ޕްރިޒަން ބްރޭކްގެ އިތުރު ސީޒަނެއް އުފައްދަން އުޅޭ ޚަބަރާއިއެކު އުފަލާއި ހިތްހަމަޖެހުން އިހްސާސް ކުރަމުން ގެންދާ މީހުންނަށް މިފަހަރު މިއޮތީ މިސީޒް އާއި ގުޅޭ ގޮތުން ލިބޭނެ އެންމެ ހިތާމަވެރި ޚަބަރެވެ. އެއީ މުޅި ސީރީޒްގައި މައި ކެރެކްޓާ ކަމަށްވާ މައިކަލް ސްކޯފީލްޑް އަސްލު ނަމުންނަމަ ވެބްވޯތު މިލާ ސީރީޒް އިން ވަކިވި ޚަބަރެވެ.

އުމުރުން 48 އަހަރުގެ މިލާ ބުނެފައި ވަނީ އޭނާ ޕްރިޒަން ބްރޭކް އިން ވަކިވީ އޭނާގެ ޖިންސީ ކަންކަމާއި ގުޅޭ ގޮތުން ގެންގުޅޭ ތަފާތު ކުރުންތަކުގެ ސަބަބުންނެވެ. މިލާ ވަނީ މީގެ އެތައް އަހަރެއް ކުރިން އޭނާ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއްކަން އަމިއްލައަށް އިއުލާން ކޮށްފައެވެ.

މިލާ ވަނީ އޭނާ ސީރީޒް އިން ވަކިވުމުން ހިތާމަކުރާ ބެލުންތެރިންގެ ކިބައިން މާފަށް އެދިފައެވެ.

2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމައަށް ޕްރިޒަން ބްރޭކްގެ ހަތަރު ސީޒަން ގެނެސް ދިނެވެ. ފްރޭމްކޮށް ޖަލަށް ލާފައި ހުރި ބޭބެ ސަލާމަތް ކުރަން މީހަކު ކުރާ މަސައްކަތް އެއިން ދައްކުވައި ދެއެވެ. ނަމަވެސް ޖަލުން ސަލާމަތްވި ނަމަވެސް އެމީހުންނަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ވަކިތަކުން ސަލާމަތެއް ނުވެވުނެވެ. 2017 ވަނަ އަހަރު ޕްރިޒަން ބްރޭކްގެ އިތުރު ސީޒަނެއް ގެނެސްދިނެވެ. އަނެއްކާ މިއަހަރު އެސީރީޒްގެ އާސީޒަނެއްގެ މަސައްކަތް ފެށިކަން ބައެއް ތަރިން ވަނީ މީސް މީޑިއާގައި ކަށަވަރު ކޮށްދީފައެވެ.

ޕްރިޒަން ބްރޭކްގެ އާސީޒަނެއް އުފައްދާކަން ފޮކްސް އިން އަދި ކަށަވަރެއް ނުކޮށްދެއެވެ. މައިކަލް ސްކޯފީލްޑް ސީރީޒް އިން ވަކިވުމުން ދެން ވެގެން ދާނެ ގޮތް ސާފުކުރަން މީޑިއާތަކުން ފޮކްސް އަށް ގުޅުމުން ވެސް އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހޫ

    މައިކަލް ސްކޯފީލްޑް އެކްޓަރަކީ ސަދޫމް ކުޅި މީހެއް. ޔާ ﷲ، އަޅަމެން މި ފަސާދައިން ސަލާމަތް ކުރައްވާންދޭވެ. އަދި ސީރީސް އާއި ފިލްމު ބެލުމުގެ ފަސާދައިން އަޅަމެން ސަލާމަތް ކުރައްވާންދޭވެ.

    41
    3
    • އޭބުރޯޖ

      އޭ މަވެސް މިއައީ ތިޔަވާހަކަ ބުނަންވެގެނޭ، އަސްލު ބުނަން ދެތިންފަހަރު މަ އެ ސީރީޒް ބެލިއިރުވެސް ނޭނގެ އޭނަގެ ހަގީގަތެއް، މި އަހަރު ތެރޭ އެނގުނީ އެއީ އެކަހަލަ ސޮރެއްކަން!

      2
      1
  2. ޟަރީ

    ވެންޓްވޯރތު މިލާރ އަސްލު ނަމަކީ