ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި އަނބިކަނބަލުން ފަޒްނާ މުހައްމަދު (ފަޒޫ) އާއި ދެ ބޭފުޅުންނަކީވެސް ކަސްރަތަށް ލޯބިކުރައްވާ ދެ ބޭފުޅުންނެވެ. އެގޮތުން ވެރިކަމަށް އައުމުގެ ކުރިން ވެސް ދުޅަހެޔޮކޮށް ހުންނެވުމަށް ރައީސް އާއި، އަނބިކަނބަލުން ފަޒްނާ އާއި ދެ ބޭފުޅުންވެސް އައީ ޚާއްސަ ސަމާލުކަމެއް ދެއްވަމުންނެވެ.
ދުވާލުގެ ކޮންމެވެސް ވަގުތެއް ކަސްރަތަށް ހުސް ކުރައްވަން އަބަދުވެސް މަސައްކަތް ކުރައްވާކަން މީގެ ކުރިން މި ދެ ބޭފުޅުންވެސް ވަނީ ހާމަކުރައްވާފައެވެ. އަދި ރައީސްގެ އަނބިކަނބަލުން ފަޒްނާ ފާހަގަކުރެވެނީ، އިޖުތިމާޢީ މެސެޖުތައް ދިނުމަށް ބާއްވާ ކުޅިވަރުތަކާއި، ޚާއްސަ ދުވަސްތައް ފާހަގަކުރުމަށް ބާއްވާ އިވެންޓުތަކުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތެއްގެ ގޮތުގައެވެ.
އަދި ތަފާތު އެކި މަޤްސަދުތަކުގައި ކުރިއަށް ގެންދާ މެރަތަން ނުވަތަ ދިގު ދުވުމުގެ ހަރަކާތްތަކުން އާއްމުކޮށް ފެންނަ މީހަކަށް އެކަމަނާ ވާއިރު، މިއަދު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ރައީސް ވަނީ ފަޒްނާ މިހާރު ގިނަ ވަގުތުތަކެއް މެރަތަންގެ ތަމްރީންތައް ހޯއްދެވުމަށް ހޭދަކުރައްވާކަން ފާހަގަކުރައްވާފައެެވެ.
"އަޅުގަނޑަކަށް ނުވޭ އެހާ ވަގުތެއް އިނގޭތޯ. އަޅުގަނޑު އަންހެނުން ފަޒޫއަކީ މެރަތަންގައި މިހާރު އެ އުޅުއްވަނީ. އެއަށް ޓްރެއިންކުރުމުގައި އަބަދުވެސް އެ އުޅުއްވަނީ. ވަރަށް ގިނަ ވަގުތު އެކަމުގައި ހޭދަކުރައްވާ. އެގޮތުން އަޅުގަނޑަށް ވުރެ މާގިނަ އިރު މާ ދުރަށް ދުވާނެ. އެއީ ޔަޤިންކަމެއް. ފިޓްނަސް ހިފެހެއްޓުމަށް އަޅުގަނޑުވެސް ކުރަން. އަޅުގަނޑަށް 30 މިނިޓް. އަޅުގަނޑަށް މިހާރަކު ނުހިފެހެއްޓޭނެ. ކުރިން ނަމަ ވާނެ." އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިހާރު އެކަމަނާ އެމަނިކުފާނަށް ވުރެ ގިނަ ވަގުތު، އެމަނިކުފާނަށްވުރެ ދުރަށް ދުވެވަޑައިގަންނަވާނެކަން ޔަޤީންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެއާއިލާއަށް އޮތީ ސޯޓުބުރިލައިގެން ދުވުމާއި މޫދަށް އެރިމަޖާ ކުރުމާއި ބަގާވާތް ކުރުން. ފިރިކަލުންގެ ވެރިކަންވެސް ބަގާވާތަކުން ނިންމަން އުޅޭ ބައެއް ދުވެލާނެ ވަރު އެގޭނެތާ. އާއިލާތެރޭގައި ވިޔަފާރި ލާރި ގުނަން ގެންގުޅުނު އަޅު ކުއްޖަކަށް ތާޖު މިއެޅުނީ. ދެން މިކަމެއް ހަޖަމެއް ނުވާނެތާ
ވަގު އަލީ ޒާހިރުވެސް އެބަ ފެނޭ.
سبحانالله! ވަލީއުލްޢަމްރާއި އަނބިކަނބަލުންްް މިދައްކަވަނީ ކޮންފަދަ ނަމޫނާ އެއްތޯ! އެއްގޮތަކަށް ވެސް އައުރަ ނިވާ ނުވޭ!
"ނުހިފޭވަރުގެ ބައެއްނަމަ ނުނަގާށެދެން ކޮޑަށް
ލުހިގޮސްތިމާގެ ހިތްވަރު ބުންވަރު އެލެންޏަކާ"
މިކަންވެސް ބަޔަކަށް ހަޖަމު ނުވެގެން އެބައުޅޭ.
މު ރުތައްދުންނަށް ހަޖަމު ނުވާނެ " ޖިހާދު "
މީތަ ދުޢާދެނއނެވިފަދަ ވެ ރިއަކީ
ދުވާދެއްވި ރައީސެއްގެ ހުންނަންޖެހޭސިފަތައް
1. ﷲ އަށާއި ރަސޫލާއަށް ފުރައްސާރަކުރީމަ އެބަޔަކަށް ފިޔަވަޅުނާޅާ ހަނުހުރުން
2. ރޭޕް ކުރާމީހުންނަށް ހިތްވަރުދީ ހޯރައިއްބެ ދޫކުރުން
3. އައުރަ ނިވާނުކޮށް މުޖުތަމައަށް ހާމަވުމާއި އެއީ ރަގަޅުކަމެއްކަމަށް ރައްޔިތުންނަށް ދެއްކުން
4. އިސްލާމުންނާއި އެންމެ ދުޝްމަންގައުމުތައް ކައިރިކޮށް އެނޫން ގައުމުތަކާ ދުރުވުން
5. ކޮވިޑްގެ ގައިދުރުކުރުމަށް ފުރަތަމަވެސް މިސްކިތްތަކުގަ ތަޅުއެޅުވުން
6. މުރުތަދުވާމީހުން އަރިސްބަޔަކަށްހެދުން އަދިވެސް ބައިވަރު
ސިއްކަ ފެމެލީ އައްޗީޑި
ސޯލިހައްވުރެ ރަނގަޅައް ފަޒްނާ ވެރިކަންވެސް ކުރައްވާނެ ، އިސްތިއުފާ ދެއްވަންވީނުން...؟؟؟؟