އުމުރުން ހަ އަހަރުގެ ކުޑަ ކުއްޖަކު، ދުނިޔޭގެ އެންމެ ހަގު ކޮމްޕިއުޓަރު ޕްރޮގްރާމާގެ ރިކޯޑު ގާއިމުކޮށްފިއެވެ.

މި ރިކޯޑު ގާއިމު ކުރީ އިންޑިއާގެ އަހުމަދުއާބާދުގެ އަރުހަމް އޯމް ތަލްސާނިއާއެވެ.

ދެ ވަނަ ގުރޭޑުގައި ކިޔަވަމުން އަންނަ އަރުހަމު ވަނީ ޕިއާސަން ވީޔޫއީ ޓެސްޓް ސެންޓައިން މައިކްރޯސޮފްޓް ސެޓަފިކޭޝަން އެގްޒާމް ހަދައިފައެވެ. އަރުހަމު މި ރިކޯޑު ހޯދާފައި ވަނީ ޕައިތޮން ޕްރޮގްރާމިން ލޭންގުއޭޖު ކުލިއަ ކުރުމަށް ފަހުގައެވެ.

އޭއެންއައިއަށް އަރުހަމު ބުނީ އުމުރުން ދެ އަހަރުގައި ޓެބްލެޓްސް ބޭނުން ކުރަން ފެށި ކަމަށެވެ. ކޯޑިން ދަސްކޮށްދީފައިވަނީ އޭނާގެ ބައްޕަ ކަމަށާއި އުމުރުން ތިން އަހަރުގައި އައިއޯއެސްއާއި ވިންޑޯސްގެ ގެޖެޓްސް ގަނެ ޕައިތޮން ޕްރޮގުރާމިން ދަސްކުރަން ފެށި ކަމަށެވެ.

ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ލިބުނު ގޮތް ކިޔައިދެމުން އަރުހަމު ބުނެފައިވަނީ އޭނާއަށް ޕައިތޮންގެ ސެޓްފިކެޓް ލިބުމުން ކުދިކުދި ގޭމްތައް އުފެއްދުމުގެ މަސައްކަތް ކުރި ކަމަށާއި އޭގެ ދުވަސްކޮޅެއްފަހުން ގިނަސް ވޯލްޑް ރިކޯޑުން އެކަމުގެ ހެކި ފޮނުވުމަށް އެދިފައިވާ ކަމަށެވެ. އޭގެ ފަހުން އޭނާ އަށް ރެކޯޑު ދިނީ ކަމަށް ވެސް އަރުހަމް ބުނެފައިވެއެވެ.

އަރުހަމް އޭނާގެ ދެކެމުންދާ ހުވަފެންތައް އޭއެންއައިއާއި ހިއްސާކުރަމުން ބުނެފައިވަނީ އޭނާ ބޭނުންވަނީ އަމިއްލަ ވިޔަފާރިއެއް ފަށައި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެދިނުން ކަމަށާއި އަދި ތަފާތު އެކި އެޕްލިކޭޝަންތަކާއި ގޭމުތަކާއި ކޯޑިން ސިސްޓަމްތައް އުފެއްދުމަށް ކަމަށެވެ.

އަރުހަމުގެ މި ކާމިޔާބީގެ ފަހަތުގައި ހުރީ އޭނާގެ ބައްޕަ އޮމް ތަލްސާނިއާއެވެ. އޭނާއަކީ ސޮފްޓްވެއަ އެންޖިނިއަރެކެވެ. ޕްރޮގުރާމިންގެ އަސާސީ ބައި އަރުހަމުއަށް ދަސްކޮށްދިނީ ވެސް އޮމް ތަލްސާނިއާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތަނެއްގަ ރިކޯޑެއް ހަދަންޠާ ބަލާނެ ކަމެއް ވެސް ނެތް މި އިންޑިއާމީހުން އުޅޭނެ، ައަބުވެސް އެކަން ނުކުރެވިގެން އުޅެނީ، ރާއްޖޭގަ ދަރިންނަށް ސްކޫލު ސެޓްފިކެޓް ހޯދާދޭން ވެގެން ބެލެނިވެރިން އުޅޭ ގޮތަށް އިންޑިޔާ މީހުން އެމީހުންގެ ދަރިން ކުޑަ އިރުއްސުރެ ހާނުވަނީ ރެކޯޑަކަށް، އެ ހޮޔޮ ކޮންމެ ކަމެއް ވިއަސް