދާއިރާއިން ދެވެން އޮތް ކުރިއަކަށް ގޮސް އެހެން ކުދިންނަށްވެސް މި އެެއްޗެހި ދަސްކޮށްދޭން ވަަރަށް ބޭނުންވޭ ރަށުގައި ތިބި ޒުވާން ކުދިންނަށް. މިހާރުވެސް ވަރަށް ބޭނުންވާ ކްލާސް އެއްޗެހި ނަގައިދޭންވެސް"

ސުމީގެ މޭކަޕެއް

ވަރަށް ގިނަ ބައެއްގެ ޕޮޒިޓިވް ފީޑްބެކްއިން ކުރިއަށްދަނީ

"އަބަދުވެސް ކޮންމެ ބްރައިޑެއްގެ ފަރާތުންވެސް ލިބޭ ޕޮޒިޓިވް ކޮމެންޓްތައް އިވިފައި ވަރަށް އުފާވޭ. އަދި މިވީހާ ތަނަކަށް އެއްވެސް ކަހަލަ ނެގަޓިވް ފީޑްބެކެއް ނުލިބޭ. ދެން ހަމަ ވަރަށް ގިނަ ބައެއްގެ ޕޮޒިޓިވް ފީޑްބެކް ލިބިގެން އަސްލު މި ކުރިއަށްދަނީ"

މިއީ ކުރަން އިންޓްރެސްޓް ހުރެއްޖެޔާ ރަނގަޅު ވަޒީފާއެއް

"މިއީ ކުރަން އިންޓްރެސްޓް ހުރިއްޔާ ވަރަށް ރަނގަޅު ވަޒީފާއެއް. އަދި ވަރަށް ބުރަވެސް މަސައްކަތެއް. ވަގުތުވެސްދާކަމަށް. ކުރަން ކެރިއްޖެއްޔާ ކޮންމެ މީހަކުވެސް މިކަމުން ކުރިއަށްދެވޭނެ"

މިއީ ރަށުގެ ކައިވެނި ހަފްލާތަކުގައި ބްރައިޑް އާއި އަދި ބަރައިޑްސް މެއިޑްތަކުގެ މޭކަޕްކޮށް އުޅޭ ޒުވާނެކެވެ. އޭނާގެ މަސައްކަތްތައް ރަށުގެ ރައްޔިތުން އުފަލުން ބަލައިގަނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ވައިގުތު

    މޭޖަޕު ކުރާ މީހުން ނޫނީ މަސައްކަތެއް ކުރާ އަންހެނަކު މި ޤައުމުގަ ނެތީތަ.. ކަނބަލުން އެބައުޅޭ ވަރަށް މަސައްކަތްތެރި.. ތަފާތުކޮށްލައްވާ ވަރަށް ވައި އަބަދު އެއްކަމެއް ކުރާ މީހުން ގެންނާތީ

    • ?

      ? މަވެސްބުނަން ބޭނުންވި ވާހަކަ

    • ފަތަފޮޅި

      ކައޭ ޖޭވަނީ ދޯ... ކީޕް އަޓް އަޕް... ވަރަށް ޔުނިކް ސުމައްޔާގެ މޭކް އޯވާތައް. ??

  2. ނަން

    މޭކަޕް ކުރާ މީހުން އެކަނި ދޯ ރާއްޖޭގަ އުޅެނީ. އަދި މިމީހުންގެ ސްޓޯރީ އަކީވެސް އެކައްޗެއް ހަމަ. ކުޑައިރުވެސް ކުރާ ހިތްވޭ. ފުރަތަމަ ކުރީ ފެމެލީ އެންޑް ފްރެންޑްސް ގެ މޭކަޕް. ބްލާ ބްލާ

  3. ފޭންއެއް

    ވަރަށް ރީތި ސުުމައްޔާގެ މޭކަޕް ތައް..

    • ?

      ވ ރީޗެއް ނުން .?

      • ފޭން

        މަގޭ ވާހަކަ މަމި ބުނީ ?

  4. ހެޔޮ އެދޭ މީހާ?

    މިޔޮތީވާ ކަމެއް ދަސްވެފަ. ސާބަސް

  5. ދެންކިޔެއް ދޯ

    ސުމައްޔާ އިބްރާހީމް ހާދަ މޮޅޭ... އަސްލު ވަރަށް ރީތި ސުމައްޔާގެ މޭކްއޯވާތައް.. ??????

  6. ލޯބި ކުއްޖަ

    ވަރަށް ރީތި ސުުމައްޔާގެ މޭކަޕް ތައް..
    ??? ދެން އުޅޭނެ ކުޑައިކޮއް ނުވިސްނޭ ކުދިން.... ޖޭ ވާ ކުދިން ވެސް އުޅޭނެ.. ކީޕް އިޓް އަޕް.. ???

  7. ސެކްސީ

    As always your work is totally beautiful. I want more of your work. Keep it up. Go girl. You can do it.

  8. ސ

    ޢާއިލީ ބޮޑު ދެވިޔަފާރި އޮންނައިރުވެސް އެއްޗެހި ހޮޯދަން މާލެ ދާންޖެހުމަކީ ބޮޑު ޖޯކެއް!

  9. ސުވިޓީ

    ހާދަ ހަޖަމު ނުވެޔޭ ދޯ.....

  10. ޞައިލަަ

    ޚކުޅުދުއްފުށީ ގައި ނޫޅެ ސުމީ އަށް ވުރެ ރީތިކޮށް މޭކަޕް ކުރަން އިނގޭ ކުއްޖެއް?

  11. ކެޓްރީނާ

    މަބުނީ..... ސުމޭ ވަރު މޮޅު އިންސާނަކު ނުހުންނާނެ ކުޅުދުއްފުށީގަ މޭކަޕް ކޮއްދެން އެނގޭ ވަރު..
    ދެން މިކަންތައް ހަޖަމު ނުވަންޏާ ބޭސް ގުޅައެއް ކައިގެންވެސް ހަޖަމް ކުރަން ދޭބަލަ.

    ވަރަށް ސަލާން...
    ?????????

  12. ރާގިނީ އެމްއެމް އެސް

    I absolutely love your work! You're
    .....so talented

  13. ރާއްޖެތެރެ މަންޖެ

    obiness to the max