ކައިވެނިކުރިތާ 15 މިނިޓް ތެރޭގައި ދުބާއި ފިރިހެނަކު ކައިވެނި ކުރި އޭނާގެ އަނބިމީހާ ވަރިކޮށްފިއެވެ.

އެ ފިރިހެން މީހާ އޭނާގެ އަނބިމީހާ ވަރިކޮށްފައި ވަނީ ކޯޓު ތެރޭގައެވެ. މިކަން ހިނގަން މެދުވެރިވީ އެ އަންހެން މީހާގެ ބައްޕަގެ ޑިމާންޑްތަކާއި ހެދި ފިރިހެން މީހާ ރުޅި ގަދަވެގެންނެވެ.

ކައިވެނި ކުރާތަނުން އެ ފިރިހެން މީހާ ވަނީ އޭނާ ކައިވެނި ކުރި އަންހެން މީހާގެ ބައްޕައަށް އެއްލައްކަ ދިރުހަމް ދޭން ނިންމާފައެވެ. އެއީ އެ އަންހެން މިހާގެ ބައްޕަ އޭނާ ކައިރިން ޑިމާންޑް ކުރި ގޮތެވެ. ނަމަވެސް އެ މީހާ ފައިސާ ނުލިބިގެން މާބޮޑަށް ތެޅި ގަތުމުން އެ ފިރިހެން މީހާ ރުޅިއައީއެވެ.

އެ ކައިވެނި ކުރުމަށް ކޯޓަށް އެ އަންހެން މީހާ އާއި އޭނާގެ އާއިލާ އަދި ރަހުމަތްތެރިންވެސް ދިޔައެވެ.

އެ ފިރިހެން މީހާ ވަނީ ކައިވެނީގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ކޯޓުން ނުކުތުމުގެ ކުރިން ފައިސާއަށް ދަހިވެތިވެފައިވާ އެ އަންހެން މީހާގެ ބައްޕައަށް 10000 ދިރުހަމް ދީފައެވެ. އެއީ އޭނާގެ އަތުގައި އެވަގުތު ހުރި ވަރެވެ. އަދި ޕާޓީއަށްފަހު ބާކީ ހުރި ފައިސާދޭނެކަމަށް އެ ފިރިހެން މީހާ ބުންޏެވެ.

ނަމަވެސް އެ މީހާ ގޮތްދޫނުކުރިއެވެ. އޭނާ ވަގުތުން ފައިސާ ދޭން ބުންޏެެވެ. އެ ފިރިހެން މީހާ ބުނިގޮތުގައި، ބާކީ ހުރި އެ ފައިސާ ހުރީ އޭނާގެ ކާރުގައެވެ. އެ ކާރުގައި ހުރި ފައިސާތައް ބަލާ ދާން ނަގާނީ ފަސް މިނިޓް ކަމަށް އެ ފިރިހެން މީހާ ބުންޏެވެ. ނަމަވެސް އެ އަންހެން މީހާގެ ބައްޕަ އެ ފިރިހެން މީހާ އެ ފައިސާ ބަލާ ނުފޮނުވިއެވެ. އޭނާ ބުނީ، އޭނާގެ ރަހުމަތްތެރިޔަކު ފޮނުވައިގެން ފައިސާ ނެގުމަށެވެ.

މިކަމާއި އެ ފިރިހެން މީހާ ވަރަށް ބޮޑަށް ރުޅިއައެވެ. އަދި ވަގުތުން އެ އަންހެން މީހާ ވަރިކޮށްފިއެވެ.

މިއީ މިހާ އަވަހަށް ރޫޅުނު ފުރަތަމަ ކައިވެންޏެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނޫން

    ސާބަސް ކަލެޔަށް ތީފިރިހެނެއް..

  2. ދުރައިހަމް

    މިހާރު އޮންނާނީ ރަނގަޅަށް ދިރުހަމް ބޮނޑި ލިބިފައި ?

  3. އެފައިސާ މިފައިސާ

    ދިވެހި އަންހެނުންވެސް ކުރާ ޑިމާންޑް ވަކި ކުޑައެއްނޫން. އަންހެން މީހާގެ މުޅި އާއިލާ ނުބެލެހެއްޓޭ ވަރުގެ މީހަކާ މިހާރު ދިވެހި އަންހެނުން ކައިވެނި ނުކުރޭ !

    • ޥވވ

      ވަރަށް ބޮޑު ތެދެއް

  4. ނުރަބޯ

    އާނ ކެތްތެރިކަން ނެތިއްޔާ ތިޔަކަހަލަ ބޮނޑިލިބޭނެ. ރަނގަޅު.

  5. އޭނަ

    ޢަނބިމީހާ ކާންދިނީމާ ކައިގެންޢުޅޭ ފިރިހެނުން ވެސް މަދެއް ނުޫން

  6. ޖޯރޭ

    އަނގަގަދަ މިތުރަށް ވީހެން ތިވީ