އިންޑިޔާގެ ނަރުމަދާ ކޯރަކީ ކޮންމެ ކޮންމެ މީހަކަށް ދަތުރު ކުރެވޭނެ ކޯރެއް ނޫނެވެ. ނަމަވެސް އުމުރުން 27 އަހަރުގެ ރެލޫ ވަސަވާ ކޮންމެ ދުވަހަކު ވެސް މި ކޯރު ހުރަސްކޮށް ޖެހިގެން އޮންނަ އަވަށަށް ދެއެވެ.

ރެލޫ ދިރިއުޅޭ އަވަށާއި ޖެހިގެން އޮތް އަވަށުގެ މީހުން ސިއްހީ ޚިދުމަތް ހޯދުމަށް އެހެން އަވަށްތަކަށް ދިޔުން ހުއްޓާލައިފައިވަނީ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަމުންނެވެ. މި އަވަށުގެ މީހުން ރެލޫ ދިރިއުޅޭ އަވަށަށް އަންނަނީ މި ނަރުމަދާ ކޯރު ހުރަސް ކޮށެވެ.

އެ އަވަށުގެ މީހުން ސިއްހީ ހިދުމަތް ހޯދުމަށް އަވަށްތަކަށް ދިޔުން ހުއްޓާލި ނަމަވެސް ރެލޫ ކޮންމެ ދުވަހަކު ވެސް ކުޑަ ދޯންޏެއްގައި ފަލި ޖަހައިގެން އެކަނި ވެސް އެ އަވަށަށް ދެއެވެ. އެއީ އެ އަވަށުގައި ސިއްހީ ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މި އަވަށަށް ދެވެން އޮންނަ ހަމައެކަނި މަގަކީ މި ކޯރު ހުރަސް ކުރުމެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް 18 ކިލޯ މީޓަރަށް ފަލި ޖަހައިގެން އެ އަވަށަށް ގޮސް އޭނާ ވަނީ 25 ކުދިން ވިހެއުމުގައި އެހީތެރިވެދީފައެވެ. އަދި މީގެ އިތުރުން ކާން ނުލިބޭ ކުދިންނަށާއި އަދި ހަތް މާބަނޑު އަންހެނުންނަށް ބޭނުންވާ ނިއުޓްރިއަންޓްސް ފޯރުކޮށްދީފައެވެ.

މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ފަސް ދުވަހު ރެލޫ މި އަވަށަށް ދެއެވެ. އަދި ކޮރޯނާ ވައިރަސްގެ ސަބަބުން ސިއްހީ ފަރުވާ ހޯދުމަށް އަވަށުން ބޭރަށް ނުދެވޭ ކުޑަކުދިންނާއި މާބަނޑު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ރެލޫ ބުނެފައިވެއެވެ.

ކޮންމެ ދުވަހަކު 18 ކިލޯ މީޓަރަށް ފަލި ޖަހަން ޖެހުމުން އަތަށާއި ހަށިގަނޑަށް ލިބޭ ތަދުތައް އޭނާ މި މަސައްކަތް ކުރުމަކުން ނުހުއްޓުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    މުސްލިމުންނޫނަސް އިންސާނިއްޔަތަށް އެހީވާ ރަނގަޅުމީހުން ދުނިޔޭގައި އުޅޭކަން މިއަންހެންމީހާގެ އަމަލުންއެނގޭ.