މިއީ ޝަހުމާ މުހައްމަދު (ޝަހޫ) އެވެ. ކޭކު އެޅުމާއި، ކޭކުގައި އައިސިންގ ޖެހުމަކީ މިއަދު އޭނާއަށް އުނދަގޫ މަސައްކަތެއް ނޫނެވެ. ވެޑިންގތަކަށާއި، ޕާޓީތަކަށް އޭނާ ކޭކު އަޅައެވެ. މީހުން އޭނާގެ މަސައްކަތް ބަލައިގަނެ ތައުރީފުވެސް ކުރެއެވެ.

ކޭކެއް އަޅައިދޭނެ މީހަކު ނުލިބިގެން އެންމެ ފަހުން އަމިއްލައަށް ކޭކު އަޅަން ކޯހެއްގައި ބައިވެރިވީ

"ދަރިފުޅުގެ އުފަން ދުވަހަށް 2016 ކޭކޭއް އަޅަން ބޭނުންވެގެން، ނުލިބުނު ކޭކެއް އަޅައިދޭނެ މީހެއް. ނުލިބިގެން އުޅުނީމަ ހިތައް އެރީ އަމިއްލައަށޭ އަޅާނީ. އަމިއްލައަށް ކޭކު އަޅަންވެގެން އައިސިންގ ކޭކު އަޅަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވީ"

ޝަހޫގެ ކޭކެއް

އެ ކޯހުގައި ބައިވެރިވި ފަހުން ކުރާ ހިތްވީ ބޮޑަށް

"އަބަދުވެސް ކުރާހިތްވާކަމެއް ކޭކު އެޅުމަކީ ކުޑައިރުން ފެށިގެންވެސް. ކުރިން ސްކޫލްގައި އުޅުނުއިރުވެސް ކޭކު ކޯހެެއްގައި ބައިވެރިވިން. ވަނައެއްވެސް ލިބުނު. ދޮންތައަކީވެސް ކޭކު އަޅާ މީހެއް. ދެން ކޭކު އަޅަން އެހެން އުޅޭއިރު ހެލްޕްކޮށްދެން. އެގޮތަށް ހެލްޕްކޮށްދީ އުޅޭތީ ކަންނޭގެ ކުރާހިތްވާން ފެށީ"

ޝަހޫ ތައްޔާރުކޮށްފައިވާ ވެޑިންގ ކޭކެއް

އެކި އޮކޭޝަންތަކަށް ކޭކު އަޅައިދެން

"ކޭކު އަޅަން ފުރުސަތު ލިބޭ. އާއްމުކޮށް ލިބެނީ އުފަން ދުވަހުގެ ކޭކު އަޅަން. ވެޑިންގތަކަށްވެސް އަޅައިދީފައި ހުންނާނެ ކޭކު"

ޝަހޫ ތައްޔާރުކޮށްފައިވާ ކޭކެއް

އެންމެ ބޭނުންވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޝަންއެއްގައި ބައިވެރިވުން

"މި ދާއިރާގައި އެންމެ ބޮޑަށް ބޭނުންވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޝަންއެއްގައި ބައިވެރިވެގެން ވަނައެއް ލިބުން. އެއީ ވަރަށް އުފާވާނެ އަދި ބޭނުންވާވެސް ދުވަހެއް"

މީހުންގެ ކޮމެންޓްތަކުން ވަރަށް އުފާވޭ

"ވަރަށް ޕޮޒިޓިވް ކޮމެންޓްސް އަންނަނީވެސް އަބަދުވެސް. ހުރިހާ އެންމެންވެސް ވަރަށް އުފާވެ ހިތްހަމަ ޖެހޭ ތައްޔާރު ކުރޭ ކޭކާއި ދޭތެރޭ."

ޝަހޫގެ ކޭކެއް

މަސައްކަތުގައި އެންމެ ބުރަ ދުވަސް

"އެންމެ ބުރަ މަސައްކަތަށް މިހާތަނަށް ކުރެވުނީ ބޭގެއް ހެދުން. ކޭކު އިންނާނީ ބޭގެއް ހެން ހަދާފައި. އެ ކޭކު އެއީ ވަަރަށް ބުރަ މަސައްކަތެއް. އެއީ ކުއްޖެއްގެ އުފަން ދުވަހަށް ކޭކެއް އަޅައި ދޭށޭ ބުނެގެން އިންޓަނެޓް ބަލަމުން ދަނިކޮށް ފެނުނީ ބޭގެއް. ދެން އޭތި އަޅާ ހިތްވީ މޭކަޕް އެއްޗެހި ހިމަނައިގެން. ހަ ގަޑިއިރުވަރު އެ މަސައްކަތަށް ހޭދަވި"

ޝަހޫ މިހާތަަނަށް ކުރި އެންމެ ބުރަ މަސައްކަތް

މި ދާއިރާއިން ކުރިއަށް ދިޔުމަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު

"ވަަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު މި ދާއިރާއިން ކުރިއަށް މި ދަނީ. އެންމެ ބޮޑަށް އެހީތެރިކަމާއި ހިތްވަރު ލިބުނީ އާއިލާގެ ފަރާތުން. ދެން ޔުނާން އާއި ސޮފާވެސް ވަރަށް ސަޕޯޓިވް"

ޝަހޫ ކޭކްސްގެ ފޭސްބުކް ޕޭގް

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޚސޖެ

    ކޮންރަސެއްގެ ކަާކުކަމެއއނޭނގެ

  2. އިޝާ?

    ވ ލޯބި ? ޝަހޫ ކީޕް އިޓްއަޕް
    މީގެ ބީއެފް ގެ ބާތްޑޭ އަށް ކޭކް
    އެއް އަޅާ ދީބަ .. އޯޑާދެވޭނީ ނަމްބާރ އިގުނީ މައެއް ނުން.. އެކަމް ވެސް ވ ކްރިއޭޓިވް..???

    • މިދުޔަ

      ސަހު ކެކްސް ޖަަހަޖަަބަލަ....

  3. ޔައްޔަ

    ކީއްވެ ކޮމެންޓް ޖަހަން ނުކެރެނީ....

  4. ނައްޔަ

    ވަގުތަށް ކީއްވެތަ މީހުން ލިޔާ ކޮމެންޓް ޖަހަން ނުކެރިގެން ތިއުޅެނީ

  5. ފިނޑި ވަގުތު

    މި މާލެ އިން ކޭކު އަޅާ މީ ހެއް ނުވިޔޯ.... ލައްކަ ހިނި އާދޭ... ޔުނާން ދައްތަ އަށް ޖަހާފަ އޮތް އެއްޗެއް ތީ

  6. ހަސަން މަނިކު

    ސަހޫ ތިދައްކާ ވާހަކަ ދިމާނުވޭނު. މިއޮއްބޮޑު މާލެއިން ކޭކެއް އަޅާދޭނެ މީހެއް ނުވިއޭ ބުނެފައި ދައްތަވެސް ކޭކް އަަޅައޭ، އެހީވެދެމޭ، ސްކޫލްގައި އުޅުނުއިރު ކޭކް ކޯހުން ވަނަ ހޯދީމޭ ބުނިމީހަކު ދަރިފުޅުގެ ބާރތްޑޭ ކޭކެއް ނޭޅުނޭބުނީމާ ސަހޫގެ މައްސަލަ އެއް އެބައުޅޭ، އަދި ކޯސް ހަދަން ކިތައް ދުވަސް ނެގިބާ؟ ދަރިފުޅުގެ ބާރތްޑޭ އައިއިރު ކޭކެއް އެޅުނުބާ؟؟؟ ކޭކް ކޯސް ހެދީ ކޮން ގައުމަކުން ކޮން ތާކުން ބާ؟