ބޭނުންވާ ތަކެތި

1 ދަޅު ގެރިކިރު

2 ދަޅު ނެސްލޭ ކްރީމް

3 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރު

1 ޕެކެޓް ޗިޕްސް މޯރ ބިސްކޯދު ( ބޮޑު)

ތައްޔާރުކުރާނެ ގޮތް

ގެރިކިރާއި، ނެސްލޭ ކްރީމް އަދި ކޮކޯ ޕައުޑަރ އަޅައިގެން ސަމްސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބިސްކޯދުތަށް ޓްރޭގައި ފަތުރާލުމަށްފަހު އޭގެ މަށްޗައް ކްރީމްތަށް އަޅާލާށެވެ. މި ގޮތަށް އަދި އެއް ލޭޔަރ ހަދާށެވެ އެއަށް ފަހު އައިސް އަލަމާރިއަށް ފިނިކޮށްލުމަށް ލާށެވެ.