ލޯބިވެރިޔާދެކެ އިންތިހާއަށް ލޯބިވާ މީހުން މަދެއް ނޫނެވެ. ލޯބިވެރިޔާއަށް ހާއްސަ ދުވަސް ދުވަހު އަގުބޮޑު ހަދިޔާތައްވެސް ދެއެވެ. ބައެއް މީހުން ގަބޫލުކުރާގޮތުގައި، މިއީ ލޯބި އިތުރުވާކަމެކެވެ. ފައިސާގެ ސަބަބުން ލޯބި އިތުރުވާކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޗައިނާއަށް ނިސްބަތްވާ ފިރިހެނަކު އޭނާގެ ލޯބިވެރިޔާގެ އުފަންދުވަހު އާދަޔާއިހިލާފު އަގުބޮޑު މާ ބޮކޭއެއް ދީފައެވެ. އެ އަންހެން މީހާ މާ ބޮކޭ ކައިރީ ނަގާފައިވާ ފޮޓޯއެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

އެ މާ ބޮކޭއަށް އެކަނިވެސް 35 ލައްކަ ރުޕީސްއަށްވުރެ ގިނަ ފައިސާ ހަރަދުކުރިއިރު، އެ ބޮކޭ ތައްޔާރު ކުރުމަށް އޭނާ މާ ގަތް ފިހާރާއިގެ 7 މުވައްޒަފުން ވެސް މަސައްކަތް ކުރިއެވެ. އަދި އެ ބޮކޭ ތައްޔާރު ކުރުމަށް 10 ގަޑިއިރު ނެގިކަމަށް ވެއެވެ.

އެ މާ ބޮކޭ ތައްޔާރު ކުރުމަށްވެސް ފައިސާތަކެއް އެ ފިރިހެން މީހާ ބޭނުންކޮށްފައިވާކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލލލ

    މާ ރޮކެޓެއް ނުންބާ.. ބޮކެޓެކޭ؟

  2. މަބުނީ...

    މަބުނީ ދިވެހިން ކިޔަނީ މާ ބޮކެޓު ތަ؟ މަހީކުރީ ބޮކޭ ކަމަށް ކިޔަނީ

  3. ޒާ

    ބޮކެޓް ތަ ނޫނީ ބޮކޭ ތަ؟

  4. ޫޒަވިޔަނި

    ހަމަ ރަނގަޅަށްތަ ތި ވާހަކަ ލިޔެފަ ތިޔޮތީ؟؟؟

  5. ޖޮންގޯ

    މިބޮކޭގައި ބޭނުންކޮށްފައި ހުރީ ހަމައެކަނި ޗައިނީސް ޔުއާން މަލެއް ނޫން! 3 ހަތަރުބަހަށް ޙަބަރެއް ތަރުޖަމާ ކުރީމައި އަސްލުވެސް ތިއޮތީ ގެއްލިފައި!

  6. ސަމީ

    ޗައިނާގަ ވެސް މިހާރު ގެންގުޅެނީ ރުޕީސް ތަ ތިވަރު ތަންކޮޅެއް ބޮޑު

  7. އަހުމަދު ހުސައިން އަލީ

    ދިވެހިބަހުން ކިޔަނީ މާބޮނޑި. ދިވެހީން ޢާއްމުކޮށް ކިޔަނީ ބޮކޭ. ނުވަތަ ބުކޭ.

  8. ޢައިޝާ

    ބޮކޭ އެއް ނޫންތަ ކިޔަނީ?