އައިސް ޓީވީ އިން މި މަހު ގެނެސްދެމުންދާ ޝޯވތަކުގެ ތެރެއިން މިދިޔަ އަހަރު އަލަށް ފެށި ޓޯކްޝޯވ "ލޯބިން" ގެ ސީޒަން 2 މިރޭ ޕްރިމިއާ ކުރާނެއެވެ.

ލޯބިން ޝޯވއަކީ ރާއްޖޭގެ މަޝްހޫރު ޒުވާން ފަންނާނުންނާއެކު ލޯތްބާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް ގެނެސްދޭ ޝޯވއެެކެވެ. ޒުވާނުންނާއި ގުޅޭ ފޯމެޓަކަށް އުފައްދާފައިވާ މި ޝޯވގެ ދެ ވަނަ ސީޒަންގައި ކޮންމެ އެޕިސޯޑަކުން ދެ ގެސްޓުން ފެނިގެން ދާނެއެވެ.

މިރޭގެ އެޕިސޯޑްގައި ޓީވީއެމްގެ ޝޯވތަކުން ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޒަޔާން އާާއި ޒިޔާ ބެލުންތެރިންނާއި ބައްދަލުކުރާނެއެެވެ.

ޝޯވގައި މި ދެ ޕްރެޒެންޓަރުން މީގެ ކުރިން ފެނިގެންގޮސްފައި ނުވާނެ ވާހަކަތަކެއް އިވިގެން ދާނެއެވެ. މިޝޯވ ދައްކާނީ މިރޭ 22:00 ގައެވެ.

ލޯބިން ޝޯވއަކީ ވެސް މިދިޔަ އަހަރު އައިސްޓީވީ އިން ގެނެސް ދިން ޓޯކް ޝޯވގެ ތެރެއިން ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ޝޯވ އެކެވެ.