އިންޑިއާގައި ރޭޕްގެ މައްސަލައަކަށް ފަހު މައްސަލައެއް ދަނީ ފެންމަތިވަމުންނެވެ. ކުޑަކުދިން ރޭޕްކޮށް މަރާލާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެއް ރޭޕް މައްސަލައިގެ އަޑު ނުކެނޑެނީސް އަނެއް މައްސަލަ ފެންމަތިވާއިރު، އެ ގައުމުގެ އުއްތަރް ޕްރަދޭޝްގެ ކަންޕޫރްގެ ޖަންގަލީ ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު ހަ އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ފުލުހުން މި ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައި ވަނީ އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ގްރޫޕަކުން ކަމަށެވެ. އަދި އެ ކުއްޖާ ރޭޕް ކުރުމަށްފަހު ހިތާއި ފުއްޕާމޭ ނަގާ ގެންގޮސްފައި ވަނީ ސިހުރު ހެދުމަށް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ، އެ ކުއްޖާގެ ފުއްޕާމޭ ނަގައިގެން ގެންގޮސްފައި އަންހެނަކު ވިހެއުމަށް ސިހުރު ހެދުމަށް ކަަމަށެވެ.

އެ ކުއްޖާއަކީ ދިލްވާލީ ރޭގައި ގަތަމްޕޫރް ސަރަހައްދުން ގެއްލުނު ކުއްޖެކެވެ. އޭނާ މަރާލި މީހުންގެ ތެރޭގައި ހިމެނޭ އަންކުލް ކުރިލް އާއި ބީރާން ވަނީ މިދިޔަ އާދީއްތަ ދުވަހު ހައްޔަރު ކޮށްފައެވެ. އެމީހުން އެ ކުއްޖާގެ ފުއްޕާމޭ ނެގުމަށްފަހު ގެންގޮސްފައި ވަނީ ޕަރްޝުރަމް ކުރިލް ނަަކަށް ކިޔާ އެކަމުގެ އިސްވެރިޔާ އާ ހަަމައަށެވެ.

ދަރިން ނުލިބިގެން އުޅެނީ ޕަރްޝުރަމް ގެ އަންހެނުންނަށެވެ. އެ މީހުންނަކީ 1999 ވަނަ އަހަރުން ފެށިގެން ކައިވެނިކޮށްގެން އުޅޭ ބައެކެވެ. ނަމަވެސް އެ މީހުންނަށް ދަރިއަކު ލިބިފައެއް ނުވެއެވެ.

އެ މައްސަލާގައި ޕަރްޝުރަމް ހައްޔަރުކޮށްފައި ވަނީ މއިއްޔެ އެވެ. އޭނާގެ އަންހެނުންވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ އަންހެނުން ހައްޔަރުކޮށްފައި ވަނީ އެކަންކަން އެނގި އެއްވެސް މީހަކާއި އެކަމާއި ގުޅޭގޮތުން ވާހަކަނުދެއްކުމުންނެވެ.

ޕަރްޝުރަމް ފުރަތަމަ އެކަން އޮޅުވާލަން އުޅުނެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އެއްބަސްވެފައެވެ.

އޭނާ ބުނީ، އެ ކުއްޖާގެ ފުއްޕާމޭ ނެގުމަށް އޭނާ އެ މީހުންނާއި ހަވާލު ކުރި ކަމަށެވެ.

އަދި އަންކުލް އާއި ބީރާން އެ ރޭ މަސްތުހާލުގައި ހުރެ ފަޓާސް އަރުވަން ދިޔަ އެ ކުއްޖާ އަތުލައިގަނެ އެ ކުއްޖާ ޖަންގަލީގެ ތެރެއަށް ގެންގޮސް ރޭޕް ކުރީ އެވެ.