އަނބިމީހާއާ ގުޅުން ބާއްވާތީކަމަށް ބުނެ، މީހެއްގެ ލޮލަށް އެސިޑް އިންޖެކްޓްކޮށްފިއެވެ.

މިކަން ހިނގީ ރޭގެ ވަގުތެއްގައި އުއްތަރްޕްރަދޭޝްގެ ޕިޕްރާ ޗޮވްކް އަވަށުގައެވެ. އެ ހާދިސާގައި އަނިޔާވީ ޓެގްރާ ފުލުހުންގެ ސްޓޭޝަންގައި މަސައްކަތް ކުރާ ޑްރައިވަރަކަަށެވެ.

މި މީހާގެ ލޮލަށް އެސިޑް އިންޖެކްޓް ކުރީ އެތަނުގައި މަސައްކަތް ކުރާ އެހެން މީހެއްގެ އަންބަކާ މި މީހާ ގުޅުން ބާއްވާތީ އެކަމާއި ރުޅި އައިސްގެންނެވެ.

އެ ހާދިސާގައި މި މީހާގެ ލޮލުގެ ފެނުން ވަނީ ގޮސްފައެވެ. އޭނާ ބުނީ، އޭނާއަށް އެ ހަމަލާ އަމާޒުވީ އޭނާއާއެކު މަސައްކަތް ކުރާ އެހެން މީހެއްގެ އަންބަކާއި ގުޅުން އޮންނާތީ ކަމަށެވެ. އެގޮތުން އޭނާ އާއި އެ އަންހެން މީހާ މި މަހުގެ 6 ވަނަ ދުވަހުން އެގެއިން ފިލައިގެން ދިޔަ ކަަމަށާއި، އެކަމާއި ގުޅިގެން އެ އަންހެން މީހާގެ ފިރިމީހާ ޕޮލިހަށް މައްސަލަ ހުށަހެޅީ އޭނާ އެ އަންހެން މީހާ ކިޑްނެޕް ކުރީ ކަަމަށް ބުނެކަމަށް އެ މީހާ ފުލުހުންނަށް ކިޔާދިނެވެެ.

ނަމަވެސް އެ އަންހެން މީހާ ވަނީ އޭގެ 10 ދުވަސް ފަހުން އޭނާގެ ފިރިމީހާގެ ގާތަށް އެނބުރި އައިސްފައެވެ. އޭނާ އެނބުރި ގެއަށް އައީ ކީއްވެކަމެއް ނޭގެއެވެ.

މި ފިރިހެން މީހާއަށް ހަމަލާދީފައި ވަނީ އޮޅުވާލައިގެން އެ އަންހެން މީހާ ބަލާ ފުލުހަށް ދިޔުމަށް ގުޅާ ފުލުހުންގެ ސްޓޭޝަން ކައިރިންނެވެ. މި މީހާއަށް ހަމަލާދީފައި ވަނީ 20 މީހުންގެ ގުރޫޕަކުންނެވެ. އެ މީހުން އޭނާ ގެންދިޔައީ އެ ހިސާބުގަނޑުގައި ހުންނަ ކާ އެއްޗެހި ވިއްކާ ތަނަކަށެވެ. އެތަނަށް ގެންގޮސް އެ މިހާއަށް ވަރަށް އަނިޔާ ކުރިކަމަށް ވެއެވެ.

އަދި އެ މީހާގެ ލޮލަށް ސިރިންޖެއް ބޭނުންކޮށްގެން ވަނީ އެސިޑް އިންޖެކްޓްކޮށްފައެވެ.

މި މައްސަލާގައި އެކަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އިތުރު މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.