ބޭނުންވާ ތަކެތި

1 ޖޯޑު ހަނޑޫ ފުއް
1 ދަޅު މަސް
1 ފިޔާ (ތުނިކޮށް ކޮށާފަ)
އިނގުރު ކޮޅެއް (ގާނާފަ)
½ ޖޯޑު ހޫނު ފެން
މުގުރި އަސޭމިރުސް ކޮޅެއް
ލުނބޯ
ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފަ)
ހިކަނދިފަތް (ކުދިކޮށް ކޮށާފަ)
ރީނދޫ
ލޮނު
ތެޔޮ
ހުނި ކޮޅެއް

ތައްޔާރު ކުރާނެ ގޮތް: އެންމެ ފުރަތަމަ ފުއްގަނޑު ތައްޔާރު ކުރުމަށް ހަނޑުލު ފުށުގެ ތެރެއަށް ހޫނު ފެން އަޅާފައި އެއްކޮށްލާށެވެ. ދެން ތެޔޮ ފޮދެއް އެޅުމަށް ފަހު ލޮނު އަޅައިގެން މޮޑެލާށެވެ.

ގުޅަ ޖެހޭ ވަރަށް މޮޑެވުމުން ބޭނުންވާ ސައިޒަކަށް ގުޅަ ޖަހާފައި ބަހައްޓާށެވެ. މަސް ގަނޑު ތައްޔާރު ކުރުމަށް ފިޔާ، މިރުސް، ހިކަނދިފަތް، ލުނބޯ ހުތް ކޮޅެއް، އަސޭމިރުސް އަދި ރީނދޫ އަޅައިގެން މޮޑެލާށެވެ. އަދި އެއަށްފަހު އޭގެ ތެރެއަށް މަސްކޮޅު އެޅުމަށް ފަހު ހުނި ކޮޅެއް ވެސް އަޅައިގެން އަނެއްކާވެސް މޮޑެލާށެވެ. ރަނގަޅަށް މަސްގަނޑު މޮޑެވުމުން ގުޅަޖަހާފައި ކުރިން ޖެހި ފިއް ގުޅައިގެ ފަހަރަކު ގުޅައެއްގެ ތެރެއަށް މަސް ކޮޅެއް ލުމަށްފަހު ރަނގަޅަށް ގުޅަ ބައްދާލާށެވެ. އަދި ތެޔޮ ތާހަކަށް އަޅާފައި ތެއްލާށެވެ.

ތާހަށް ތެޔޮ އަޅާ އިރު ހުރިހާ ގުޅައެއް ފޮރުވޭ ވަރަށް ތެޔޮ އަޅަން ވާނެ އެވެ. އެހެން ނޫނީ ގުޅަތަށް ފަޅައިގެން ދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ގުޅަ ވައްކުރާ ވާހަކަ އެއްވެސް ނެތް. ދެން ކިހިނެތް ގުޅަ، ގުޅަ އަކަށް ވަނީ. ތެޔޮގަނޑު ހޫނު ކުރާ ޥާހަކަ ނެތުމުން އަހަރެން ތެޔޮ ތެރެއަށް ލާގެން ދިޔައީ ފަޅާގެން.ވަރަށް ދެރަ ވެއްޖެ . މައޫލޫމަތު ނުބައިކޮށް ޖެހީމަ ގެއްލުންވީ އެއް ދުވަހުގެ ރޯދަ - ރިޔާސާ

    7
    2
  2. ރިޔާސާ

    ކޮންތާކުންތަ ކޮމެންޓް ފެންނަނީ- އެއް ކަލަ ގުޅަ ތެއްލަން އުޅުނު ކުއްޖާ