މޮޅު ހުނަރުތައް ލިބި، އޭގެ ބޭނުން ވަރަށް ފުރިހަމަ ގޮތުގައި ހިފާ ޒުވާނުން އެބަތިއްބެވެ. އެފަދަ ޒުވާނުންގެ މިންނެތް މަސައްކަތް ދައްކާލުމަށް މިއަދު މީސް މީޑިއާ ބޭނުންކުރާ އިރު، މި ޒުވާނުންގެ މަސައްކަތްތައް ބަލައިގަންނަ އެތައް ބަޔަކު އެބަ ތިއްބެެވެ. މި ހުނަރުވެރިކަމާއި އަތްތެރި މަސައްކަތްތަކުން ދައްކާލި އެކަކީ ރ.ހުޅުދުއްފާރު، ކުރިކީލަގެ، އުމުރުން 28 އަހަރުގެ އަބްދުﷲ ޝާފިއުއެވެ.

ޝާފިއުއަކީ ރާއްޖޭގެ އާސާރީ ބައެއް ބިނާތަކުގެ މޮޑެލްތައް ހަދައި އެތައް ބައެއްގެ ސަމާލުކަން ހޯދި ޒުވާނެކެވެ. މަދު ދުވަސްކޮޅެއްގައި އެތައް ބައެއްގެ ސަމާލުކަން އޭނާ އަށް ލިބިގެން ދިޔައީ ޔަގީނުންވެސް އޭނާގެ ހުނަރުވެރިކަމުން އަންތަރީސްކޮށްލާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގައި މަސައްކަތްކުރާ ޝާފިއުގެ މަސައްކަތްތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބަޔަކު ބަލައިގެންފިއެވެ. އެ މަސައްކަތްތައް ބަލައިގަނެ، އެންމެ ފަހުން އަމިއްލަ ޕޭޖެއްވެސް އޭނާ ވަނީ ހުޅުވާފައެވެ. އަދި އެ ޕޭޖް މެދުވެރިކޮށް އޭނާގެ މަސައްކަތްތައް ފެންނަ ގޮތް ހަދާފައި ވެއެވެ. އަދި އެ ޕޭޖް މެދުވެރިކޮށް މެސެޖް ކުރުމުން، އަގަށް އޭނާ މޮޑެލް އެއްޗެހި ހަދައިދޭނެއެވެ.

Miniature modern apartment.
https://www.instagram.com/p/CD-r313pup0/?igshid=1e45hrx5b2t28
#Amizing #mini #house #model #miniature #miniatureart #art #artwork #apartment. #maldives

Posted by Gaafolhu on Thursday, 20 August 2020

މޮޑެލް އެއްޗެހި ހަދަން ފެށުނީ ސްކޫލްގައި އުޅުނުއިރު

ޝާފިއު ބުނީ، އޭނާ ސްކޫލްގައި އުޅުނުއިރުވެސް މިގޮތަށް މޮޑެލް އެއްޗެހި ހަދާ އުޅޭ ކަމަށެވެ. އަދި އެއިރު މޮޑެލް އެއްޗެހި ހަދަނީ ފޮށި ކަރުދާހާއި، ތެރަސް ބޭނުންކޮށްގެން ކަމަށް އޭނާ ބުންޏެވެ. އެގޮތަށް އޭނާ އާއްމުކޮށް އޭރު ހަދާ އުޅުނީ ގެއާ އެއްޗެހި ކަމަށްވެސް ބުންޏެވެ.

"އަޅުގަނޑު ވަރަށް ކުޑައިރު، އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެ އަޅުގަނޑަަށް މޮނީޓަރު ފޮތު ބޭރު ބަނޑޭރިން ހަދާފައި އިން ގެއެއް ހަދިޔާކުރި، އޭތި ފެނިގެން އަސްލު ކުޑައިރުން ފެށިގެން އެކަހަލަ އެއްޗެހި ހަދަން ފެށީ". ޝާފިއު ބުންޏެވެ.

އަދި 2011 ވަނަ އަހަރު އޭލެވެލްގައި ހުޅުދުއްފާރު ސްކޫލުން ބޭއްވި އެގްޒިބިޝަނެއްގައި ބައިވެރިވެ އެއްކޮށް ކިޔެވި ދަރިވަރުންނާއެކު އެއިރުގެ ސަރުކާރުގެ ފަސް ވައުދު ތައްޔާރުކޮށް އެންމެ ގިނަ ވޯޓުން އެއް ވަނަ އަދި މުޅި މުބާރާތުން ދެވަނަ ލިބުނު ކަމަށް ޝާފިއު ބުންޏެވެ.

Mini apartment ...
https://www.instagram.com/p/CD-r313pup0/?igshid=1e45hrx5b2t28
#artlife #furnituredesign #minihouse...

Posted by Gaafolhu on Thursday, 20 August 2020

"އެމޮޑެލްއަށް ވަރަށް ގިނަބައެއްގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ، އޭގެ ފަހުން އަސްލު ބޮޑަށް މިކަމަށް ޝައުގުވެރިކަން އުފެދުނީ، އެއިރު ހެދި ބޮޑު ފްލައިވުޑް ފިލާ ބޭނުންކޮށްގެން އެއިރުގެ ސަރުކާރުގެ ފަސް ވައުދު، ގާތްގަނޑަކަށް ފެންނާނެހެން، އެއީ ފެރީގެ ނިޒާމާއި، ބްރިޖް. އެކަހަލަ ގޮތަކަށް އޭތި ބިނާކޮށްފައި އިންނާނީ". ސްކޫލް ހަނދާންތައް ކިޔާދެމުން ޝާފިއު ބުންޏެވެ.

ޝާފިއު އެފަހުންވެސް މޮޑެލް އެއްޗެހި ހަދައި އުޅުނެވެ. އެކަމަށް އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން، ކުރިއަށްގޮސް، ބައެއް މީހުންގެ އެދުމުގެ މަތިން އޭނާ ހެދި ބަައެއް މޮޑެލްތައް ވިއްކާވެސް ލިއެވެ.

އަންހެނުންގެ ދިން ހިޔާލެއްގެ މަތިން ހެދި މެދުޒިޔާރަތް މޮޑެލް!

ޝާފިއު ބޮޑަށް މަޝްހޫރުވެގެން ދިޔައީ މެދު ޒިޔާރަތް މޮޑެލް ތައްޔާރުކޮށް، މީސް މީޑިއާއަށް ލުމުންނެވެ. އޭނާގެ އެ މަސައްކަތަަށް އެތައް ބަޔަކު ތައުރީފްކޮށްފައި ވެއެވެ. އެއީ އެކަމަކު އެތައް ދުވަހެއްގެ ބުރަ މަސައްކަތެވެ.

"އަންހެނުންގެ ހިޔާލު މައްޗަށް މެދު ޒިޔާރަތް މޮޑެލް ހެދީ، އެއިރު ހިއެއް ނުކުރަން މިހާ ވައިރަލް ވެދާނެ ކަމަކަށް، މެެދު ޒިޔާރަތް މޮޑެލް ހެދި ފަހުން މީތި ވައިރަލް ވެގެން ދިޔައީ".

ޝާފިއު ހެދި މެދުޒިޔާރަތް މޮޑެލް - ފޮޓޯ: އަވަސް

ޝާފިއު ބުނިގޮތުގައި، އެ މަސައްކަތް ފެށިގެން ދިޔައީ ކޮވިޑް-19 އާ ހެދި މާލެ ސަރަަހައްދު ފުރަބަންދު ކުރި ފަހުންނެވެ.

Medhu ziyaarathuge model ehkoh ninmaalaafa. #medhuziyarai

Posted by Gaafolhu on Saturday, 22 August 2020

"އެއިރު އޮފީހަށް ޑިއުޓީއަށް ނުކުންނަން، އެހެން ނުކުންނައިރު، ފޮޓޯއެއް ނަގާލަން ދަން، އެތާ ކައިރީގައި އޮފީސްވެސް މި ހުންނަނީ. ދެން އޮފީހަށް ދާ މަގުމަތީގައި އެތާގެ ފޮޓޯއެއް ނަގާލަން. ހަނދާންވާ ގޮތުން ގާތްގަނޑަަކަށް 75 ވަރަަކަަށް ފޮޓޯ ބޭނުންކޮށްގެން އެ މޮޑެލް އަސްލު ހެދީ. ގޫގުލްކޮށްގެންވެސް ބެލިން އޭތީ، އަސްލު ހަދަން ފެށިއިރު، އެހާ ހިތްހަމަ ނުޖެހޭތީވެ އެތަނަށް ގޮސްގެން ފަހުން ފޮޓޯތައް ނެގީ".

ޝާފިއު ބުނިގޮތުގައި، އެ މޮޑެލްގެ މަސައްކަތް ނިންމާލަން މަސް ދުވަސްވަރު ދިޔައެެވެ.

ޝާފިއު ހެދި މެދުޒިޔާރަތް މޮޑެލް - ފޮޓޯ: އަވަސް

"އަސްލު ކޮންމެ މޮޑެލްއެއްވެސް ފުރަތަމަ ތައްޔާރު ކުރާއިރު، އެހާ ދުވަސް ނަގާ، އެކަމަކު ދެވަނަ މޮޑެލް ތައްޔާރުކުރާއިރު، އިނގޭ މިހެން މިހެން ކަން ދާނީ ސްޓެޕްތައް، އެހެންވީމަ ކުރު މުއްދަތެއްގެ ތެރޭގައި ހަދާލެވޭ. މިހާރުވެސް މެދު ޒިޔާރަތުގެ މޮޑެލް ހަދާލެވޭނެ ހަފްތާއެއްގެ ތެރޭގައި". ޝާފިއު ބުންޏެވެ.

މެދު ޒިޔާރަތް މޮޑެލް ހެދުމަށް ޝާފިއު އާއްމުކޮށް ބޭނުންކޮށްފައި ވަނީ ބޯ ކަރުދާސްއެވެ. ދެން ކުލަ ކަރުދާހާއި، ދެން އަދައިގެ ކަރުދާހާއި، އެލްޓިކޯ ފަދަ އެއްޗެހިވެސް އޭނާ ބޭނުންކޮށްފައި ވެއެވެ. އަދި މިހާރު ސޮންބޯޑު އެއްޗެހިވެސް ބޭނުން ކުރާ ކަމަށް އޭނާ ބުންޏެވެ.

ޝާފިއު ތައްޔާރުކުރި ގަޑިބުރު!

މާލޭގައި ވަރަށް ޒަމާންވީ ގަޑިބުރު އަނެއްކާވެސް އާއްމުންނަށް ފެނިގެން ގޮސްފިއެވެ. މިފަހަރު އެކަމަކު ފެނިގެން ގޮސްފައި މި ވަނީ އަސްލު ގަޑިބުރެއް ނޫނެވެ. އެ ގަޑިބުރުގެ މޮޑެލް އެވެ. ބޮޑަށް ސޮންބޯޑު ބޭނުންކޮށްގެން ވަރަށް ބޮޑަށް އަސްލާއި، އެއްގޮތަށް އޭނާ ހެެދި އެ ގަޑި ބުރަކީ ހަތަރު ފޮޓޯ އަސްލެއް ކަމަށް ބަލައިގެން ތައްޔާރު ކުރި އެއްޗެކެވެ. ޝާފިއު މި ގަޑި ބުރު ހަދަން ދެ ހަފްތާ ވަރު ދިޔައެވެ. އޭނާއަށް މި މަސައްކަތަކަށް އެންމެ ބޮޑު އުނދަގުލަކަށް ވީ އަސްލަށް އެ ގަޑި ބުރު ފެނުމުގެ ފުރުސަތު ނުލިބުމެވެ.

#gadiburu #male #bodugadi #Miniature #art #artwork #miniaturemodel

Posted by Gaafolhu on Friday, 25 September 2020

މާލޭގެ ފަރީދީ މަގާއި އޯކިޑް މަގު ގުޅޭ ހިސާބުގައި ހުރި އެ ގަޑިބުރު އެތަނުން ނަގާލިތާ އަހަރުތަކެއް ވެއްެޖެއެވެ. އަދި ޝާފިއުއަށް އެ ގަޑިބުރު އަސްލަށް ފެނިފައި ނުވުމުން، އެ މޮޑެލް އޭނާއަށް ފުރަތަމަ ހެދުނީވެސް ނުބައިކޮށެވެ.

"ފުރަތަމަ ހެދުނީ ނުބައިކޮށް، ވާއެއްޗަކީ އަޅުގަނޑަށް ދުވަހަކުވެސް ފެނުނު ތަނެއްވެސް ނޫން އެއީކީ، ވަރަށް މަސައްކަތުންވެސް ލިބުނީ އެތަނުގެ ހަތަރު ވަރަކަށް ފޮޓޯ. އެނުބައިކޮށް ހެދުނީމަ، އަނެއްކާ ރަނގަޅުކޮށްލާފައި އަލުން ހެދީ. ވަރަށް ހިތްހަމަ ޖެހޭ އެއާއި ދޭތެރޭވެސް ވަރަށް ގިނަބަޔަކަށް ކަމުދިޔަ މޮޑެލްއެއް އެއީ". ޝާފިއު ކިޔައިދިނެވެ.

ޝާފިއު ބުނީ، އޭނާ މިފަދަ މަސައްކަތަކަށް ގާތްގަނޑަކަށް ދުވާލަކަށް ފަސް ގަޑިއިރު ހޭދަ ކުރާނަމަ، އޭގެ ތެރެއިން ދެ ގަޑިއިރަކީ އޭނާ ވިސްނަން ނަގާ ވަގުތެވެ.

ޝަހީދުންގެ ބިނާ، ހަދިޔާ ކުރީ އެމެންއެންޑީއެފްއަށް

ޝަހީދުންގެ ދުވަހުގެ ހަނދާނުގައި ޝާފިއު ތައްޔާރުކޮށްލި މޮޑެލްއަކީ ގާތްގަނޑަކަށް މަސް ދުވަހުގެ މަސައްކަތެވެ. އެތައް ބައެއްގެ ހަނދާންތަކާއި ލެޔާއި ގުޅިފައިވާ މި މޮޑެލްއަކީ ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ އެވެ. ސޮންބޯޑާއި، މޮހޮރު އަދި ފޮތި ބޭނުންކޮށްގެން ސީދާ ނޮވެމްބަރު ތިން ވަނަ ދުވަހަށް ޝާފިއު ހެދި މި މޮޑެލް އޭނާ ވަނީ އެމްއެންޑީއެފްއަށް ހަދިޔާކޮށްފައެެވެ.

"ގާތްގަނޑަކަށް ދުވާލަކަށް ދެގަޑިއެެއްހާއިރުވެސް މަސައްކަތް މިއީ، އޭގެ ތެރެއިން ގިނަވަގުތު ދާނެ ފިހާރަތަކަށް، އެއީ އެއްޗެހި ގަންނަން. މިސާލަކަށް ދިދަ ދަނޑި، އެ ދިދަ ދަނޑިލާނީ ކޮން އެއްޗަކުންތޯވެސް ސީދާ އަޅުގަނޑަކަށް ނޭނގޭ ބުނާކަށް. އެގޮތަށް ވަގުތު ގޮސްގެން މީތި ނިންމީ". ޝާފިއު ބުންޏެވެ.

ކިޔާ ދޫ ތަކުންމީ ޝުކުރުވެރި ތަރާނާ......................................
ޝަހީދުންގެ ޒިކުރާގެ މަތިވެރި...

Posted by Gaafolhu on Monday, 2 November 2020

ޝާފިއުގެ އެ މަސައްކަތް އެމްއެންޑީއެފް އިން ބަލައިގަނެފިއެވެ.

އޭނާގެ ކުރިއަށް ހުރި މަސައްކަތް!

ޝާފިއު ބުނީ، މިހާރު ޑިސެމްބަރު 26 ވަނަ ދުވަހަށް ސުނާމީ ބިނާގެ މަސައްކަތް ނިންމާލެވޭ ތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ދަނީ ވަރަށް އުނދަގޫކޮށް ކަަން އޭނާ ފާހަގަކުރިއެވެ. އެއީ ބޭނުންވާ ބައެއް ތަކެތި މާލެ އިން ނުލިބުމެވެ. އެކަމަކު އުއްމިީދު ކުރަނީ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ކަން އޭނާ ފާހަގަކުރިއެވެ.

އަދި މީގެ އިތުރުން، މީހެއްގެ އެދުމުގެ މަތިން މުންނާރު ހެދުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ވަނީ ފާހަަގަކޮށްފައެެވެ.

އޭނާ މިހާރު ދަނީ ފޭސްބުކް ޕޭޖްގައި ޝެއާ އެންޑް ވިން ހާއްސަ ހަރަކާތެއްވެސް ކުރިއަށްގެންދަމުންނެވެ.

އޭގައި ބައިވެެރިވާ މިހުންގެ ތެރެއިން ހޮވާލެވޭ ފަރާތަކަށް އޭނާ ވަނީ މެދުޒިޔާރަތް މޮޑެލް ހަދިޔާ ކުރުމަށް ނިންމާފައެެވެ. އޭނާ ހަދިޔާ ކުރަން ނިންމާފައި ވަނީ ތައްޔާރު ކުރި މެދު ޒިޔާރަތް މޮޑެލްގެ ތިން ވަނަ މޮޑެލް އެވެ.

its giveaway time!!!

Posted by Gaafolhu on Friday, 6 November 2020

ޝާފިއުގެ ބުރަބޮޑު، މި ހުނަރުވެރި މަސައްކަތަށް ގިނަބައެއްގެ ބޮޑު ތަރުހީބެއް ލިބިގެން ދިއުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އޭނާ އެ ދާއިރާއިިން އިތުރަށް ކުރިއަށް ގޮސް އިތުރު މޮޑެލްތައް ނެރުމަށް އަޒުމް ކަނޑައަޅައިފިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެކި އާސާރީ ތަންތަނަގެ މޮޑެލް އޭނާ ތައްޔާރު ކުރާނެއެވެ. އަދި ސަޕޯޓަރުން އެދޭނަމަ އެފަދަ މޮޑެލްތައް ހަދާ ވިއްކަމުން ދާނެއެވެ.

އޭނާ ވަނީ މިކަމުން ކުރިއަށްދިއުމުގައި ކަރެކްޝަންސް އިސް ފަރާތްތަކާއި، ހުރިހާ ފަރާތްތަކުން ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. .....

    ވ.ފުރިހަމަ،

    18
  2. ޙުސޭނު

    ވަގުތުގެ ބޭނުން ތިއަށްވުރެ މާފައިދާހުރި ގޮތެއްގައި ހިފިދާނެ.. ތީ ބޭކާރު ކަމެއް.

    3
    10
  3. ޜ.ހުޅުދުއްފާރު

    ރ.ހުޅުދުއްފާރުގެ ރައްޔިތެއްގެ ހައިސިއްޔަތުން ޝާފިއުގެ މިމަސަތްކަތާއިމެދު ފަޚުރުވެރިވަން. ޢުންމީދަކީ އިތުރު ކުރިއެރިން ލިބިގެން ދިތުން

    6
    1
  4. ބުރަދަރ

    ތި ކުރާ މަސައްކަތުގައި ކާމިޔާބު ދެއްވާށި. ރ ހުޅުދުއްފާރު ރައްޔިތެއްގެ ހައިސިއްޔަތުންނާއި ބޭބެއެއްގެ ހައިސިއްޔަތުން ފަޚުރުވެރިވަން.

    2
    1
  5. ޕޮސިޓިވް ތިންކަރ

    އަވި އައިނު ހަދަން މަސައްކަތް ކުރި މީހާއަށް މަލާމާތް ކުރި، އޭނަ ހެދިގޮތަކީ އައިނު މަތިން ކުލަ ބިއްލޫރި އައިނެއް އެޅީ. އެހެންނަމަ ވެސް އެމަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދިޔާމަ، އަވި އައިނަކީ ބޮޑު ވިޔަފާރިއަކަށް ވެއްޖެ. ނެގެޓިވް ވިސްނުމުގެ މީހުން އުޅޭނެ. ހުނަރާ ވިސްނުން ކުރިއަރުވައި މަންފާނެރެވޭނެ. ެެެެެެެެެެެެެ ް