ކަރަންޓަށް އެލާޖިކް ވާކަން އެނގުނު ހިސާބުން ފެށިގެން މީހަކު އޭނާގެ އަމިއްލަ ގޭގައި ބަންދުވެފައި ހުންނަން ޖެހިއްޖެ އެވެ. ރޮތްވެލްގެ އަވަށެއްގައި ދިރިއުޅޭ 48 އަހަރުގެ ބްރޫނޯ ބެރިކް އާދައިގެ ދިރިއުޅުމެއްގައި އުޅެނިކޮށް އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްދީ ސިއްހީ ގޮތުން ދިމާވާން ފެށި މައްސަލަ ތަކެއްގެ ސަބަބުންނެވެ. ކުއްލިކުއްލި އަށް ހޭނެތުމާއި އަނދާ ކަހަލަ އިހުސާސްތަކެއް ވުމާއި ބަރުދަން ލުއި ވުން ފަދަ ކަންކަން ދިމާވާން ފެށިއެވެ.

ތިންކުދިންގެ ބައްޕައެއް ކަމަށްވާ ބެރިކް އަށް އޭނާ ކަރަންޓައް އެލާޖިކް ވާކަން ދެނެގަނެވުނީ އެތައް އަހަރެއް ފަހުންނެވެ. މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ އިލެކްޓްރޯ ސެންސިވިޓީ، ނޫންނަމަ އިލެކްޓްރޯމެގްނެރިކް ހައިޕަސެންސިވިޓީ، އިލެކްޓްރޯ ފޯބިޔާ ނޫންނަމަ އިލްކްޓްރޯ ފިލްޑް އިންޓޮލެރެންސް ސިންޑްރޮމް އޭނާގެ ގައިގައި ހުރިކަން ދެނެގަނެވުމުން މުޅި ދިރިއުޅުން ބަދަލުކޮށްލަން ޖެހުނެވެ.

ކުރީގައި އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކޮށް އާމްދަނީ ހޯދަމުންދިޔަ ބެރިކް އުޅެނީ އޭނާގެ 11 އަހަރު ވަންދެން އެކީގައި އުޅޭ އަނބިމީހާ 34 އަހަރުގެ ލިސާ ޗެމްބާސް އާއި އެކުގަ އެވެ. އެމީހުންގެ ތިން އަންހެން ދަރިންނާއެކުގައި ދިރިއުޅޭއިރު ބެރިކްމުގެ ހުންނަނީ 5ޖީ އާއި ރޭޑިއޯ ވޭވްސް ގޭގެ ތެރެއަށް ނުވަންނަ ފަދަ ކުލައެއް ގޭގައި ލައިގެންނެވެ. އަދި ގޭގައި އެ އާއިލާ އުޅެމުން ގެންދަނީ ކަރަންޓުން ބޭނުންކުރާ މިންވަރު ވަރަށް މަދުކޮށްގެންނެވެ. އަދި ޢާންމު ދިރިއުޅުމުގައި އުޅޭ ގޮތާއި ތަފާތައް ރޭގަނޑު ވުމުން ގެއިން ބޮކިތައްވެސް ނިއްވާ ޓީވީ ބެލުމެއްވެސް އެގޭގައި ނޯވެ އެވެ.

ބެރިކް ބުނީ ބައެއް މީހުން އޭނާ އަކީ މޮޔައެއް ކަމަށް ދެކޭ ކަމަށާއި ނަމަވެސް އޭނާ އަކީ އާދައިގެ މީހެއް ކަމަށް ބެރިކް ބުނެއެވެ. ބައެއް މީހުން އެ އާއިލާ ސިފަ ކުރަނީ 5ޖީ މޮޔައިން ތަކެއް ކަމަށް ބެރިކް ބުނާއިރު އޭނާ ބުނީ އޭނާގެ ކުރިމަތީގައި ފޯނުން މީހަކު ކުޅުމުން އޭނާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަނެވޭނެ ކަމަށެވެ. އެއްވެސް މީހަކަށް އެއީ ނުވާކަމަކަށް ނެހެދޭނެ ކަމަށް ބެރިކް ބުނާއިރު އޭނާ ބުނީ އޭނާ އަކީ އޭގެ ދިރިހުރި މިސާލެއް ކަމަށެވެ.

ބެރިކް ބުނެފައި ވަނީ ހަތަރު އަހަރު ވަންދެން ވެގެން އުޅޭ ކަމެއްގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރެވުނު ކަމަށެވެ. އޭނާ ބުނީ ޑޮކްޓަރުންނަށް އެކަން ދެނެގަންނަން އުނދަގޫވުމާއި ގުޅިގެން 200،000€ ހަރަދުކޮށް އެމެރިކާ އަށާއި ޖަރުމަން ވިލާތަށްވެސް ވެގެން އުޅޭގޮތް ހޯދުމަށް ދަތުރުކުރި ކަމަށެވެ. އެމެރިކާގެ ވެސްޓް ކޯސްޓް ސިޓީ އޮފް ސީޓެލް ގައި ހެދި ޓެސްޓަކުން އޭނާ ޕެސްޓިސައިޑް އަށް ފައްސިވިކަމަށް ބުނެފައި ވެއެވެ. އަދި އެއީ އޭނާ ދިރިއުޅޭ ހިސާބާއި ކައިރީ ހިސާބެއްގެ ފާމަކުން ޕެސްޓިސައިޓް މަރާލުމަށް ޖަހަމުންދިޔަ ވިހައެއްގެ އަސަރު އޭނާ އަށް ކުރީ ކަމަށް ބުނެފައި ވެއެވެ.

ބެރިކް ބުނީ އޭނާ ބްރައިޓޮން ގައި ބޭއްވި ސެމިނާއަކަށް ދިޔަ ކަމަށާއި އެ ސެމިނާ ނަގައިދިން މީހާ އަކީ ވެސް އޭނާ ފަދައިން ކަރަންޓަށް އެލާޖިކް ވާފަދަ ބައްޔެއް ކުރިން ތަހަންމަލު ކުރި މީހެއް ކަމަށް އޭނާ ސިފަކޮށްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައިވަރު ޑޮކްޓަރުންވެސް އެ ސެމިނާއަށް ދިޔަ ކަމަށް އޭނާ ބުނެފައި ވެއެވެ. ޖިއޮފް ސިމޮންޑް ނަމަކަށް ކިޔާ މީހާގެ ސެމިނާއަށް ދެވުމުން ބެރިކް އަށް ކުޑަ ނަމަވެސް ހިންހަމަޖެހުމެއް ލިބިފައިވާއިރު ބަލިން ސަލާމަތް ވާން ގޭގައި ވައިފައި ނެޓްވޯކް، ފޯނުފަދަ ތަކެތިން ދުރުވާން ޖެހެ އެވެ.

މިހާރު ބެރިކް އުޅެމުން ދަނީ ރައްކާތެރި މާހައުލެއްގައި ކުރިއަށްވުރެ ހިންހަމަޖެހިގެންނެވެ. އަދި އާއިލާ އާއި އެކީ ބެރިކް މިހާރު އުޅެމުން ދަނީ އުފަލުގައި އެވެ.

ކިޔުންތެރިންގެ ހިޔާލު