ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ރާއްޖެ އައި ޚަބަރު މީގެ ދުވަސްކޮޅެއް ކުރިން ވާނީ މީޑިއާއިން ފެނިފައި ނޫނީ އަޑު އަހާފައެ

އޭނާ ރާއްޖެ އައިސްފައި ވަނީ ގާތް ރަހުމަތްތެރިޔާ މޭކަޕް އާޓިސްޓް ޑޭނިއަލް ސީ ބައޮރް އާއި ސެލެބްރިޓީ ހޭއާ ސްޓައިލިސްޓް ގެބްރިއަލް ޖަވްރްޖީއޯ އާއެކުގައި އޭނާގެ ފޮޓޯ ޝޫޓެއްގައި ބައިވެރިވުމުގެ އިތުރުން ޗުއްޓީ ހޭދަކޮށްލާށެވެ.

ކެޓްރީނާ ވަނީ މުމްބާއީ އެއާޕޯޓުގައި ހުރެފައި މޭކަޕް އާޓިސްޓް ޑޭނިއަލް ސީ ބައޮރްގެ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީއަށް ލުމަށް ފަހު އޭނާގެ ފޮޓޯޝޫޓްގެ ވާހަކަ ހިއްސާ ކުރި ހިސާބުން ފޭނުން ތިބީ އެ ފޮޓޯ ޝޫޓްގެ އިންތިޒާރުގައެވެ.

އެ ފޮޓޯ ޝޫޓުގެ ބައެއް މަންޒަރުތައް އޭނާ ވަނީ އާއްމުންނާއި ހަމައަށް ދޫކޮށްލާފައެވެ.

އޭނާ އާއްމުކޮށްފައި ވަނީ ސޮނެވާ ފުށީގައި ހުރެ ނަގާފައިވާ ފޮޓޯއެއް ކަމަށް ވާއިރު އެ ފޮޓޯ އާއްމުކޮށް އޭނާ ވަނީ އެ ހެދުމަކީ ފެޝަން ޑިޒައިނާ ފަލްގުނިޝަންޕީކޮކް ބްރޭންޑްގެ ހެދުމެެއް ކަން ކަޓްރީނާ ވަނީ ބުނެފައެވެ. އެ ފޮޓޯ ޝޫޓަށް މޭކަޕް ކޮށްފައި ވަނީ އޭނާގެ އަމިއްްލަ ބްރޭންޑް ކަަަމަށްވާ ކޭބައިކެޓްރީނާގެ މޭކަޕްތައް ބޭނުންކޮށްގެން ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ.

ފޮޓޯ ޝޫޓާއި ޗުއްޓީއަށް ފަހު ކެޓްރީނާ މިހާރު އަނބުރާ މުމްބާއި އަށް ދިޔަ އިރު ހުރީ ފިޔާތޮށި ކުލައިގެ ގަޔަށް ދޫ ހެދުމެއް ލައިގެންނެވެ.

ކެޓްރީނާ އަކީ އާއްމުކޮށް ދަތުރުކުރާއިރު ވަރަށް ސްޓައިލިޝްކޮށް ހެދުން އަޅާ މީހަކަށް ވާތީ އޭނާ ހެދުން އަޅާފައި ހުރި ގޮތުން އަވީގައި އުޅުމުން އޭނާ އަނދާފައި ހުރިކަމަށް ލަފާކުރެވޭ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ " ބޮލީވުޑް ބާއި" އިން ވަނީ ބުނެފައެވެ.

އަދި އެއާޕޯޓުން އޭނާ ފެނުނު ބައެއް މީހުންވެސް އޭނާ ހުރީ ރަތް އަރާފައި ކަމަށް ބުނެފައިވާކަން އެ ޕްރޮގްރާމްގައި ވަނީ ފާހަގަކޮށްފައެވެ. ކެޓްރީނާ އަކީ ވަރަށް ނާޒުކު ހަންގަނޑެއް ހުންނަ މީހެއް ކަމަށް އޭނާ ވަނީ މީގެ ކުރިންވެސް ބުނެފައެވެ.