މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދި ހަސަން އިރުފާން (ޒަކިއްޓެ) ގިނަ ބަޔަކަށް ކަމުދިޔައީ އެނާގެ ސަކަ މިޒާޖުގެ ސަަބަބުންނެވެ. އަދި ލަވަކިޔުމުގެ ހުނަރުގެ އިތުރުން ހުށަހަޅާ ދިނުމުގައި އޭނާ ގެންގުޅޭ ތަފާތު އުސްލޫބުގެ ސަަބަބުން ގިނަ ބަޔަކަށް އޭނާ ވަނީ ކަމުގޮސްފައެވެ. އަދި ފަންނާނުންގެ ލަވަތައް ހުށަހަޅާދޭއިރު ވެސް ޒަކިއްޓެ ފާހަގަ ކުރެވެނީ އަމިއްލަ ވަންތަގޮތަކަށް އެ ލަވަތައް އަތުރާލާ ތަފާތު ފަންނާނެއްގެ ގޮތުގައެވެ.

ގިނަ ދިވެހި ފަންނާނުންނާއި ޚިލާފަށް އަބަދުވެސް ޒަކިއްޓެގެ ލަވަތައް އޭނާގެ ފޭނުންނާއި ހަމައަށް އޭނާ ދަނީ ގެނެސްދެމުންނެވެ. އެއް ލަވަ އާއި އަނެއް ލަވަ އާއި ދެމެދު މުޅިންހެން ގެއްލިފައި ހުރުމަށް ފަހު ފެންނަ ތަރިން ދިވެހިންގެ ތެރޭގައި ގިނައެވެ. އެކަމަކު ޒަކިއްޓެގެ ހުނަރުވެރި ހުށަހެޅުމެއް ދިވެހިންނާއި ހަމައަށް ދޭތެރެއަކުން ނުފެނި ނުދެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މީގެ ކުރިން ލައިވްކޮށް ކުރިއަށް ގެންދާ ހަފްލާތަކާއި، ސްޓޫޑިއޯތަކުން ވެސް ޒަކިއްޓެގެ ރީތި ހިއްގައިމު ހުށަހެޅުންތައް ފެނިގެން ދިޔަ އިރު ކޮވިޑް-19ގެ ބަލިމަޑުކަމާއި އެކު ހުރިހާ ފަންނާނުންނާއި ދިމާވާ ގޮންޖެހުންތައް އޭނާ އަށް ވެސް ދިމާވިއެވެ. އެ ހާލަތުގައި ވެސް އޭނާ ވަނީ ގޭގައި ތިބި އާއްމުންނަށް ލަވަ ހުށަހަޅާދީގެން އާމްދަނީ ހޯދާފައެެވެ. ރިކުއެސްޓް ކުރުމުން ލަވަތައް ހުށަހަޅާ ދިނުމަށް ޒަކިއްޓެ ނިންމުމުން އެތައް ބަޔަކު ވަނީ އެ މީހަކު ބޭނުންވާ ލަވައެއް ކިޔާދުމަށް އެދި ހުށަހެޅުންތައް ބަންޑުންކޮށްލާފަައެވެ.

މީގެ އިތުރުން، ޒަކިއްޓެގެ ވަރަށް ހިތްގައިމު ކަވަރު ލަވަތަކާއި އަމިއްލަ ލަވަތައް ވެސް ދާދިފަހުންވެސް ފެނިގެން ދިޔައެވެ. އޭގެ ތެރެއިން އެއް ލަވަަޔަކީ މިދިޔަ ހަފްތާގައި އޭނާ ހުށަހަޅާދިން ހުށަހެޅުމެވެ.

My buddy from the other side #maldives Give him a podium in Europe 👍💪 #maldives Zakitte Hasn

Posted by Marty van Asten on Monday, November 9, 2020

އަމިއްލަ ރާގުތަކަށް ލޯބިކުރާ ޒަކިއްޓެ މިހާރު ކުރާ މަސައްކަތްތަކާއި މެދު "ވަގުތުން" ސުވާލު ކުރުމުން އޭނާ ބުނީ މިހާރު ކުރަމުން ދަނީ އޭނާގެ ދެވަަނަ އޯޑިއޯ އަލްބަމްގެ މަސައްކަތް ކަމަށެވެ.

" ގިގްސް ވަރަށް ނުލިބޭ މިދުވަސްކޮޅުގެ ގޮތުން. މިހާރު މި ކުރަނީ ދެވަނަ އަލްބަމްގެ މަސައްކަތް. އަމިއްލަ ރާގުގެ އަލްބަމްއެއް. އަންނަ އަހަރު މެދެއްހާ ހިސާބުގައި ނިންމާލެވެނެ ކަމަށް މި ބަލަނީ." އޭނާ ބުންޏެވެ.

އޭނާގެ "އެގާރަ އެގާރަ" އަލްބަމްގައި ހިމެނެނީ 11 ލަވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަމްބަރ 1 ފޭން

    ޢައި ލިޓަރަލީ ލަވް ހިމް ސޯ މަޗް. މީހުން ކިޔާ އެއްޗަކަށް ނުބަލާ ޔޫ ރޮކް.

  2. ހަސަނުބެ43434

    ހޫ ކެއާސް.. ސީރިއަސްލީ.. ހޫ؟؟؟؟

    8
    1
  3. ހޯސް

    ޔޫ

    1
    5
  4. ހުސޭނުބޭ

    އުސްލޫބޭ.......... ފަލްސަފާއެއްނޫންތަ؟ ނޫނީ ނަޒަރިއްޔާތެއްނޫންތަ؟ ދެން ތާކު މީހަކު ފާޑަކަށް ތެޅިގަތަކަސް އެއީ އުސްލޫބެއްތަ؟