ފުރަތަމަ ފަހަރަށް އަކްޝޭ ކުމާރު އެކީ ކުޅުމަށް ހަަމަޖެހިފައިވާ ފިލްމު "ކެސާރީ" ގެ މަސައްކަތް ފެށުމަށް ކެތްމަދުވެފައިވާ ޕަރިނީތީ ޗޮޕްރާ ކަމަށް ބުނެފިއެވެ.

ބޮލީވުޑްގެ ރިޕޯޓްތަކަށް މައުލޫމާތު ދެމުން ޕަރިނީތީ ބުނެފައިވާ ގޮތުގައި އަކްޝޭ އެކީ މަސައްކަތް ކުރުމަށް ކެތްމަދުވެފައިވާ ކަމަށާއި އެއީ ވަރަށް ގިނަ ދުވަހެއްގެ ހުވަފެނެއް ކަމަށެވެ. އަދި އަކްޝޭ އާއި ޕަރިނީތީއަކީ ޕަންޗާބީ ދެމީހުން ކަމަށާއި އޭގެ އިތުރުން ފިލްމަކީވެސް ޕަންޗާބީ ފިލްމެއް ކަމަށެވެ. އެހެން ކަމުން ފިލްމުގެ ޝޫޓިން ފެށުމަށް އިންތިޒާރުކުރާކަމަށް ޕަރިނީތީ ބުނެފައި ވެއެވެ.

ފަރިނީތީ މިހާރު މަސައްކަތް ކުރަމުންދަނީ އަރްޖުން ކަޕޫރްގެ ފިލްމު "ނަމަސްތޭ އިންގްލޭންޑް" ގެ ޝޫޓިންގައި އެވެ. އަދި ޖަލްސާއެއްގައި ވާހަކަ ދައްކަމުން ޕަރިނީތީ ބުނިގޮތުގައި ގަޑިތަށް ހަމަޖައްސާފައި ހުރިގޮތުން "ނަމަސްތޭ އިންގްލޭންޑް" ޝޫޓިންގެ ތެރެއިން "ކެސާރީ" ގެ ޝޫޓިންވެސް ފަށާނެ ކަމަށެވެ. ނަމަވެސް ފަށާނެ ވަކި ތާރީހެއް އަދި ނޭނގޭ ކަމަށް ބުނެފައި ވެއެވެ.

އަކްޝޭ އެންމެ ފަހުން ފެނިގެންދާ ފިލްމު "ޕެޑް މޭން" މިމަހު 9 ވަނަ ދުވަހު ރިލީޒްކުރިއިރު އެ ފިލްމަށް މިހާރުވަނީ 90 ކަރޯޑް ރުޕީސް އާއިއެކު ބޮކްސް އޮފީހުން ޖާގަ ހޯދާފައި އެވެ.

އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު "ކެސާރީ" ޑައިރެކްޓް ކުރަނީ އަނުރާގް ސިންގް އެވެ. މި ފިލްމަކީ 1897 ވަނަ އަހަރު އިންޑިޔާގައި ހިނގި ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް ކުޅުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު