ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ހިންދީ ޑްރާމާ ސިލްސިލާ، "ކަސޯޓީ ޒިންދަކީ ކީ" އަނެއްކާވެސް މުޅިން ތަފާތު ވާހަކަ އަކައާއެކު ނެރުމަށް ތައްޔާރުވާކަމަށް ދާކަމަށް އެ ޑްރާމާގެ ލިއުންތެރިޔާ، އެކްތާ ކަޕޫރު ބުނެފިއެވެ.

"ކަސޯޓީ" އަކީ އިންޑިޔާގެ އިތުރުން ދިވެހިންގެ ސިޓިން ރޫމްތަކުގައި އެ ޑްރާމާ އަންނަ ގަޑިއަށް މީހުން ޖާމާވެ އެ ޝޯއަށްޓަކައި ވަގުތުހުސްކޮށްގެން ގިނަ މީހުން ބަލަމުން ދިޔަ މަޝްހޫރު ޑަރާމާ ސިލްސިލާއެކެވެ.

"ކަސޯޓީ" އެނބުރި އަންނަކަން ހާމަކޮށް، އެކްތާ ކަޕޫރު އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ބުނެފައިވަނީ "އަހަރެންގެ ހިތުގައި ހަލާކުވެފައިވާ ބަޔެއްލައިގެން 2001 ގައި ލިޔުނު.... އޭގެ ސަތާރަ އަހަރު ފަހުން އަނެއްކާވެސް އަހަރެން މިލިޔަނީ އަހަރެން އަމިއްލައަށް އިޙްސާސް ކޮށްފައިވާ ވޭނާ ކެކުޅުމުގެ ވާހަކަތައް. ނުވަ އަހަރުވަންދެން ކާމިޔާބު ކަމާއެކު ދައްކާފައިވާ އަހަރެންގެ ލޯބީގެ ވާހަކަ. އަނެއްކާވެސް މި ލިޔަނީ އަހަރެންގެ ހަލާކުވެފައިވާ ހިތުގެ ބަޔަކުން ދައްކުވައިދޭ ވާހަކަ" އެވެ.

"ކަސޯޓީ" އަކީ މިހާތަނަށް ސްޓަރ ޕްލަސް އިން ދެއްކި، އަދި އިންޑިއާގައިވެސް އެންމެ މަގުބޫލު އަދި އެންމެ ކާމިޔާބު އެއް ޑްރާމާ ސިލްސިލާއެވެ. އެ ޑްރާމާ ނިމުނު ފަހުން ސްޓަރ ޕްލަސްއަށް މީހުންގެ ފަރާތުން ލިބެމުންދިޔަ ތަރުޚީބުވެސް ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އެހެންކަމުން ސިލްސިލާގެ އާ ބައިތަކާއެކު ކުރިން ލިބުނު ތަރުޚީބު އަނެއްކާވެސް ސޮނީއަށް ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިފަހަރުގެ ސިލްސިލާގައިވެސް ހަރަކާތްތެރިވާނީ ކުރީގެ ތަރި ޝްވެޓާ ތިވާރީ ތޯ މީހުން ސުވާލުކުރުމުން އެކްތާ ކަޕޫރު ބުނީ "މިފަހަރު ހަރަކާތްތެރިވާ ފަންނާނުންގެ މައުލޫމާތު ރަސްމީ ގޮތެއްގައި ވަރަށް އަވަހަށް ހިއްސާކުރާނަން. އިހައް ޖެހޭނީ ކުޑަ އިންތިޒާރެއް ކޮއްލަން،" ކަމަށެވެ.

"ކަސޯޓީ" އަލުން ވުޖޫދަށް އައުމަކީ ހަމަ ޔަގީނުންވެސް އެތަށް ދިވެހިންނަށް އުފާވެރިކަން ގެނެސްދޭނެ ކަމަކެވެ. މީދިޔާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު މި ސިލްސިލާ ޑްރާމާއަށް ދެން މާގިނަ ދުވަހުގެ އިންތިޒާރު ކުރާކަށް ނުޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިމާ

    ސަޅި

  2. ނަރުގިސް

    ތިޔަ ޑްރާމާ ސިލްސިލާއަކަށް އިންތިޒާރެއް ނުކުރަން. ތިޔަސިލްސިލާތައް އިސްތިހާރު ކޮށް ހެދުމަށް ތިހޭދަކުރާވަގުތަށްވުރެ ދިވެހިންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކުރަން ވަގުތުހޭދަކުރިއްޔާ