އެޕަލް ކުންފުނީގެ ލޮރީއެއްގެެ ޑްރައިވަރަކާއި، އެކުންފުނީގެ ގާޑެއް ބަނދެ ހަމިލިިއަން ޑޮލަރުގެ އަގު ހުރި މުދާ ބަޔަކު ފޭރިގެންފިއެވެ.

އިނގިރޭސިވިލާތުގެެ ނޯތާމްޕްޓޮންޝިއަރގައި މުދާ އުފުލައިގެން ދަތުރުކުރަމުންދިޔަ އެޕަލް ކުންފުނީގެ ލޮރީއެއް ވަގަށް ނެގި މައްސަަލަ މިމަހުގެ 10 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ވަގަށް ނެގި ތަކެތީގެ ތެރޭގައި އެޕަލްގެ އެންމެ ފަހުގެ ފޯންތަކާއި، އެއާޕޯޑްސް އާއި އެޕަލް ވޮޗް ހުރި ކަމަށް ވެއެވެ.

ފުލުހުންނާއި ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލޮރީއެއްގައި އުފުލަމުން ދިޔަ އެކުންފުނީގެ ގިނަ އަދަދެއްގެ މުދާ ފޭރިގެެންފައި ވަނީ އެެ ލޮރީ ދުއްވަމުން ދަނިކޮށް ފޭރޭ ބަޔަކު އައިސް ގާޑު އަދި ޑްރައިވަރު ބަނދެފައި ބޭލުމަށް ފަހު ދުއްވަމުން ދިޔަ ލޮރީ އާއިވެސް އެކުގައެވެ.

މިކަން ކޮށްފައި ވަނީ ދުރާލައި ރާވައިގެންނެވެ. ވަގުން ވަނީ އެ ވެހިކަލާއި ދަތުރުކުރުމަށް ފަހު ތިން ވެހިކަލަށް މުދާ ބަދަލުކޮށް، މުދާތަކާއި އެކު ފިލާފައެވެ.

ޑްރައިވަރާއި ގާޑު ބަނުމުގައި އަނިޔާވެފައި ހުއްޓަސް ފޭރުނު މީހުން އެއްވެސް ހަތިޔާރެއް ބޭނުންކޮށްފައި ނުވާކަމަށް ވެއެވެެ.

ފުލުހުން ވަނީ މި މައްސަލަ އާއި ގުޅިގެން އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. ނޮވެމްބަރު 10 ވަނަ ދުވަހު އެ ހާދިސާ ހިނގި ވަގުތު ވަގުން އައި ކާރުގެ ނަންބަރު ފެެނުނު މީހަކު ވާނަމަ ނުވަތަ އެ ހާދިސާގެ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ވާނަމަ ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.

މިމައްސަލަ އަދިވެސް ފުލުހުން ތަހުގީގުކުރަމުން ދާއިރު މިހާތަނަށް މިކަމާއި ގުޅިގެން މީހަކު ހައްޔަރުކުރެވޭ ހިސާބަށްވެސް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ.

ބޭރުގެ ގައުމުތަކުގައި މިފަދަ ބޮޑެތި ވައްކަމާއި ފޭރުމުގެ ކަންކަން ހިނގަމުން އަންނަ އިރު އާންމުކޮށް ވައްކަން ކުރާ މީހުން ވައްކަމުގެ ތެެރޭގައި މީހުންނަށް ބޮޑެތި އަނިޔާތައް ދީ މީހުން މަރަން ވެސް މަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ތީ ހަމަ ޔަގީނުންވެސް ޑްރައިވަރާ އަދި ގާޑުގެ އަތެއް އޮވެގެން ކޮށްފަ އޮށް ކަމަކަކަ ބޮޑަށް ބުރަވެވެނީ. ދުރާލާ ރޭވިގެން ތިކަން ހިންގާފަ ތިއޮތީ.

    2
    1