ކުޅިކޮށް ކާ މީހުން ދިވެހީންގެ ތެރޭގައިވެސް ގިނަ އިރު ދުނިޔޭގައި ކުޅިކޮށް ކާއެއްޗިސް ކާ މީހުން އެންމެ ގިނައީ އޭޝިޔާގައި އެވެ. ކުޅިކޮށް ކެއުމަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެކޭ ބުނާ އަޑު އަހަރުމެންގެ ތެރެއިން ވަރަށް ގިނަ މީހުން އަހަމުއެވެ. ނަމަވެސް އޭގެ ހަގީގަތް ކިޔައި ދެވެނީ ވަރަށް މަދު ބަޔަކަށެވެ. ދާދި ފަހުން މިވަނީ މިކަމުގެ ހަގީގަތް ހޯދުމަށް ދިރާސާއެއް ކޮށްފައެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ކުޅިކޮށް ކެއުމަކީ ބޮޑެތި ބަލިތަކުން ދުރުކޮށްދޭ ކަމަށެވެ. އަދި އޭގެ ސަބަބުން މީހާގެ އުމުރު ދިގުކޮށްދެއެވެ.

އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މިރުހުގައި ހުންނަ އެންޓި އިންފްލޭމަޓަރީ ބައިގެ ސަބަބުން ސިއްޚީ ގޮތުން ހަށިގަނޑަށް ވަރަށް ބޮޑަށް ފައިދާ ކުރެއެވެ. މި ފައިދާތަކުގެ ތެރޭގައި ހަށިގަނޑުގައި އުފެދޭ ޓިއުމަރު ފަދަ ތަކެއްޗަކާއި ހަނގުރާމަ ކުރުމާއި ލޭގައި ހުންނަ ގްލޫކޯޒް މިންވަރު ވަކި މިންވަރެއްގައި ބެހެއްޓުމަށް ވެސް ފަސޭހަ ކޮށްދެ އެވެ.

މިރުހުގައި ހުރި ފައިދާތައް ދެނެގަތުމަށް އެމެރިކާގެ ސައިންސުވެރިން ހެދި މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 570،000 މީހުން ބައިވެރިކޮށްފައި ވެއެވެ. މި އެންމެންގެ ސިއްޚީ ހާލަތާއި ކެއުން ކުރިޔަށް ދާ ގޮތްވެސް ދިރާސާގައި ހޯދާފައި ވެއެވެ. މި ދިރާސާ ހެދި ޓީމުން ބުނީ ކާން އެންމެ އެދެވިގެންވާ މިރުހަކީ ކޮބައިތޯ އާއި މިރުސް ކާން ޖެހޭ މިންވަރު ދެނެގަންނަން އިތުރު ދިރާސާއެއް ހަދަން ޖެހޭނެ ކަމަށެވެ.

އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް ކެއުމުގައި މިރުސް ބޭނުންކުރާ ފަރާތްތައް ތިބޭ އިރު އަނެއްބައި މީހުން މިރުސް އަޅައިގެން ކެއުންތައް ހަދަނީ ވަރަށް މަދުންނެވެ. ދިރާސާއިން ދެއްކި ގޮތުގައި މިރުސް އަޅައިގެން ކާ ފަރާތްތައް ބޮޑެތި ބަލިތައް ޖެހުން ހަތަރު ބައިކުޅަ އެއްބައި ދަށެވެ. މިއީ މިރުހުގެ ބާވަތްތަކަށް ލޯބިކުރާ މިރުސް ކެއުމަށް މީހުން ހިތްވަރުދޭ ކަމަށް ނޫނީ ނުވާނެ އެވެ. އަދި ގަވައިދުން މިރުސް ކާ ފަރާތްތަކަށް ލިބޭނެ އުފަލަކަށް ނޫނީ ނުވާނެ އެވެ.

ދިރާސާ ހެދި ޓީމުން ބުނާ ގޮތުގައި ކުޅި މިރުސް ކައިގެން ހަށިގަނޑަށް ކުރާ ފައިދާ ތަކުގެ ތެރޭގައި ބޮޑެތި ބަލިތައް ކަމަށްވާ، ހިތުގެ ބަލި އަދި ކެންސަރުފަދަ ބަލިތަކުން ދުރުކޮށްދެ އެވެ. 2017 ވަނަ އަހަރު ހެދި މިފަދަ ދިރާސާއަކުންވެސް ދައްކަނީ މިރުސް ކާ ފަރާތްތައް ބޮޑެތި ބަލިތައް ޖެހުމުން ދުރުކޮށްދޭ ކަމަށެވެ. އެފަހަރުގެ ދިރާސާގައި 16،000 މީހުން ބައިވެރިވެފައި ވެއެވެ.

ފާއިތުވި އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އާދައިގެ މަތީން ކޮންމެ ދުވަހަކު މިރުސް މީހުން ބޭނުން ކުރާނަމަ ހަގު އުމުރުގައި މަރުވާ މިންވަރު 23 އިންސައްތަ ކުޑަ އެވެ. މި ދިރާސާގައި 22،000 އިޓަލީ ރައްޔިތުން ބައިވެރިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަލަން

    ދިރާސާއެއް ވިއްޔާ ވާނެ ރިފަރެންސް ލާން.
    އެހެން ނޫން ނަމަ ދިރާސާއޭ ކިޔައިގެން ކޮންމެފަދަ އެއްޗެއްވެސް ލިޔެވިދާނެ.

    ވަގުތުން މިހެން ހަދާލެއް ގިނަ ކަމުން، ސާބިތު ނުހިފޭ މިފަދަ އެއްޗެއް ބުނެލާއިރަށް "ތިޔައީ ވަގުތު ދިރާސާއެއްދޯ" އޭ މީހުން ކިޔަނީ!!

    7
    1
  2. ހުސޭނުބޭ

    ބަލަގަ ތީގެ ހުރިހައި ވަރެއްކުރަނީ އަނެއް ކޮޅަށޭ! އުމުރުން ދިގުވާ ތަންކޮޅު އަނެއްކޮޅުން މާ ވޭންދެނިވިކޮށް ކުޑަކޮށްލައޭ!

  3. ވަޒީރެއާލާ

    އަހަރެމެން ރަށުގައި އެންމެ ކުޅިގަދަކޮށް ކައި އުޅުނީ ގޯތިއަލިބޭ. ބަތްކާއިރު ގިތެޔޮމިރުހުގެ ތިން ހަތަރު މިރުސްކާލާ. 60އަހަރުނުވަނީސް އަލިބޭ ނިޔާވެއްޖެ.