ބޭނުންވާ ތަކެތި:

32 އޯރިޔޯ ޗޮކްލެޓް ބިސްކޯދު (ދެބައިކޮށްފައި)
1/2 ޖޯޑު ބަޓަރ
2 ޖޯޑު ކިރު (ފިނިކޮށްފައި)
2 ޕެކެޓް ޖެލޯ ޗޮކްލެޓް ފްލޭވާ އިންސްޓަންޓް ޕްޑިންގ އެންޑް ޕައި ފިލިންގ
1 ދަޅު ކޫލް ވިޕް

ތައްޔާރު ކުރާނެ ގޮތް:
24 އޯރިޔޯ ބިސްކޯދު މުގުރާގައި ބަޓަރާއި އެއްކުރާށެވެ. ދެން ޓްރޭގެ ފުލުގައި ރީތިކޮށް ފަތުރާލާށެވެ.

ދެން ވަކިން ތައްޓަކަށް ކިރާއި ޕްޑިންގ މިކްސް އަޅާ 2 މިނެޓް ވަންދެން ގަށާލާށެވެ. ރީއްޗަށް އެއްވުމުން އޯރިޔޯތައް މައްޗަށް އަޅާ ފަތުރާލާށެވެ. ދެން ވިޕިން ކްރީން މައްޗަށް އަޅާ ބާކީހުރި އޯރިޔޯތައް ވިޕިންކްރީމްގެ މަތީގައި އަތުރާލާށެވެ. އަދި 4 ގަޑިއިރު ފިނިކޮށްލުމުން ތައްޔާރުވީއެވެ.