އިންޑިޔާއަށް ނިސްބަތްވާ ވިޖޭ ވަލޭޗާ އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ ރަދިކާ ދޮށީ އާއި 20 އަހަރުފަހުން ކައިވެނިކޮށް ލޯބީގެ ނަމޫނާއެއް ދައްކައިފި އެވެ. މީގެ 20 އަހަރު ކުރިން އެއް ސްކޫލަކުން ދިމާވި ވިޖޭ އާއި ރަދިކާ މިހާރު ކައިވެނިކޮށްފައެވެ. ކައިވެނި ކުރުމުގެ ކުރިން ވިޖޭ ރަދިކާ ކައިރިން އިންނަން އެހީވެސް ސްކޫލްގައެވެ.

ދުބާއީގައި ހުންނަ އިންޑިއަން ހައި ސްކޫލް(އައިއެޗްއެސް) އިން ދެމީހުން ފުރަތަމަ ދިމާވި އިރު ވިޖޭ ހުރީ އެ ސްކޫލުގެ ގްރޭޑް 9 ގައެވެ. އަދި ރަދިކާ ހުރީ ގްރޭޑް 10 ގައެވެ.

ވިޖޭ، 35 އަހަރާއި ރަދިކާ، 36 އަހަރު ކައިވެނި ކުރި އިރު ވިޖޭ ބުނީ އޭނާއަށް ފުރަތަމަ ރަދިކާ ފެނުނީ ސްކޫލް ބަސް ތެރެއިން ކަމަށާއި ރަދިކާ ކާމިޔާބު ކުރުމަށް ވަރަށް ބުރަ މަސައްކަތް ކުރިކަމަށް އޭނާ ބުނެފައިވެއެވެ. އަދި ފުރަތަމަ ނަންވެސް ނޭނގޭ ކަމަށާއި ދެމީހުން އެއްތަނަކަށް ގެނައުމަށް ރައްޓެހީންނާއިއެކު ހިންދީ ފިލްމެއް ކަމަށްވާ 'މުހައްބަތެއިން' ބަލަން ދައުވަތު ދިން ކަމަށް އޭނާ ބުނެފައިވެއެވެ.

ރާދިކާ އާއި ރައްޓެހިވުމުން އާއިލާގެ ދެފަރާތުންވެސް ފުރަތަމަ ނުގަބޫލުވިކަމަށް ވިޖޭ ބުނާއިރު އޭނާ ބުނީ މި ހުރިހާ އަހަރުތަކެއްގައިވެސް ދެމީހުން ތިބީ ރައްޓެހިވެގެން ކަމަށާއި ދެމީހުންވެސް ތިބީ ކެރިޔާ ބިނާ ކުރުމުގައި ކަމަށެވެ. ވިޖޭ ބުނީ އޭނާ އަބަދުވެސް ބޭނުންވީ ރަދިކާއަށް ބޮޑު ހަފްލާއެއްގައި ޕްރޮޕޯޒް ކުރުމަށް ކަމަށާއި އަދި އެކަން ހާއްސަ ކުރަންވެސް އޭނާ ބޭނުންވިކަމަށް ވިޖޭ ބުނެފައި ވެއެވެ.

ކުޑައިރުއްސުރެ ލޯބިވެގެން އުޅުނު ބައިވެރިޔާއަށް ވިޖޭ ޕްރޮޕޯސް ކުރީ ވަރަށް ހާއްސަކޮށެވެ. ރަދިކާ ލޯ ބަންދުކޮށްފައި އޭނާ އަށް ސަޕްރައިޒް ދީފައި ވަނީ އެމީހުން ފުރަތަމަ ދިމާވި ސްކޫލުގައި އެވެ. ރަދިކާގެ ލޮލުގައި އަޅާފައި ހުރި ފޮތިގަނޑު ނަގާލުމުން އޭނާއަށް ފެނުނީ ކުޑައިރުގެ ސްކޫލް މާތަކުން ޖަރީކޮށްފައި އޮތްތަނެވެ. ދެމީހުންގެ އާއިލާގެ މެމްބަރުން އެތަނުގައި ތިބިއިރު މާތަކުން ތަން ފުރާލާފައިވާ ބެކްޑްރޮޕްގައި 'މެރީ މީ' ޖަހާފައި އޮތުމުން އިތުރު ހައިރާންކަމެއް ރަދިކާ އަށް ގެނުވި ކަމަށް އޭނާ ބުނެފައި ވެއެވެ.

ރަދިކާ ބުނީ އެ މާހައުލާ ގުޅޭ ގޮތަށް އޭނާ ހެދުން އަޅައިގެން ހުރެވުނު އިރު ވިޖޭ އެއްފައި ބިމުގައި ވިއްދާ އޭނާއަށް ލޯބި ހުށައެޅި ވަގުތުގައި އުފަލުން އޭނާ ފުރުނު ކަމަށެވެ. އެއީ ފެއަރީ ޓެއިލް ޕްރޮޕޯޒަލްއެއް ކަމަށް ރަދިކާ ސިފަކުރާއިރު އެމީހުންގެ ކައިވެނި ދުބާއީގައި ރެޖިސްޓާ ކުރަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގައި ކަމަށް އޭނާ ބުނެފައި ވެއެވެ.

ވިޖޭ އާއި ރަދިކާ އަށް އެމީހުން ކިޔެވި ސްކޫލުންވެސް ވަނީ މަރުހަބާ ކިޔާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަންނި

    އަޅުގަނޑަކައް ނޭނގޭ ލޯބި އެއީ ކޯޗެއްކަމެއް.

    10
    2
    • ޖިންނި

      އާ.. އެބުނާހެން މަށަށްވެސް އުޅެއުޅެ ނޭނގުނު އެއްޗެއް..

      10
      1
      • ނަހޫ

        ލޯބި އެއީ ވާ އެއްޗެއްނޫން ލޯބި އެއީ ވޭވޭ އެއްޗެއް ގޮަތައް އަޅުގަޑު ލޯބި ސިފަކުރަނީ...

        7
        1
  2. ބޯޖަލީލު

    ރުފިޔާ ، މުދަލަށް ، ލޯބި ގަދަކަމުންވެސް ވެވޭނެ ، އެއީ އަސްލު އިސްގީ ލޯތްބެއްނޫން

  3. އ. ޖ. އ

    ދާ ހިތްވިޔަސް ދެން އަނބުރާ ސްކޫލަކަށް ނުދެވޭނެ..